-
-
ދީން 16 Oct 2026 | 08:13

"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"

މީސްތަކުންގެ ދުލުގެ ނުބައިކަމުގެ ސަބަބުން އެމީހާ ނަރަކައަށް އެއްލައިލެވޭނެކަން ހަދީޘް ބަސްފުޅުތަކުން އެނގޭކަން މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.

"މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު އިއްވި ޚުތުބާގައި ބުނީ، މާތް الله އިންސާނާ މާތްކުރައްވައި، އޭނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް ނަހީކުރައްވާފައިވާ ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި އިންސާނާގެ އަބުރު ރައްކާތެރިކުރުން ހިމެނޭކަން ޚުތުބާގައި ފާހަގަކުރިއެވެ.

މިގޮތުން، ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވި ބަސްފުޅެއް ހަނދާންކޮށްދެމުން ޚުތުބާގައި ބުނީ، މައްކާ އާއި ޙައްޖު މަހާއި އެ ދުވަސް ޙުރުމަތްތެރިވެގެންވާ ފަދައިން، މުސްލިމުންގެ މައްޗަށް އެބައިމީހުންގެ ލެޔާއި، މުދަލާއި، އަބުރާއި، ހަށިތައް ޙުރުމަތްތެރި ކުރައްވާފައިވާ ކަމަށެވެ. އަދި ގެފުޅުވަށައި ޠަވާފުކުރައްވަމުން ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވަނީ ގެފުޅުގެ ޙުރުމަތަށްވުރެ ވެސް މާތް الله ގެ ޙަޟުރަތުގައި މުއުމިނެއްގެ ޙުރުމަތް މާ މަތިވެރިވެގެންވާ ކަމަށެވެ.

ޚުތުބާގައި ފާހަގަކުރި ގޮތުގައި، ޖިސްމާނީ ގޮތުން މީހަކަށް އަނިޔާ ދިނުމަށްވުރެ މީހެއްގެ އަބުރު ކަތިލުމުން ލިބޭ ހިތާމައާއި ގެއްލުން މާ ބޮޑެވެ. އެއީ މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދިގެންދާނެ ކަމެކެވެ. މީގެއިތުރުން، އިސްލާމްދީނުގައި ކުއްތާއާއި އޫރަކީ ނަޖިހެއް ކަމުގައި ވިޔަސް، ކަރުހިއްކައިގެންފައިވާ ކުއްތާއަކަށް ފެންދިން މީހެއްގެ ފާފަ މާތް الله ފުއްސަވައި ދެއްވިކަން ހަނދާންކޮށްދެމުން ޚުތުބާގައި ވަނީ، ނަޖިސް ޖަނަވާރަކަށް ހެޔޮކޮށްހިތުމުން ދަރުމަ ލިބޭއިރު، މާތް الله މާތްކުރެއްވި އާދަމުގެ ދަރިއެއްގެ އަބުރު ކަތިލުމުން ލިބޭނެ ފާފައިގެ ބޮޑުމިނާ މެދު ވިސްނުމަށް އެދިފައެވެ.

އަބުރު ރައްކާތެރިކުރުމުގެ ގޮތުން އިސްލާމްދީން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި، ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފުކޮށް، ހަތަރު ހެކިން ނުގެނެވޭ މީހުންގެ ގައިގައި 80 އެތިފަހަރުން ޙައްދުޖަހައި، އެއީ ފާސިޤުން ކަމުގައި ކަނޑައަޅައި، އެމީހުންގެ ހެކިބަސް ދުވަހަކުވެސް ޤަބޫލުނުކުރުމަށް އަންގަވާފައިވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި މީސްމީހުންނާ މެދު ގޯސްކޮށް ހީކުރުމާއި، އެކަކު އަނެކަކަށް ޖާސޫސްކުރުމާއި ޣީބަބުނުން މުޅިން މަނާކުރައްވާފައިވާކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުގެ ދުނިޔޭގައި މީސްމީޑިއާ މެދުވެރިކޮށް ހިންގާ ނުބައި ޢަމަލުތަކަށް އަލިއަޅުވާލަމުން ޚުތުބާގައި ވަނީ، ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ތެދުދޮގު ބެލުމެއް ނެތި، ޒާތީ ހަސަދައިގެ ސަބަބުން މީހުން ފަޟީޙަތްކޮށް އަބުރު ކަތިލަމުންދަނީ ތިމާމެންގެ ޅަދަރިންގެ ކުރިމަތީގައި ކަމަށާއި، މާދަމާ ޤައުމާ ހަވާލުވާން ތިބި ކުދިންނަށް ދެއްކޭ މި ނަމޫނާއާ މެދު ވިސްނާލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: "މީހަކު، އޭނާއަށް އިވޭހައި ވާހަކައެއް ދެއްކުން ދޮގަކަށްވުމަށް ފުދެއެވެ."

އަދި އާންމުކޮށް އަބުރަށް އަރައިގަނެވެނީ ދުލުގެ ސަބަބުން ކަން ފާހަގަކުރައްވައި، މުޢާޛުގެފާނަށް ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވި ބަސްފުޅު ޚުތުބާގައި ގެނެސްފައިވެއެވެ.

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"

ހަމައެއާއެކު، ދުލާއި ލަދުވެތި ގުނަވަން ރައްކާތެރިކޮށްފި މީހަކަށް ސުވަރުގެ ލިބޭނެކަމުގެ ޔަޤީންކަން ރަސޫލާ ﷺ ދެއްވާފައިވާކަން ވެސް ބަޔާންކުރިއެވެ.

ޚުތުބާ ނިންމާލަމުން ވަނީ އަނެކުންގެ އަބުރެކޭ އެއްފަދައިން ތިމާގެ އަމިއްލަ ނަފުސުގެ އަބުރު ވެސް ޝައްކުތަކުން ރައްކާތެރިކުރުމަށް ނަޞޭޙަތްތެރިވެފައެވެ. އިންސާނާގެ ލޭހިނގާ ނާރުތަކުގައި ޝައިޠާނާ ދައުރުވާ ފަދައިން، ހިތަށް ވަސްވާސް ވައްދައިފާނެތީ އެކަލޭގެފާނު ބިރުވެތިވެވަޑައިގެންނެވި ކަމަށް ޙަދީޘްކުރެއްވި ފަދައިން، ޝައްކު އުފެދޭ ފަދަ ކަންކަމުން ދުރުހެލިވެ އަމިއްލަ އަބުރު ވެސް ރައްކާތެރިކުރުމަށް މިއަދުގެ ޚުތުބާގައި ވަނީ ގޮވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ
30 Oct 2026 ދީން

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ

ޚުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާތީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ހަރުދަނާކުރެވިގެންނެވެ. ނަމަވެސް މިއަދު މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށަށް ގޮސް، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާކަން ޚުތުބާގައި ބަޔާންކުރިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި އެ ކުދިންނަށް ދެވޭ ތަޢުލީމު ކަމަށް ޚުތުބާގައި ބުންޏެވެ.

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“
23 Oct 2026 ދީން

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“

އިސްލާމްދީން ޤަބޫލުކުރެއްވުމުން މައްކާގެ މުޝްރިކުން އަލިފާންގަނޑެއް ރޯކޮށް، އޭގެ މަތީގައި ހަށިކޮޅު ދެމުމުން ވެސް ޞަޙާބީ ޚައްބާބު ބިން އަލްއަރައްތު ރަޟިޔަالله ޢަންހު ދީނުގެ މަތީގައި ސާބިތުވެ ހުންނެވި ޢިބުރަތްތެރި ޙާދިސާ މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ
23 Oct 2026 ދީން

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ

ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް ނޭދޭނެ މީހެއް ކަމަށާއި، ކޮންމެ ފަދަ ފިތުނައެއް ކުރިމަތިވި ނަމަވެސް އޭނާ ހުންނާނީ ދީނާއި އަޤީދާގައި ސާބިތުވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
25 Sep 2026 ދީން

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ

މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...