އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން..ފޮޓޯ: އެމްޑީޕީ
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން..ފޮޓޯ: އެމްޑީޕީ
ހަބަރު 13 Oct 2026 | 17:50

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އަންނަ އަހަރުގެ އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން މާއްދާ ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާއިރު، އެ މާއްދާގެ ނަތީޖާ ދޫކުރާ އުޞޫލު ބަދަލުކުރުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިފަހުން ވަނީ އެސްއެސްސީ އިމްތިޙާނުގައި އަލަށް ޤުރުއާން މާއްދާ ހިމެނުމަށް ވަނީ ނިންމައިފައެވެ. ނަމަވެސް، އަންނަ އަހަރު މިކަން ކުރިއަށް ގެންދާނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މަދު ސްކޫލުތަކެއްގައެވެ. މި ނިންމުމަށް އެމްޑީޕީން ތާއީދުކުރި ނަމަވެސް، ދަރިވަރުން ވަޒަންކުރާ އެސެސްމެންޓުގެ ނިޒާމާ މެދު އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.


"އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މާއްދާ އެސެސްކުރުމަށްފަހު ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ފާސްވި ނުވަތަ ފެއިލްވި ކަމުގެ ނަތީޖާއެއް. އެހެންކަމުން ދަރިވަރަށް މި ލިބެނީ ޤުރުއާނުން ފާސްވި ނުވަތަ ފެއިލްވި ކަމުގެ ސަނަދެއް. މިފަދަ މުސްލިމް މުޖުތަމަޢެއްގައި، ކޮންމެ ތަނަކަށް ދިޔަޔަސް އެ ކުއްޖަކު ދާން މި ޖެހެނީ ޤުރުއާނުން ފެއިލްވި ކަމުގެ ސެޓްފިކެޓަކާ އެކުގައި. މިއީ މުޖުތަމަޢުގެ ތެރޭގައި އެ ދަރިވަރާމެދު ދެކޭގޮތް ނޭދެވޭ ގޮތަކަށް ބަދަލުވެގެން ހިނގައިދާނެ ކަމެއް." ޔައުޤޫބު ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދަރިވަރުން ތަޢުލީމު ނިންމައި ވަޒީފާގެ ބާޒާރަށް ނުކުންނައިރު ހުށަހަޅާ ލިޔެކިޔުންތަކުގައި ޤުރުއާނުން ފެއިލްވެފައިވާކަން ބަޔާންވެފައި އޮތުމަކީ، އެ ކުދިންނާމެދު ތަފާތުކުރުންތަކެއް އުފެދި، އޭގެ ނޭދެވޭ އަސަރު މުޅި ޢުމުރަށް ދެމިގެންދާނެ ކަމެކެވެ. އެހެންކަމުން، މި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ޤުރުއާން މާއްދާ އެސެސްކުރާ އުޞޫލު އަލުން މުރާޖަޢާކޮށް އިޞްލާޙުކުރުމަށް ޔައުޤޫބު ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ގޮވާލައްވައިފައެވެ.

އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން މާއްދާ އަޖުމަބެލުމުގެ ގޮތުން ކުރިއަށްގެންދަނީ 10 ސްކޫލެއްގައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މާއްދާ ހުރިހާ ސްކޫލަކަށް ފުޅާކުރެވިގެންދާއިރު، އެސްއެސްސީ އަދި އޯލެވެލް އިމްތިޙާނުގެ ގަދަ ދިހައެއް (ޓޮޕް ޓެން) ގައި ހިމެނޭނީ ޤުރުއާން މާއްދާއިން ވެސް ފާސްވާ ދަރިވަރުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް-  ޗީފް އޮފް ޑިފެންސް ފޯސް
03 Nov 2026 ހަބަރު

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް- ޗީފް އޮފް ޑިފެންސް ފޯސް

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތްތަކެއް ކޮށް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދައުރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. މިގޮތުން ޑްރޯންތަކަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ވަސީލަތެއްކަން އެމަނިކްފާނު ފާހަގަކުރެއްވިއެވެ.

ދިއްފުށީފަޅުގެ އެއްބަސްވުން ބާތިލްކުރީ ޤާނޫނާ ޚިލާފަށް، އަނބުރާ ހަވާލުކުރަން ހައިކޯޓުން ޙުކުމްކޮށްފި
03 Nov 2026 ހަބަރު

ދިއްފުށީފަޅުގެ އެއްބަސްވުން ބާތިލްކުރީ ޤާނޫނާ ޚިލާފަށް، އަނބުރާ ހަވާލުކުރަން ހައިކޯޓުން ޙުކުމްކޮށްފި

ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލަށް 2015 ވަނަ އަހަރު، 50 އަހަރުގެ މުއްދަތަކަށް ދިއްފުށިފަޅު ކުއްޔަށް ދޫކުރީ، އޭގެ ކުރިން 'ޑީޑް އޮފް އެސައިންމެންޓް' އެއްގެ ދަށުން އޭނާއަށް ލިބިފައިވާ ކ. ކާށިދުއްފަރު ފަޅުގެ ބަދަލުގައެވެ. ނަމަވެސް، 2017 ވަނަ އަހަރު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފައެވެ. ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ޙާމިދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކޯޓުން އޭރު ނިންމީ ސަރުކާރުން އެއްބަސްވުން ބާތިލްކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ނޮވެމްބަރު ތިނަކީ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދިޔަ ދުވަހެއް: ރައީސް މައުމޫން
03 Nov 2026 ހަބަރު

ނޮވެމްބަރު ތިނަކީ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދިޔަ ދުވަހެއް: ރައީސް މައުމޫން

މިއަދު ފާހަގަކުރަމުންދާ ނޮވެމްބަރު ތިނެއްގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ދެއްވި ޚާއްޞަ މެސެޖެއްގައި ވިދާޅުވީ، މިއަދަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރިއަރައިގެންދާ ފަދަ ތާރީޚީ މުހިންމު ދުވަހެއް ކަމަށެވެ. އަދި މިއީ ދިވެހިންގެ ކެރުމާއި، ހިތްވަރާއި، ފަންވަރު އެންމެ ފުރިހަމަ ގޮތުގައި މުޅި ދުނިޔެއަށް ވިދާ ބަބުޅައިގެން ދިޔަ ދުވަހެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި
03 Nov 2026 ހަބަރު

ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި

ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެއްޖެ
03 Nov 2026 ހަބަރު

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެއްޖެ

ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 25 އިން ފެށިގެން 31 ގެ ނިޔަލަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތްތަކެވެ. އެގޮތުން އެ މުއްދަތުގައި ރިޕޯޓުކުރި ޖުމްލަ 32 މައްސަލައިގެ ތެރެއިން 17 މައްސަލައަކީ ބޭރު ފައިސާ މާރުކުރުމާ ގުޅޭ މައްސަލަތަކެވެ.

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވައިފި
03 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވައިފި

ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސިފައިންނަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ
03 Nov 2026 ހަބަރު

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ

މި މަޤާމަށް ހޮވޭ މުވައްޒަފަކަށް މަހަކު ޖުމްލަ 15،500 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. މީގެ ތެރޭގައި 8،990 ރުފިޔާގެ އަސާސީ މުސާރައަކާއި، 6،510 ރުފިޔާގެ މަޤާމުގެ އެލަވަންސެއް ހިމެނެއެވެ. މިއަދަދުގެ އިތުރުން، ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައްވެސް ލިބިގެންދާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި
03 Nov 2026 ހަބަރު

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި

ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓް ތަފްސީލްތަކަށް ބަލާއިރު، ކުރިއަށްއޮތް 2027 އަހަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކުރާ އަދަދަކީ 188.5 މިލިއަން ރުފިޔާއެވެ