އައްޝައިޚް މުޙައްމަދު އިބްރާހިމްގެ އިންޓަވިއު ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: މަންފާ
އައްޝައިޚް މުޙައްމަދު އިބްރާހިމްގެ އިންޓަވިއު ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: މަންފާ
ދީން 23 Sep 2026 | 05:36

އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ދިވެހިރާއްޖޭގައި ދީނީ ދައުވަތުގެ މައިދާނުގައި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ދީނީ އިލްމުވެރީންގެ މަސައްކަތްތަކާއި ގުޅޭ ތަފްސީލު ހިމެނޭ ގޮތުން ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް "މަންފާ" އިން ފަށައިފި އެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.

މަންފާގެ ޓީމުން ވަނީ ޝެއިހް ނިސްބަތްވާ ފާދިއްޕޮޅު ނައިފަރަށް ދެ ފަހަރެއްގެ މަތީން ޒިޔާރަތްކޮށް ވީޑިއޯ ޑޮކިއުމަންޓްރީއަށް ބޭނުންވާ އިންޓަވިއު އާއި އެ ނޫން މައުލޫމާތާއި ވީޑިއޯ އަދި ފޮޓޯ ހޯދާފަ އެވެ.

ރާއްޖޭގައި ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަަސައްކަތް ކުރަމުންދާ "މަންފާ" އިން އަލަށް ފެށި މި ޕްރޮޖެކްޓާއި ގުޅޭގޮތުން މަންފާގެ ރައީސް އަލީ ރަމީޒު ވިދާޅުވީ ދިވެހީންގެ ދީނީ ހޭލުންތެރިކަމާއި ސައްހަ އަގީދާ ފެތުރުމަށް ބައެއް ދީނީ އިލްމުވެރީން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތައް އެ ބޭފުޅުން ކުރެއްވީ ގިނަގުނަ ގޮންޖެހުންތަކާއި ހުރަސްތަކާއި އެކު ކަމަށާ އެއީ ދައުވަތުގައި އެ ބޭފުޅުން ވެވަޑައިގެންނެވި ވަރަށް ބޮޑު ގުރުބާނީއެއް ކަމުގައި އަލީ ވިދާޅުވި އެވެ.

އެ ބޭފުޅުންގެ އެ މަސައްކަތްތަކުގެ މައުލޫމާތު މިހާރުގެ ޒުވާނުންނާއި އަންނަން އޮތް ޖީލަށް ފޯރުކޮށް ދިނުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގަައި ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގެ ދީނީ ދައުވަތުގަައި މަސައްކަތް ކުރަމުންދާ މުހިންމު ބައެއް އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީ ހެދިފައި އޮތުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް މަންފާގެ ޓީމުން ދެކެން. އަަޅުގަނޑު, ދީނީ ދައުވަތުގައި މިވީ 20 އަހަރުގެ ތެރޭގައި ތަފާތު އެކިއެކި މަަސައްކަތްތަކުގެ ތެރެއަށް އިތުރުވެގެންދާ މި ޕްރޮޖެކްޓަކީ ބުރަ އެހެނަސް ވަރަށް ބޭނުންތެރި އަދި އަޅުގަނޑު ވަރަށް ކުރަން ބޭނުންވެފައިހުރި މަސައްކަތެއް. اللهގެ ތަނަވަސް ރަހްމަތާއެކު މި މަސައްކަތުގައި މިއަދު ކުލަޖެހިގެން މިދިޔައީ ޝެއިހް މުހައްމަދު އިބްރާހީމްގެ ވީޑިއޯ ޑޮކިއުމަންޓްރީގެ މަސައްކަތާއެކު," އަލީ ރަމީޒު ވިދާޅުވި އެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވާ މަންފާގެ ޓެކްނިކަލް ޓީމުން ބުނީ އިލްމުވެރީންގެ ޑޮކިއުމަންޓްރީތައް ވީހާވެސް ޝައުގުވެރިކޮށް އަދި ޒަމާނީ ގޮތަކަށް ގެނެސް ދިނުމަށް މަސައްކަތް ކުރަމުންދާ ގެންދާ ކަމަށެވެ. އަދި ވީޑިއޯ ޑޮކިއުމަންޓްރީގައި ތައުލީމް އުނގެނުމަށް އެ އިލްމުވެރީން ކުރެއްވި މަސައްކަތްތަކާއި ރާއްޖެ ވަޑައިގެން ދައުވަތުގެ މައިދާނުގައި ކުރެއްވި ހިދުމަތްތަކާއި މިހާރުވެސް ކުރަައްވަމުން ގެންދަވާ ހިދުމަތްތަކުގެ ތަފްސީލްތައް ހިމެނިފައިވާނެ ކަަމަށެވެ. މީގެ އިތުރުން އެ މަސައްކަތުގައި ކުރިމަތިވި ގޮންޖެހުންތަކާއި ހުރަސްތައް އަދި ކުރިއާ މިހާރުގެ ހާލަތާއިމެދު އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ވަރަށް ތަފްސީލުކޮށް ހިމެނިފައިވާނެ ކަަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަންފާއިން މާފުށީގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަނީ، އެއްބަސްވުން ގާއިމުކޮށްފި
04 Oct 2026 ހަބަރު

މަންފާއިން މާފުށީގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަނީ، އެއްބަސްވުން ގާއިމުކޮށްފި

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ މަންފާއިން ރާއްޖޭގައި ރަށު ފަތުރުވެރިކަން ފުޅާ ރަށްރަަށުގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަން ނިންމާފަ...

ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
13 Sep 2026 ހަބަރު

ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ "މަންފާ" ޖަމިއްޔާއިން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ދެވަނަ ނަމާދު ވޯކްޝޮޕް ފަށައިފި އެވެ. ނަމާދު ވޯކްޝޮޕް މި އަހ...

މަންފާ ޤުރުއާން ކޭންޕް؛ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ވޮއިސް
23 Aug 2026 ހަބަރު

މަންފާ ޤުރުއާން ކޭންޕް؛ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ވޮއިސް

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ "މަންފާ" އިން ބާއްވާ ފުރަތަމަ ޤުރުއާން ކޭމްޕްގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފި އެވެ. އެކަމުގެ އެއްބަސްވު...

މަންފާގެ ފުރަތަމަ ޤުރުއާން ކޭމްޕް މަހިބަދޫގައި، ތަފާތު ގިނަ ހަރަކާތްތަކާއި މުބާރާތްތައް
12 Aug 2026 ހަބަރު

މަންފާގެ ފުރަތަމަ ޤުރުއާން ކޭމްޕް މަހިބަދޫގައި، ތަފާތު ގިނަ ހަރަކާތްތަކާއި މުބާރާތްތައް

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ "މަންފާ" އިން ބާއްވާ ފުރަތަމަ ޤުރުއާން ކޭމްޕް އދ. މަހިބަދޫގައި ބޭއްވުމަށް ނިންމައިފި އެވެ. "މަންފާ ޤުރުއާން ކޭމްޕް" އަކީ ކޮނ...

އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
23 Jul 2026 ހަބަރު

އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް

މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ އެކަމުގެ ސަބަބުން މުޖުތަމައު ހީނުކުރާ ދަރަހައަކަށް ވެއްޓިގެން ހިނގައިދާނެކަމަށް މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒް ވިދާޅުވެއްޖެއެވެ. ހުޅުމާލޭގައި ހުނ...

މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
04 Jul 2026 ހަބަރު

މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ "މަންފާ" އިން ނަމާދު އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ. މި އެޕްލިކޭޝަން ތައާރަފުކޮށްފައިވަނީ "ބަންގި" ނަމުގަ އެވެ. މި އެޕްގައި ގިނ...