އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ އެކަމުގެ ސަބަބުން މުޖުތަމައު ހީނުކުރާ ދަރަހައަކަށް ވެއްޓިގެން ހިނގައިދާނެކަމަށް މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތައް ދެ ފަހަަރެއްގެ މަތިން ހަމަލާ ދިނުމާއި ގުޅިގެން ސޯޝަލް މިޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދިނުމަށް ކުރާ މަސައްކަތްތައް ހުއްޓުވަންޖެހޭކަމަށެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ.
މިސްކިތަށް ގެއްލުންދޭދިނުން ނުހުއްޓުވިއްޖެނަމަ ކަންކަން ފާލުން ނެއްޓިގެން ހިނގައިދާނޭކަމަށް މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒް ވިދާޅުވެފައިވާއިރު، މިސްކިތްތަކަކީ މި ބިމުގައިވާ ތަންތަނުގެ ތެރެއިން މުސްލިމުން އެތަނަކަށް އެންމެ އިހްތިރާމްކުރާ ތަނެވެ.
މިސްކިތްތަކަށް ގެއްލުންދިނުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، ކައިރިކައިރީގައި މިސްކިތްތަކަށް ހަމަލާދޭ ދިނުން ނުހުއްޓުވޭ މައްސަލާގައި އާންމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މިފަހުން ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތައް މިދިޔަ ބުދަދުވަހުގެ މެންދަމުގެ ވަގުތެއްގައި ގެއްލުންދީފައިވަނިކޮށް ރޭ މަގްރިބް ނަމާދަށްފަހުވެސް އެ މިސްކިތައް ވަނީ ގެއްލުންދީފައެވެ.

ގެއްލުންދިން ފަރާތުން މިސްކިތުގެ މައި ދޮރުގެ ބިއްލޫރިތައް ތަޅާލާފައިވާއިރު ދެފަހަރުވެސް އެކަން ކޮށްފައިވަނީ އެކަކުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާލޭގެ މިސްކިތްތަކަށް ގެއްލުންދީ މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ފަންކާ އަދި ސައުންޑް ސިސްތަމްފަދަ ތަކެތި ގެންދިއުމަކީ މިހާރު އާއްމުކަން ފާަހގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް