މަންފާއިން މާފުށީގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަން ނިންމުން
މަންފާއިން މާފުށީގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަން ނިންމުން
ހަބަރު 04 Oct 2026 | 14:52

މަންފާއިން މާފުށީގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަނީ، އެއްބަސްވުން ގާއިމުކޮށްފި

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ މަންފާއިން ރާއްޖޭގައި ރަށު ފަތުރުވެރިކަން ފުޅާ ރަށްރަަށުގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަން ނިންމާފައިވާ ނިންމުމުގެ ދަށުން ފުރަތަމަ ބޫތުތައް ކ. މާފުށީގައި ބެހެއްޓުމަށް ނިންމާ އެއްބަސްވުން ގާއިމުކޮށްފި އެވެ.

މިއަދު މާލޭގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މަންފާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަލީ ރަމީޒެވެ. މާފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލީ ޝަމްއޫން އެވެ.

މަންފާއިން މާފުށީގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަން ނިންމުން --

މާފުއްޓަކީ ރާއްޖޭގެ އެއް ނަންބަރު ރަށު ފަތުރުވެރިކަމުގެ ރަށެވެ. ރާއްޖެ އަންނަ ފަތުރުވެރީންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޒިޔާރަތް ކުރާ ރަށަކީ އެއީ އެވެ.

މީގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި ޕައި ނެޓްވޯކާ އެކުވެސް ވަނީ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. ޕައި ނެޓްވޯކުން އެކަމަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމާއި ޓެކްނިލަކް ސަޕޯޓް ދޭނެ އެވެ.

މަންފާއިން މާފުށީގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަން ނިންމުން --

ރާއްޖޭގައި ރަށު ފަތުރުވެރިކަން ފުޅާ ރަށްރަަށުގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަން ނިންމާ މަންފާއިން އެންމެ ފުރަތަމަ ބައްދަލުކުރީވެސް މާފުށީ ކައުންސިލާ އެވެ.

ކުރިއަށް އޮތްތާ އެ ޖަމިއްޔާއިން ރަށު ފަތުރުވެރިކަން އެންމެ ފުޅާކޮށް ހިންގާ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލްކޮށް ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތައް ބެހެއްޓުމަށް މަޝްވަރާ ކުރާނެ ކަމަށް ބުންޏެވެ.

މަންފާއިން މާފުށީގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަން ނިންމުން --

މަންފާ ޖަމިއްޔާއިން ގެންދަނީ މުޅި ރާއްޖޭގައި ދައުވަތުގެ މަސައްކަތް ވަރަށް ފުޅާކޮށް ކުރިއަށް ގެންދަމުންނެވެ. އެ ޖަމިއްޔާއިން އަމާޒު ހިފާފައިވަނީ ދައުވަތުގެ މަސައްކަތް އެހެން ލެވެލްއަކަށް ގެންދިއުމަށެވެ. އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ތަފާތު ކޮންސެޕްޓަށް ދީނީ އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

މަންފާއިން ބަހައްޓާނީ މިފަދަ ބޫތުތަކެއް --

އެ ހަރަކާތްތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން ދެ އެވެ. މަންފާ އުފެދި މިވީ އެއް އަހަރުތެރޭ އެ ޖަމިއްޔާ ވެފައިވަނީ ދައުވަތުގައި އެންމެ މަގުބޫލު ޖަމިއްޔާއަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.