މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު: ފޮޓޯ/ މަޖިލީސް
ހަބަރު
18 Aug 2026 | 09:20
އެސްއޯއީތައް ރައިޓް ސައިޒް ކުރަނީ މުވައްޒަފުންގެ ސިޔާސީ ފިކުރަށް ބަލައިގެންނެއް ނޫން: ޒަރީރު

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު އެއްވެސް މުވައްޒަފެއްގެ ސިޔާސީ ފިކުރަށް ނުވަތަ ކުލައަކަށް ބެލުމެއް ނެތި އެ މަސައްކަތް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު ޕީސީބީން ވަނީ އަންގާފައެވެ. އަދި އެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވެސް ކުންފުނިތަކަށް އަންގާފައިވާއިރު މުވައްޒަފުން ވަކިކުރާއިރު އިދިކޮޅު އެމްޑީޕީގެ މުވައްޒަފުން ވަކިކުރަމުންދާ ކަމަށް އެޕާޓީން އަންނަނީ ބުނަމުންނެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ކުޑޫ ވަޒީރާ ސުވާލު ކުރައްވަނީ- ފޮޓޯ/ މަޖިލީސް 

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މުވައްޒަފަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ނުވަތަ ފާޅުކުރާ ޚިޔާލަކަށް ބަލައިގެން ވަޒީފާއިން ވަކިކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.

ސަރުކާރު ހިއްސާވަ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފަކު އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ނުވަތަ ގެންގުޅޭ ސިޔާސީ ފިކުރަށް، ނުވަތަ ފާޅުކުރާ ޚިޔާލަކާ ގުޅިގެން ވަޒީފާއިން ވަކިކުރުމަކީ މި ސަރުކާރުން ގަބޫލުކުރާ އުސޫލެއް ނޫން. އަދި މިގޮތަށް ޢަމަލު ކުރުމަށް ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް އެއްވެސް އެންގުމެއް މިނިސްޓްރީން އަންގާފައި ނުވާނެ. 

އެހެންނަމަވެސް، ސަރުކާރުގެ ހިއްސާވާ ކުންފުނި ތަކުގެ ސަރުކާރުގެ ހިއްސާދާރެއްގެ ހައިސިއްޔަތުން ކުންފުނިތައް މާލީ އަދި ހިންގުމުގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުން ކަށަވަރުކުރުމަކީ ވުޒާރާގެ ޒިންމާއެއް ކަމަށާ، އެ މަސައްކަތްކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް ދެމުންދަނީ ކުންފުނިތައް ހަރުދަނާކުރުމުގެ އިރުޝާދުތައް ކަމަށާއި، ކުންފުނިތައް ރައިޓް ސައިޒްކުރުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ކުންފުނިތައް ހިންގުމުގެ ތެރެއަށް ވުޒާރާއިން ނުވަންނަ ކަމަށް ވިދާޅުވިއެވެ.

"ރައިޓްސައިޒް ކުރާއިރު ގިނަ މުވައްޒަފުން ވައްދާފައި ހުރި ދުވަސްވަރުގެ މުވައްޒަފުން ގިނައިން ރިޑަންޑަންޓްވާނީވެސް. އެހެންވީމަ އެއްވެސް ގޮތަކަށް ވަކި ގޮތަކަށް ބަލައިގެނެއް ނޫން އެކަން ގެންދާނީކީ. ރިޑަންޑަންސީގެ ތެރެއިން އެމީހަކު ކުރާ މަސައްކަތަކާއި އެމީހަކު ކުރަންޖެހޭ މަސައްކަތާ އަޅާބަލާފައި. އަދި ރިޑަންޑަންޓް ކުރާއިރުވެސް އަޅުގަނޑުމެން ކޮންމެހެން އެބޭފުޅަކު ދޫކޮށްލާނީއެއް ނޫނޭ. އެބޭފުޅަކަށް ފުރުސަތު ދޭނަމޭ ކާއެއްޗެއް ދިނުމުގެ ބަދަލުގައި ކެވޭނެ ގޮތްތައް މަސައްކަތް ކުރާނެ ފުރުސަތު ފަހިކޮށްދޭނަމޭ،"

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު 

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު: ފޮޓޯ/ މަޖިލީސް 

ޕީސީބީގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 2018 ވަނަ އަހަރު ނިމުނުއިރު ސަރުކާރު ކުންފުނިތަކުގައި ތިބީ 18،676 މުވައްޒަފުން ކަމަށެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 18،053 މުވައްޒަފުން އިތުރުވެ، 2023 ވަނަ އަހަރު ނިމުނުއިރު މުވައްޒަފުންގެ އަދަދު 36،729 އަށް އަރާފައިވާ ކަމަށް ވިދާޅުވިއެވެ. 

"މިދިޔަ މަހުގެ ނިޔަލަށް މުވައްޒަފުން ތިބި އަދަދަކީ 41،667، އެހެންވީމާ 2024ވަނަ އަހަރުން ފެށިގެން މިހާތަނަށް ވެއްދިފައިވާ މުވައްޒަފުންގެ އަދަދަކީ 4،938 މުވައްޒަފުން، މިއީ 13 ޕަސެންޓުގެ އިންކްރިމެންޓެއް،" ޒަރީރު ވިދާޅުވިއެވެ.

ވަޒީރު ޒަރީރު އިތުރަށް ވިދާޅުވީ، ކުރިއަރާފައިވާ ޤައުމުތަކާ އަޅައިބަލާއިރު ރާއްޖޭގެ ޕަބްލިކް ސެކްޓަރުގައި މަސައްކަތްކުރާ ނިސްބަތް އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ކަމަށެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޤައުމުގެ އިޤްތިޞާދު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.