މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން- ފޮޓޯ/ މަޖިލިސް
ހަބަރު
18 Aug 2026 | 11:13
އިންވެސްޓަރުން ރާއްޖެއާމެދު މިހާރު ގެންގުޅެނީ ޕޮޒިޓިވް ވިސްނުމެއް؛ ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނެ: ޒަރީރު

ބޭރުގެ އިންވެސްޓަރުން ރާއްޖެއާމެދު މިހާރު ގެންގުޅެނީ ވަރަށް ފައްސި ވިސްނުމެއް ކަމަށާ، ކައިރި މުސްތަގުބަލެއްގައި ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ އަންނާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. 

މި އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން ވަނީ، ސޮވެރިން ޑިވެލޮޕްމެންޓު ފަންޑާއި، ރިޒާވްގައި ރައްކާކޮށްފައި ހުރި ފައިސާ ބޭނުންކޮށްގެން ރާއްޖެއިްނ އަދާކުރަންޖެހޭ 524 މިލިއަން ޑޮލަރުގެ ސުކޫން ދައްކައި ހަލާސްކޮށް ނިންމިކަން ހާމަކޮށްފައެވެ.

އަދި އެފަހުން މެއި މަހުގައި ވަނީ 400 މިލިއަން ޑޮލަރުގެ ސްވަޕްވެސް ދައްކާފައެވެ. 

އެކަން ފާހަގަކުރައްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދައުލަތުން ދައްކަންޖެހޭ ލޯނުތައް ދައްކަމުން ދިޔުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެއް ކަމަށާ، ނަމަވެސް، މިދޭތެރެއިން މިސަރުކާރުން ސުކޫކަށް ދައްކަންޖެހޭ ބޮޑު ލޯނެއް ދައްކާފައިވާ ކަމަށެވެ.

އޭގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވެ، އިންވެސްޓަރުންގެ އިތުބާރު ލިބިފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ. 

އިންވެސްޓަރުންގެ ކޮންފިޑެންސް އިތުރުވެގެންދިޔަކަން އެނގެނީ މިހާރު އަޅުގަނޑުމެންނާ ބައްދަލުވާ ގިނަ އިންވެސްޓާސް ދިވެހިރާއްޖެއާ މެދު ޕޮޒިޓިވް ވިސްނުމެއް ގެންގުޅުއްވައި، ބޮޑެތި އިންވެސްޓްމަންޓް ކުރުމުގެ ވިސްނުން ގެންގުޅުއްވާ

އެހެންކަމުން، ސުކޫކު ދެއްކުމުންނާއި އެހެނިހެން ލޯނުތައްވެސް ދެއްކެމުންދާތީ ރާއްޖޭގެ އިގްތިޞާދަށް އޮތް އިތުބާރު ބޮޑުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަތީޖާއެއްގެ ގޮތުން ”ކައިރި މުސްތަގުބަލެއްގައި، ބޮޑެތި އިންވެސްޓްތައް އަންނާނެ ކަމުގެ އުއްމީދު އެބައޮތް“ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.