މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ މަޖިލިސް
ހަބަރު
17 Aug 2026 | 11:59
ޢާއްމު ރައްޔިތުންނަށް ނުލިބި، މަޖިލިސް މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލަން ގޮވާލާ މަޖިލީހަށް ޕެޓިޝަނެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ އިތުރުން އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖު އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން ހަމަހަމަ އުސޫލަކުން ސިއްހީ ފަރުވާ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މިދުޢަމް ސައުދު ހުށަހެޅި މި ޕެޓިޝަނަށް މިހާތަނަށް 1،867 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށް، ތާއީދުކޮށްފައެވެ.

މި ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 7 ވަނަ ބާބުގެ (ހ) އަދި 8 ވަނަ ބައިގެ (ޅ) ގެ ދަށުން، މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ އިތުރުން އެ ބޭފުޅުންގެ އަނބިމީހާ/ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިންނަށް ރާއްޖެއާއި ސާކް އަދި އާސިއާންގެ ގައުމުތައް ހިމެނޭހެން ޖުމްލަ 19 ގައުމަކުން އުމުރުދުވަހަށް ޕްރިމިއަމް މެޑިކަލް އިންޝުއަރެންސް ލިބެއެވެ. މީގެ ތެރޭގައި މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރު ފަދަ ގައުމުތައް ހިމެނެއެވެ.

ޕެޓިޝަނުގައި ބަޔާންކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2015 އިން 2025 އާ ދެމެދު މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސް ޕްރިމިއަމްއަށް އެކަނިވެސް ދައުލަތުގެ ބަޖެޓުން ނުވަތަ ރައްޔިތުންގެ ފައިސާއިން ގާތްގަނޑަކަށް 100 މިލިއަން (100،000،000) ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އުމުރުދުވަހަށް މި ހިދުމަތް ދޭންޖެހޭތީ، މި އަދަދު އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ދިހަ އިގްތިސާދުގެ މިސާލު ދައްކަމުން ޕެޓިޝަނުގައި ބުނެފައިވަނީ، އެމެރިކާ، ޖަޕާން، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް (އެންއެޗްއެސް)، ފަރަންސޭސިވިލާތް، ކެނެޑާ، ދެކުނު ކޮރެއާ، އިޓަލީ، އިންޑިއާ އަދި ޗައިނާ ފަދަ މުއްސަނދި ބޮޑެތި ގައުމުތަކުގައިވެސް ކުރީގެ މެންބަރުންނަށް އުމުރުދުވަހުގެ ހާއްސަ ހެލްތު އިންޝުއަރެންސް ނުދޭ ކަމަށެވެ. އެ ގައުމުތަކުގައި މެންބަރުންނާއި ކުރީގެ މެންބަރުންވެސް ބޭނުންކުރަން ޖެހެނީ އާންމު ރައްޔިތުންނަށް އޮންނަ ގައުމީ ސިއްހީ ނިޒާމު ކަމަށް ވާއިރު، ރާއްޖެއަކީ މެންބަރުންނަށް މިފަދަ ބޮޑު އިނާޔަތެއް މަޖުބޫރުކޮށްފައިވާ ހަމައެކަނި ގައުމު ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އާންމު ރައްޔިތުން އާސަންދަ އަދި އެންސްޕާގެ ހިދުމަތް ހޯދަން ޖެހޭއިރު، ރައްޔިތުން ތަމްސީލުކުރަން ތިބޭ މެންބަރުންނަށް ރައްޔިތުންގެ ޓެކްސް ފައިސާއިން އަގުބޮޑު އިންޝުއަރެންސް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕެޓިޝަނުގައިވެއެވެ. ސިއްހީ ނިޒާމު އިސްލާހުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވަން ތިބޭ ބަޔަކަށް ވަކި ހާއްސަ އިނާޔަތްތަކެއް ލިބޭނަމަ، އާންމުން ތަހައްމަލުކުރާ ތަކުލީފުތައް މެންބަރުންނަށް އިހުސާސް ނުވާނެ ކަމަށާއި، ސިއްހީ ނިޒާމު ހަރުދަނާ ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ މަންފާއަށް ގާނޫނު ހެދުމަކީ ހައްލެއް ނޫން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، މި ޕެޓިޝަނުން އެދިފައިވާ މައިގަނޑު ހައްލަކީ:

- މަޖިލިސް މެންބަރުންނާއި، ކުރީގެ މެންބަރުން އަދި އެ ބޭފުޅުންގެ އާއިލާތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ހާއްސަ ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް އޮތް ގާނޫނީ މާއްދާތައް އުވާލުން.

- މަޖިލިސް މެންބަރުންނަކީވެސް އާންމު ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ހިދުމަތް ހޯދާ ބަޔަކަށް ހެދުން.

- ޓެކްސް ފައިސާއިން ދޭ އަސާސީ ސިއްހީ ހިދުމަތުގައި މެންބަރުންނާއި އާންމު ރައްޔިތުންގެ ދެމެދުގައިވާ ފަރަގާއި ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަކަން ގާއިމުކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

ކޮމެންޓް
މޫސާރަޝީދު
ރަނގަޅު
17 Aug 2026
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.