މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހްސާން ވާހަކަދައްކަވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
11 Aug 2026 | 14:16
‏މަޖިދީމަގުގައި ރޭގަނޑު މުޒާހަރާ ކުރަން ހުއްދަ ނުދެވޭނެ: އިހްސާން

އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ނަމުގައި މާލޭގައި ބާއްވަން ރާވާ މުޒާހަރާ, މަޖީދީމަގުގައި ކުރިއަށް ގެންދަން ހުއްދަ ނުދެއްވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މުޒާހަރާއާ ގުޅޭގޮތުން އެޕާޓީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުން ބުނީ ބޭނުން ވަނީ މަޖީދީމަގުން މުޒާހަރާ ކުރިއަށްގެންދަން ކަމަށެވެ.

އެގޮތުން މާލެ ވަށައިެގންވާ މަގުގައި މުޒާހަރާ ކުރުމުން އަޑުއިވޭނީ ހަމައެކަނި މުޒާހަރާގެ ބައިވެރިންނަށް ކަމަށާ އޭގެ ބަދަލުގައި މަޖީދީމަގުން މުޒާހަރާ ކުރިއަށް ގެންގޮސްފިނަމަ ފާޅުކުރާ ޝުއޫރުގެ އަގު ރައްޔިތުންނަށް އިވޭނޭކަމަށާއި، ބޭނުމަކީ ވީހާވެސް ގިނަބަޔަކަށް ކަންބޮޑުވުންތައް އަޑުއިއްވުންކަމަށްވެސް ބުނެފައިވެއެވެ. 

ނަމަވެސް އެ ހުއްދަ ނުލިބޭތީ އެ ޕާޓީން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން މިއަދުގެ މަޖިލީހުހެ ޖަލްސާގައި ވަޒީރު އިހްސާންއާ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ ޤާނޫނުއަސާސީން ރައްޔިތުންނާއި ސިޔާސީ ފަރާތްތަކަށް ކަށަވަރުކޮށްދޭ ޙައްޤުތައް ފުޅާ ދާއިރާއެއްގައި ދިނުމަކީ ސަރުކާރުގެ ވިސްނުން ކަމަށެވެ. އެހެންނަމަވެސް މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގު ބަންދުކޮށްގެން ހަރަކާތެއް ހިންގާއިރު ވިސްނަންޖެހޭ ކަންކަން ހުންނަ ކަމަށެވެ.

މާލޭގެ އެންމެ ކާރޫބާރޫ ބޮޑު، މާލޭގެ މެދުކަމުގައިވާ މަޖިދީމަގު ބްލޮކްކޮށްފައި ސިޔާސީ ހަރަކާތެއް ހިންގުމަށް ފުރުސަތު ދޭއިރު، އާންމު ގޮތެއްގައި އަޅުގަނޑުމެން ބަލަން ކޮން ގަޑިއެއްގެ ކޮން ދުވަހެއްގައިތޯ އެކަން ކުރެވެނީ. އެއީ ހުއްދަ ދެވޭ ކަހަލަ ވަގުތެއް ކަމުގައިވާ ނަމަ، މާނައަކީ އެ މަގު ބަންދުކޮށްލައިގެން މާލޭގެ އެހެން ތަންތަނުގެ ޓްރެފިކަށް ވަރަށް ބޮޑަށް އަސަރު ނުކުރާ ކަމުގައިވާ ނަމަ، އެ ފުރުސަތު އަޅުގަނޑުމެން ދީފައި ހުންނާނެ މީގެ ކުރިން."

އިހްސާން

އެހެންނަމަވެސް އެމްޑީޕީން އެދިފައިވާ ވަގުތަކީ ކާރޫބާރު ބޮޑުވަގުތެއް ކަމުން ހުއްދަ ދެވެން ނެތް ކަމަށް އިހުސާން ވިދާޅުވިއެވެ. 

"މިހާރު އެދިވަޑައިގެންފައިވާ ވަގުތަކީ ރޭގަނޑުގެ ވަގުތަކަށްވާތީވެ އަޅުގަނޑުމެންނަށް އާންމު ގޮތެއްގައި ކާރޫބާރޫ ވަރަށް ބޮޑުކޮށް އޮންނަ ވަގުތަކަށްވާތީ އެ ގަޑީގައި އެތަނަށް، (ހުއްދަ) ނުދެވެނީ،" އިހުސާން ވިދާޅުވި އެވެ.

އިހްސާން އިތުރަށް ވިދާޅުވީ މި ސަރުކާރުން މާލޭގެ މަގުތައް ފުޅާކޮށްފައިވާ ކަމަށާއި އެމްޑީޕީގެ އެއްވުންތަކުގައި ބައިވެރިވާ މީހުންގެ އަދަދަށް ބަލާއިރު އެ ފުޅާ ކުރި މަގުގެ ހުރަހަށް ތިބެގެން ވެސް މުޒާހަރާ ކުރެވޭނެ ކަމަށެވެ. 

އެހެންކަމުން މަޖީދީމަގުގައި މުޒާހަރާ ނުކޮށް އެ ހުއްދަ ދީފައިވާ ސަރަހައްދު ތަކުގައި މުޒާހަރާ ކުރުމަށް އިހްސާން އެދިވަޑައިގެންނެވިއެވެ. 

"މުޒާހަރާކުރުމަށް ނުވަތަ އާންމު ޝުއޫރު ފާޅުކުރުމަށްޓަކައި ވަރަށް ބޮޑެތި ޖާގަތައް އެބަހުރި. އެހެންވީމަ ސިޔާސީ ހުރިހާ ފަރާތްތަކުގެ ކިބައިން ވެސް އަޅުގަނޑު އެދެނީ އެ ޖާގަތައް ބޭނުން ކުރެއްވުން،" އިހުސާން ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.