މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
ހަބަރު
26 Aug 2026 | 14:05
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ އިސްލާހް ފާސްކޮށްފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްއްސައްތާރު މުހައްމަދު ބޭރު ފައިސާ އާ ބެހޭ ބިލަށް ހުށަހެޅުއްވި އިސްލާހް ކޮމެޓީން ފާސްކުރުމަށް ފަހު ތަޅުމަށް ފޮނުވާފައި ވަނިކޮށް ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށް އަލުން ކޮމެޓީ އަށް ވަނީ ފޮނުއްވާފައެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ކޮމިޓީ ރިޕޯޓަށް މި އިސްލާހް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސްއެވެ.

މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި މި އިސްލާޙާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

މަމްދޫހު ހުށަހެޅުއްވި އިސްލާހް ތަކުގައި ވަނީ؛ 

1) ޓޫރިސްޓު ހޮޓާ އަދި ގެސްޓުހައުސް ފަދަ ތަންތަނަށް އަންނަ ކޮމެން ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ތެރޭ ބޭރު ފައިސާގެ އާމްދަނީގެ %20 މާރުކުރަން

2) ޓޫރިސްޓު ހިދުމަތްދޭ ތަންތަނާއި މާލީ އިދާރާތަކުގެ އިތުރުން ބޭރު ފައިސާ އިން އާމްދަނީ ލިބޭ މީހުންގެ ތެރެއިން15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ މީހުންގެ އާމްދަނީގެ %40 ވެސް މާރު ކުރަން

3) ނަމަވެސް އެފަދަ ތަންތަނަކީ %100 ދިވެހިން ހިއްސާވާތަނެއް ނަމަ މާރުކުރަން ޖެހޭނީ މަހެއްގެ ތެރޭ ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ %7

މި އިސްލާޙު ހުށަހަޅުއްވާނެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވަނީ އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކުރައްވާފައެވެ.

އެގޮތުން ވިދާޅުވީ، ޤާނޫނުގައި ކުރިން 20 އިންސައްތައިގެ ގޮތުގައި ކަނޑައެޅިފައި އޮތް ނިސްބަތް 40 އިންސައްތައަށް މަތިކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް މުހިންމު ބަދަލެއް ކަމަށެވެ.

"މިހާރު ގެނެސްފައި އިން އިސްލާހަށް އިތުރު އިސްލާހެއް ގެންނަން މި މަސައްކަތް ކުރަނީ. ކުރީގައި އިން 20 އިންސައްތައިގެ ބަދަލުގައި 40 އިންސައްތައަށް އިތުރުކުރަން. އޭރުން އަޅުގަނޑުމެންނަށް މި ޓީޓީއަށް ދެވޭވަރު އިތުރުކުރެވޭނީ،" ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.

ކޮމެންޓް
މޫސާރަޝީދު
ވަރަށް ރަނގަޅު
26 Aug 2026
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.