ހަވީރު ގަޑީގައި ބަޔަކު ދުއްވަނީ
ހަބަރު
26 Aug 2026 | 19:03
އެއްގަމު އުޅަނދުފަހަރު ދެން އެންމެ ގިނަވެގެން ދުއްވޭނީ 20 އަހަރުވަންދެން

އެއްގަމު އުޅަނދުފަހަރު ރަޖިސްޓްރީކޮށްގެން ދުއްވޭނެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 20 އަހަރު ކަނޑައެޅުން ހިމެނޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު މި ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ތާއީދާ އެކުގައެވެ. ބިލުގައިވާ ގޮތުން އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ފުރުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކުރެވޭނެއެވެ. އެހެންނަމަވެސް އާސާރީ އުޅަނދުފަހަރާއި ގަވާއިދުން އިސްތިސްނާ ކުރެވޭ ވައްތަރުތަކުގެ އުޅަނދު މި ޙުކުމުން އިސްތިސްނާ ވެއެވެ.

ބިލުގެ އުސްއަލިތަކަށް ބަލާއިރު، މި ބިލުގެ ދަށުން މާލެ ސަރަހައްދުގެ ދަތުރުފަތުރު ރާވައި ހިންގުމަށް ޚާއްޞަ އޮފީހެއް ޤާއިމުކުރަން ޖެހެއެވެ. އެގޮތުން އެ އޮފީހަށް މާލެ ސަރަހައްދުގައި ދުއްވޭނެ އުޅަނދުގެ ކޯޓާ ކަނޑައެޅުމުގެ ބާރު ލިބިދެއެވެ. ހަމައެހެންމެ ފުލުހުންގެ ދަށުން ހިންގާ ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް އުފެއްދުމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ދެ އުޅަނދަށްވުރެ ގިނައިން ރަޖިސްޓްރީ ކުރާ ފަރާތްތަކުން އުޅަނދުގެ ބާވަތަށް ބަލައި އަހަރީ ފީއެއް ދެއްކުން ލާޒިމުވާ "މަލްޓިޕަލް އޯނަޝިޕް ފީ" އެއް ތަޢާރަފުކުރުމާއި ބައެއް ކެޓަގަރީތަކުގެ އުޅަނދުފަހަރުގެ އަހަރީ ފީ ބޮޑުކުރުމާއި ޚާއްޞަ ނަންބަރު ބޯޑުތަކުން ބޮޑު ފީއެއް ނެގުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ބަލާއިރު އުޅަނދު އިންޝުއަރެންސް ކުރުން ބިލުން މަޖުބޫރުކޮށް އިންޝުއަރެންސެއް ނެތި ދުއްވާ ފަރާތްތައް ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ދުއްވަމުން ދުންފަތުގެ އިސްތިޢުމާލުކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ޕާކިން ޒޯންތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކުރުމާއި މަގު ހުރަސްކުރުމުގެ އުސޫލުތަކާ ޚިލާފުވާ ފަރާތްތަކަށް ވެސް ބޮޑެތި ޖޫރިމަނާތަކެއް ބިލުގައި ކަނޑައަޅާފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާ އެކު 2009 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އުވިގެންދާނެއެވެ. އަދި ޤާނޫނު ތަންފީޒުކުރާ ތާރީޚުން ފެށިގެން ދެ އަހަރު ތެރޭ ޓްރެފިކް ކުށްތަކަށް ޕޮއިންޓް އުނިކުރާ ޑްރައިވަރު ޑީމެރިޓް ނިޒާމެއް ޤާއިމުކުރުން ލާޒިމުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.