ރައީސް ނަޝީދު- ފޮޓޯ/ ވޮއިސް
ހަބަރު
20 Aug 2026 | 14:24
ލާމަރުކަޒީ ގާނޫނާ ބެހޭ ބިލަށް ތާއީދުކުރާ ޕެޓިޝަނަށް ސޮއި ހޯދަނީ އެސްއޯއީ މުވައްޒަފުންނަށް ބިރު ދައްކައިގެން: ރައީސް ނަޝީދު

ކައުންސިލްތަކުގެ އިހުތިސާސުގައި ހިމެނޭ ބިމާއި ފަޅާއި ފަރު ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ސަރުކާރުގެ ދަށަށް ގެނެވޭ ގޮތަށް ލާމަރުކަޒީ ޤާނޫނު ބަދަލުކުރުމުގެ ބިލަށް ތާއީދުކުރާ ޕެޓިޝަނަށް ސޮއި ހޯދުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދައްކަމުންދާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙައްނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލާ ދެކޮޅަށް ފުރަތަމަ ހުށަހެޅި ޕެޓިޝަނަށް 4000 އަށްވުރެ ގިނަ ސޮއި ލިބިފައި ވަނިކޮށް، ބިލަށް ތާއީދުކޮށް ބިލުގެ މަސައްކަތް ކުރިއަށް ގެންދަން އެހެން ފަރާތަކުން ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. އެ ހުށަހެޅި ޕެޓިޝަނަށް މިހާތަނަށް 7811 ސޮއި ލިބިފައިވެއެވެ.

އެކަމާގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިލާ ދެކޮޅަށް ރައްޔިތުން ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ބިލަށް ތާއީދުކުރާ ކަމަށް ދައްކަން ވަކި ޕެޓިޝަނެއް ހެއްދެވުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އަދި އެ މަސައްކަތުގައި ރަށްރަށުގެ އެސްއޯއީ އޮފީސްތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

"ކަމެއްގެ ތާއީދު އޮތްކަން ދައްކަން ރައްޔިތުންނަށް ބިރު ދައްކައިގެން ސޮއި ހެއްދެވުމުގެ ބޮޑު ގެއްލުން އޮތީ ހަމަ ސަރުކާރަށް. އެ ގެއްލުމަކީ ރައްޔިތުންގެ ތާއީދު ހުރި ނެތް މިންވަރު ޚުދު ސަރުކާރަށް ވެސް އޮޅުން" ނަޝީދު ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ