ރައްޔިތުންގެ މަޖިލިސް
21 Sep 2022
"ދީނީ ކަންކަމަށް އެންމެ ބޮޑު ސަމާލުކަމެއް ދެވިފައި އޮތީ އެމްޑީޕީގެ ވެރިކަމުގައި"
ދީނީ ކަންކަމަށް އެންމެ ބޮޑު ސަމާލުކަމެއް ދެވިފައި އޮތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަންތަކުގައިކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
21 Sep 2022
ސިޔާސީ ޕާޓީތަކުން ވެފައިވާ ވައިދުތަކަކީ ޕާޓީތަކުގެ މެނިފެސްޓޯތަކުގައި ލިޔެފައިވާ ވާހަކަތަކެއް
ސިޔާސީ ޕާޓީތަކުން ވެފައިވާ ވައިދުތަކަކީ ޕާޓީތަކުގެ މެނިފެސްޓޯތަކުގައި ލިޔެފައިވާ ވާހަކަތަކެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވިދާޅުވާ ވާހަކަފުޅަކީ ވަޢުދުފުޅެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.
21 Sep 2022
ގައުމީ ފަތުވާ މަޖިލިސް އެކުލަވާލުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް!
ދައުރު ހަމަވެފައިވާ ގައުމީ ފަތުވާ މަޖިލިސް އަލުން އަނބުރާ އެކުލަވާލުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅުއްވާއިފިއެވެ.
21 Sep 2022
ރަށްރަށަށް ގޮސް ރައީސް ވައުދުވި ކަންކަމުގެ ލިސްޓެއް އަޅުގަނޑުގެ އަތަކު ނެތް
ރަށްރަށަށް ވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ލިސްޓެއް ނެތްކަމަށް ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
20 Sep 2022
މި ވެރިކަން ނިންމާނީ ބާނާ މަސް ކަނޑަށް އެޅުން ހުއްޓުވާފަ: އީސަ
މި ވެރިކަމުގެ ދައުރު ނިމޭއިރު، މަސްވެރިން ބާނާ މަސް ކަނޑަން އަޅަން ނުޖެހޭ ވަރަށް އެ ސިނާއަތު ފުޅާކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.
20 Sep 2022
ކިޔަވާ ނިންމާ ދަރިވަރުން ވަޒީފާތަކަށް ނިކުތުމުގެ ކުރިން ފުލުހުންގެ ތަމުރީނު ހެދުވުމަށް ގޮވާލައިފި
ސުކޫލުތަކުން ކިޔަވާ ނިންމާ ދަރިވަރުން ވަޒީފާތަކަށް ނިކުތުމުގެ ކުރިން ފުލުހުންގެ ތަމްރީނު އެ ކުދިން ލައްވާ ހެދުވުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު(ހަސަންޓޭ) ގޮވާލައްވައިފިއެވެ.
20 Sep 2022
ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނުގެ ބޭނުން ސަރުކާރުން ކަނޑުވާލައިފި: ސައީދު
ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނުގެ ބޭނުން ސަރުކާރުން ކަނޑުވާލައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
20 Sep 2022
"މީހުން މަރަން ފަސް ނުޖެހޭ 1400 މީހުން ތިބިމަކަށް ބުނިތާ ދެ އަހަރު"
މީހުން މަރަން ފަސް ނުޖެހޭ 1400 މީހުން ދެނެގަނެވިފައިވާކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިތާ ދެ އަހަރު ފާއިތުވެގެން ދިޔައިރުވެސް އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމަކީ ކަންބޮޑުވާކަމެއްކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.