ގާސިމް އިބްރާހިމް އާއި ރައީސް ޞާލިހު-- ފޮޓޯ: ސަން
ހަބަރު
26 Sep 2022 | 10:42
ސަރުކާރުގެ ވައުދުތަކުގެ 99 އިންސައްތަ ވަނީ ފުއްދާފައި: ޤާސިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މަސްވެރިކަމާއި ގުޅިގެން ވެފައިވާ ވައުދުތަކުގެ 99 އިންސައްތަ ފުއްދަވާފައިވާކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޤާސިމް މިފަދައިން ވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓާރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ޑރ.ޙުސައިން ރަޝީދު ޙަސަނަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒު ކުރެއްވި ސުވާލަކާއި ގުޅިގެން މަޖިލިސް ހޫނުވުމާއި ގުޅިގެންނެވެ.  

އެގޮތުން މިއަދުގެ ޖަލްސާގައި މަސްވެރިކަމުގެ ވައުދުތަކުގެ ތެރެއިން ފުއްދިފައިވަނީ ކިހާ އިންސައްތައެއްތޯ ޑރ.ޙުސައިިން އާއި ރިޔާޒުވަނީ  ސުވާލުކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ޑރ.ޙުސައިން ވިދާޅުވީ މަސްވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރެވުނު ނިސްބަތުގެ ހިސާބުތައް ހައްދަވައިގެން ހިއްޕަވައިގެން ވަޑައިނުގަންނަވާ ކަމަށާ އެހެން ނަމަވެސް މަޖިލީހުގެ ކޮމިޓީއަކަށް އެކަމާ ގުޅޭ އިވެލުއޭޝަނެއް ހެދުމަށްފަހު ހުށަހެޅުމަށް އަންގާފައިވާތީ އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން އެކަމުގެ ޖަވާބު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"މަސްވެރިކަމުގެ ޕޮލިސީތައް ތަންފީޒު ކުރެވުނު ވަރުގެ ފަސެންޓް އިންސައްތަ އަޅުގަނޑުމެން ކަލްކިއުލޭޓްކޮށްފައި އެ ހިފައިގެނެއް ނޫން އައިސް މިއިދެވުނީީކީ. އެހެންވީމާ އެ ދަންނަވާކަށް ނޭނގެ." މިނިސްޓަރު ވިދާޅުވިއެވެ. 

އެފަދައިން ޖަވާބުދެއްވުމުން ނިޒާމީ ނުކުތާއެއް ނަންގަވައި، ރިޔާޒު ވިދާޅުވީ އޭނާ ސުވާލުކުރެއްވީ ސަރުކާރުގެ މަސްވެރިކަމުގެ ޕޮލިސީތައް ތަންފީޒު ކުރެވުނު މިންވަރާ ގުޅޭ ގޮތުން ނޫން ކަމަށެވެ. ނަމަވެސް ސުވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންފައިވާ ވައުދުތަކުގެ ކިހާ އިންސައްތައެއް ފުއްދިފައިވޭތޯ ކަމަށެވެ.

އެކަމާއި ގުޅިގެން ޑރ.ހުސައިނަށް ފުރުސަތު ލިބިވަޑައިގަތުމުން ވިދާޅުވެފައިވަނީ އޭނާއަކީ ހަމައެކަނި ސަރުކާރުގެ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ކަމަށެވެ. އެހެންކަމުން ރައީސް ޞާލިޙު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުނު މިންވަރު އެނގިވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއާއެކު މަޖިލީހުގެ ޖަލްސާ ހޫނުވެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް އަމާޒުކުރެވިގެންދިޔައެވެ. އަދި ފަހަރަކު މެންބަރެއް ނިޒާމީ ނުކުތާ ނަންގަވައި ވާހަކަ ދައްކަވަމުން ދަނިކޮށް، އަނެއްކާވެސް މެންބަރު ރިޔާޒް ވަނީ އޭނާގެ ސުވާލަކީ މަސްވެރިކަމުގެ ވައުދު ތަކުގެ ފުއްދުނީ ކިތައް އިންސައްތަ ތޯ ކަމަށެވެ. 

ރިޔާޒުގެ މި ސުވާލައި އެކު މަޖިލީހުގެ ތެރޭގައި އަނެއްކާވެސް އިތުރަށް އަޑު ގަދަވެގެން ގޮސްފައި ވަނިކޮށް ނިޒާމީ ނުކުތާއެއް ނަންގަވައި ޑރ.ޙުސައިން ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ ސަރުކާރުގެ ވައުދުތަކުގެ 99 އިންސައްތަ ފުއްދާފައިވާ ކަމަށެވެ.

"އަޅުގަނޑަށް، ޔަގީންކުރަންވީ މި ސަރުކާރުން އޭރު ވެވަޑައިގެންނެވި ހުރިހާ ވައުދު ތަކެއްގެ 99 އިންސައްތަ މިހާރުވަނީ ނިންމަވާފައި." 

ޤާސިމް އިބްރާހީމް 

ގާސިމްގެ މި ޖަވާބައި އެކު ބައެއް މެންބަރުންގެ ހޫނު ތަރުހީބު އޭނާއަށް ލިބިގެންދިޔަ އިރު އަނެއްބައި މެންބަރުން ވަނީ މިނިސްޓަރާއި ކުރޮ ސުވާލުގެ ޖަވާބު ގާސިމް ދެއްވުމުން ފާޑުވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ