އެޑިއުކޭޝަން މިނިސްޓަރު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
28 Sep 2022 | 09:31
މުސާރައަށް އައި ބަދަލައެކު ދާއިރާއަށް ގުޅެން ބޭނުންވާ މީހުން އިތުރުވެއްޖެ: ޑރ.ޢާއިޝަތު

ޓީޗަރުންގެ މުސާރައަށް އައި ހެޔޮ ބަދަލާއެކު ތައުލީމީ ދާއިރާއާއި ގުޅެން ބޭނުންވެފައިވާ މީހުން އިތުރުވެއްޖެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. 

އެޑިއުކޭޝަން މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

މެމްބަރު ޔައުގޫބުގެ ސުވާލަކީ މި ސަރުކާރުން ޓީޗަރުންގެ މުސާރަ ބޮޑުތަކުން ބޮޑުކޮށްދެއްވާފައިވާއިރު، މުސާރައަށް އައި ބަދަލާއެކު ދާއިރާއަށް އައި ކުރިއެރުންތަކަކީ ކޮބައިތޯ އައްސަވާ ކުރެއްވި ސުވާލެވެ. 

އެ ސުވާލަކަށް ޖަވާބުދެއްވަން ފައްޓަވަމުން މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އަދި ތައުލީމީ ދަާއިރާއަށް ހުރި ގޮންޖެހުންތަކާއި ގުޅިގެން ސަރިކާރުން ދިރާސާއެއް ހަދާފައިވާނެކަމަށެވެ. 

އެ ދިރާސާއިން ދައްކާގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މުސާރައިގެ ކަންބޮޑުވުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެއާއެކު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެ ވަޑައިގެންފައިވާ ވައުދުފުޅާއެކު މިހާރު ޓީޗަރުންގެ މުސާރަ ބޮޑުކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މުސާރަ ބޮޑު ކުރެވުނު ނަމަވެސް ސީދާ ތައުލީމީ ދާއިރާއަށް އެކަމުން އައި "އިމްޕެކްޓު" ދެނެގަންނަން އަދި އަވަސްކަމަށެވެ. 

އެހެން ނަމަވެސް މުސާރައަށް އައި ހެޔޮ ބަދަލާއެކު ތައުލީމީ ދާއިރާއާއި ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ހުރި ފަރާތްތައް އިތުރުވަމުންނ އަންނަކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެޑިއުކޭޝަން މިނިސްޓްރީގެ ދިރާސާއާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ މުސާރައިގެ އިތުރުން ވަޒީފާގެ މާހައުގައި ހުރި ދަތިތަކަކީވެސް ޓީޗަރުންގެ ކަންބޮޑުވުމެއްކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރުމާއެކު ޓީޗަރަކަށް އެންމެ ދަށްވެގެން ގެއަށް ގެންދަން 13،000 ރުފިޔާ ލިބޭނެއެވެ. ރާއްޖެ އިގްތިސާދު ދަށްވެފައި ވީ ނަމަވެސް ޓީޗަރުންގެ މުސާރައަށް އައި ގެނައި މި ހެޔޮ ބަދަލަކީ ތައުލީމީ ދާއިރާއަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން ދައްކުވައިދިން ކަމެއްކަމަށް އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން ސަރުކާރުގެ އެކި ވަޒީރުން ފާހަގަކުރައްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.