ފިޝަރީޒް މިނިސްޓަރު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
26 Sep 2022 | 11:50
މަސްވެރިކަން ތިޔާގިވި އިރު ސަރުކާރަށް ތައްޔާރު ވެވިފައި ނެތްކަމަށް މިނިސްޓަރު އިއުތިރާފުވެއްޖެ!

ދިވެހިރާއްޖޭގައި މަސްވެރިކަން ތިޔާގިވެގެން ދިޔައިރު މަސް ގަތުމާއި، ރައްކާކުރެވޭނެ އިންތިޒާމުތައް ސަރުކާރަށް ހަމަޖައްސާދެވިފައި ނުވާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މަޖިލީހުގައި އިއުތިރާފުވެއްޖެއެވެ. 

މަސްވެރިކަން ތިޔާގިވެފައިވާއިރު، މަސް ނުކިރޭކަމަށާއި، މަސް ރައްކާކުރުމަށް ބޭނުންވާ އައިސް އެކަށީގެންވާ މިންވަރަކަށް ނުލިބޭކަމަށް ބުނެ މަސްވެރިން ގިނަ ޝަކުވާތަކެއް ކުރަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ފިޝަރީޒް މިނިސްޓަރު ހާޒިރުކުރައްވާ މެމްބަރުން ވަނީ ގިނަ ސުވާލުތަކެއް އަމާޒުކުރައްވާފައެވެ. 

އެގޮތުން މަސްރައްކާކުރުމަށް ބޭނުންވާ އައިސް ޕްލާންޓުތައް ނުހެދި ހުރި ސަބަބުތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ ކެޕޭސިޓީ އިތުރު ނުކުރެވި ހުރި ސަބަބުތަކާއި ގުޅިގެން އެކި މެމްބަރުން ވަނީ ސުވާލުކުރައްވާފައެވެ. 

މިއަހަރުގެ އޭޕްރިލް މަހު މަސްކިރުމަށް ދިމާވި ދަތިތަކާއި ގުޅިގެން، އެކަންކަން ހައްލުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކަކީ ކޮބައިތޯ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ މިނިސްޓަރު ކުރެން އެއްސެވިއެވެ.

"މިއަހަރުގެ އޭޕްރިލް މަހު މަސް ނުކިރިގެން ދިމާވި މައްސަލަތަކާއި ގުޅިގެން ސަރުކާރުން ވަނީ މަސްވެރިކަމުގެ މި ސީޒަން ފެށެންވާއިރަށް ހައްލު ހޯދަދޭނެކަމަށް (ބުނެފަ) އޭގެ ތެރޭގައި ވަގުތީ ހައްލުތަކާއި ދާއިމީ ހައްލުތަކަށްވެސް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފަ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ބޯޓު ގަތުމާއި އަދި ކޫއްޑޫއަށް ވަގުތީ ގޮތުން މަސްކިރަން ފަސޭހަކުރަން ކުރަން ޖެހޭކަމެއް އޮތްނަމަ އެކަން މިސާލަކަށް ކެރޭނެއް ހަރުކުރުމާއި އެފަދަ ކަންކަން. މީގެން އެއްވެސް ކަމެއް އެއްވެސް މިންވަރަކަށް ކުރެވިއްޖެ ތޯ؟"

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު

ޔައުގޫބުގެ އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ވަގުތީގޮތުން ތައްޔާރުވުމަށް ކުރެވުނު މަސައްކަތަކީ މަސްކިރާނެ އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތްކަމަށެވެ. އެހެން ނަމަވެސް މަސްވެރިކަމުގެ މި މޫސުން އައިއު އެ ބޯޓަށް ލިބިފައި ނުވާކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.

އަދި ދެންވެސް މެމްބަރުގެ ޔައުގޫބުގެ ވާހަކައިގައި ފާހަގަކުރެއްވި މަސައްކަތްތައް ކުރެވިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"ވަގުތީ ގޮތުން ތައްޔާރުވުމަށް އަޅުގަނޑުމެން މަސައްކަތްކުރީ އިތުރު ބޯޓު ހޯދަން. އެ ބޯޓުތަކެއް އަޅުގަނޑުމެންނަށް މި މޫސުން އައިރު އަދިއެއް ނުލިބޭ. ދެން. އެތަނުގެ (ކޫއްޑޫގެ) މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ކުރެވޭ ކަމަކީ އެ ބަނދަރު އިތުރަށް ތަނަވަސްކުރުން. އެގޮތުން ބަނދަރު ހެދުމުގެ ކޮންޓްރެކްޓު އެމްޓީސީއަށް ދިނުމަށްޓަކައި އެކަމަށް ފަންޑުކުރާ ފަރާތްކަމަށްވާ ސައުދީޑިވެލޮޕްމަންޓު ފަންޑުގެ ހުއްދައަށް އަޅުގަނޑުމެން އިންތިޒާރު ކުރަމުން މި ދަނީ" 

ފިޝަރީޒް މިނިސްޓަރ ހުސެއިން ރަޝީދު

މިނިސްޓަރު އިތުރަށް ވިދާޅުވީ، މަސްވެރިން ބާނާ މަސް ކިރުމާއި، ރައްކާކުރުމުގެ ގާބިލުކަން އިތުރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވި އޮތީ ސައުދީ ޑިވެލޮޕްމަންޓު ފަންޑުގެ ހުއްދަ ނުލިބި އޮތުމުންކަމަށެވެ. ނުވަތަ އެ ފަންޑުގެ ދަށުން ލިބެން ޖެހޭ ފައިސާ ހަމަނުޖެހި އޮތުމުންކަމަށެވެ. 

އޭގެ ތެރޭގައި ވަގުތީ ގޮތުން މަސްކިރަން ހޯދަން އޭރު މަސައްކަތް ކުރި ބޯޓު ގަންނަން ފަންޑު ހަމަޖެހުނުއިރު ބޯޓު އަވައިލަބަލް ނުވުމުގެ ސަބަބުން ގަނެވިފައި ނުވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

މިއަދުގެ މަޖިލީސް ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ އެ ރަށްރަށުގައި ތަރައްގީކުރުމަށް ނިންމާފައިވާ އައިސް ޕްލާންޓުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. 

"ތިނަދޫގައި އަޅަމުންދާ ކޯލްޑް ސްޓޯރޭޖް އަދި ފެންނަ ވަރެއް ނުވޭ. އެ ދަނީ ކޮން ދިމާލަކަށް ތޯ އަޅުގަނޑަށް ސާފުކޮށްދެއްވަ ފާނަންތޯ؟ އަދި އެ ތިލަ ވާނެ ކަމަށް ލަފާކުރެވޭ ތާރީހެއް ސާފުކޮށްދެއްވަ ފާނަންތޯ؟"

ތިނަދޫ ދާއިރާގެ މެމްބަރު މުޣުނީ

މަޖިލީހުގެ ތިނަދޫ ދާއިރާގެ މެމްބަރު އަބްދުއް މުޣުނީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންވެސް މިނިސްޓަރު ހުސެއިން ވިދާޅުވީ އެ މަސައްކަތަކީވެސް ސައުދީ ޑިވެލޮޕްމަންޓު ފަންޑުގެ ދަށުން ކުރަން ނިންމާފައިވާ މަސައްކަތެއްކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށްވެސް މިހާތަނަށް ފަންޑު ހަމަޖެހިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"ތިނަދޫގައި އަޅާ 1000ޓަނުގެ ކޯލްޑް ސްޓޯރޭޖް މަސައްކަތް ޓެންޑަރ ކުރެވެނީ އެކަމަކަށް ހުއްދަ ސައުދީ ދަންޑުން ދީގެން ފައިސާ ދެއްވާ ސައުދީ ޑިވެލޮޕްމަންޓު ފަންޑުން އެކަން ކުރީމަ. އެ މިހާރު އޮތީ އެބޭފުޅުންނަށް ހުށައަޅާފަ. އަޅުގަނޑުމެން އުންމީދުކޮށްގެން ތިބީ މި ހަފްތާގެ ކުރީކޮޅު އެ ހުއްދަ ދެއްވާނެކަމަށް. އެކަމަކު އަދިއެއް އެ ހުއްދައެއް ނުލިބޭ"

ފިޝަރީޒް މިނިސްޓަރ ހުސެއިން ރަޝީދު

މިނިސްޓަރު އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތާއި ގުޅުންހުރި އެފަދަ މަސައްކަތްތައް ކުރަމުންދަނީ ކަނޑައެޅިފައިވާ ފަންޑުތަކުންކަމަށް ވާއިރު، އެ ފަންޑުތަކުން ހައިދާ ޚަރަދުކުރުމަށް ހުއްދަ ނުދެނީސް އެކަންކަން ނުކުރެވޭނެކަމަށެވެ. 

ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް މަސްވެރިކަން ތިޔާގިވެފައި ވީނަމަވެސް، މަސްވެރިކަމުގެ ނިމިދިޔަ ސީޒަނުގައިވެސް ހުރި މައްސަލަތަކާއި ގޮންޖެހުންތައް މިހާތަނަށްވެސް ހުރިކަން ގިނަ މެމްބަރުން ވަނީ ފާަހަގަކޮށްފައެވެ. އަދި މި މޫސުމަކީ އަންނާނެ މޫސުމެއްކަން ސަރުކާރަށްވެސް އެނގޭއިރު، އޭޕްރިލް މަހުން ފެށިގެން މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް ފުރުސަތު ލިބި އެކަން ނުކޮތް އޮތްކަންވެސް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. 

މިނިސްޓަރުގެ ވާހަކަތަކުންވެސް ސަރުކާރު ތައްޔާރު ނުވެ އޮތްކަން ހާމަވެއެވެ. 

މިއަދުގެ މަޖިލީހުގައި މިނިސްޓަރާއި ހޫނު ސުވާލުތަކެއް އަމާޒުކުރައްވާފައިވާއިރު، މެމްބަރުން ކުރައްވަމުން ގެންދެވި ސުވާލުތަކަށް އެކަށީގެންވާ ޖަވާބުތަކެއް ދެއްވާފައި ނުވާތީ މަޖިލީސް ހޫނުވެ އިރުކޮޅަކަށް ކުރިއަށް ނުގެންދެވި މަޑުޖައްސާލަންވެސް ޖެހުނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ