ކޯލިޝަން ގެ ލީޑަރުން އެއް މޭޒުކޮޅެއް ކައިރީގައި
ހަބަރު
27 Sep 2022 | 06:16
އިއްތިހާދަކީ ގާނޫނު އަސާސީއާއި ވަރަށް ބީރައްޓެހި ކަމެއް: ރައީސް ނަޝީދު

އިއްތިހާދަކާއެކު ނުވަތަ ގިނަ ސިޔާސީ ޕާޓީތަކުން ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަކީ ގާނޫނު އަސާސީއާއި ވަރަށް ބީރައްޓެހިކަމެއްކަމަށް ކޯލިޝަން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން ވަަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. 

އެ ޖަލްސާގައި މަޖިލީހަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ހުށައެޅުއްވި ކުއްލި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް އެހާ ބޮޑަށް އިހުމާލުވަމުން ދަނީ އަދި މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދެނީ އެމްޑީޕީގެ މެނިފެސްޓޯއެއް ޖުމްހޫރީ ޕާޓީގެ ވަޒީރަކު ތަންފީޒުކުރައްވަމުން ދާތީކަށެވެ. 

"މަސްވެރިކަމުގެ މެނިފެސްޓޯ ނުވަތަ މަސްވެރިންނަށްޓަކައި މި ސަރުކާރުން ވެ ވަޑައިގެންނެވި ވައުދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެ ވަޑައިގެންނެވި ވައުދު އިންސައްތައެއް ހާސިލުވެއްޖެތޯ؟ މިއީ ކޮންމެ ދުވަހަކު ވަޒީރަކަށް ހުންނަވާ ބޭފުޅަކަށް އެނގިވަޑައިގެންނަވަން ޖެހޭ އަދަދެއް، ނުވަތަ އިންސައްތައެއް. އެހެން ނަމަވެސް ވަޒީރަކަށް އެނގިވަޑައެއް ނުގަންނަވާ. އަޅުގަނޑު މި ހިތަށް އަރަނީ އަނެއްކާ އެމްޑީޕީގެ މެނިފެސްޓޯ ޖޭޕީގެ ވަޒީރަކަށް ވީމަ ފެނިވަޑައިނުގަންނަވަނީތޯ އޭ"

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު 

ޝިޔާމު މިފަދައިން ވިދާޅުވުމާއެކު މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ގާސިމް އިބުރާހިމް ވަނީ ނިޒާމީ ނުގުތާއެއް ނަންގަވާ، ވަޒީރުންނަކީ ވަކި ސިޔާސީ ޕާޓީއެއް ތަމްސީލުކުރައްވާ ބައެއް ނޫންކަމަށް ރިޔާސަތުގެ ސަމާލުކަމަށް ގެންނަވާފައެވެ. 

"އިއްޒަތްތެރި ރައީސް! އަޅުގަނޑު ދެނަހުރީ ދައުލަތުގެ ވަޒީރުންކަމަށް ތިއްބަވަނީ، ޖޭޕީގެ ވަޒީރެއް ނޫނީ އެމްޑީޕީގެ ވަޒީރެއް ހުންނަކަމަކަށް އަޅުގަނޑު ނުދަންނަން"

ޖޭޕީގެ ޕީޖީ ލީޑަރު ގާސިމް އިބުރާހިމް 

ގާސިމްގެ ނިޒާމީ ނުގުތާއާއި ގުޅިގެން ނަޝީދު ވަނީ ނިޒާމީ ނުގުތާ ބަލައިގަންނަކަމަށާއި، ވަޒީރުންނާއި މުޚާތަބުކުރައްވާއިރު، ދައުލަތުގެ ވަޒީރުންގެ ގޮތުގައި މުޚާތަބުކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ. 

އެއާއެކު ނަޝީދު ވިދާޅުވީ އިއްތިހާދަކީ ގާނޫނު އަސާސީއާއި ވަރަށް ބީރައްޓެހި ކަމެއްކަމަށެވެ. އަދި އެއީ ގާނޫނު ދަންނަ އެއްޗެއްވެސް ނޫން ކަމަށެވެ. 

"އިއްތިހާދަކީ ގާނޫނު އަސާސީއާއި ވަރަށް ބީރައްޓެހި ކަމެއް. އެއީ ގާނޫނު އަސާސީ ދަންނަކަމެއްވެސް ނޫން. ބަލައިގަންނަ ކަމެއް ނޫން"

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

ޖުމްހޫރީ ޕާޓީގެ ސްލްޓެއްގައި ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ ހުސެއިން ރަޝީދު މަޖިލީހަށް ހާޒިރުކޮށް މެމްބަރު ވަޒީރާއި ގިނަ ސުވާލުތަކެއް އަމާޒުކުރައްވާފައިވާއިރު، ވަޒީރު އެމްޑީޕީގެ ސިޔާސަތުތަކާއި ގުޅިފައިވާ ސިޔާސީ ޕާާޓީތަކުގެ މެނިފެސްޓޯއަށް އެމްޑީޕީއިން ހުށައެޅި ކަރުދާސް ގަބޫލުކުރައްވަންތޯ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އައްސަވާފައެވެ. 

އަދި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ވީ ވައުދުތައް ނުފުއްދެނީ އެމްޑީޕީ ނޫން އެހެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ވަޒީރަކު ހުރުމުންކަމަށް ދޭހަވާ މޭރުމުން ބައެއް މެމްބަރުން ވަނީ ވާހަކަދައްކަވާފައެވެ. 

އަނެއްކޮޅުން ގިނަ ސިޔާސީ ޕާޓީތަކާއެކު ކޯލިޝަންއެއްގެ ތެރެއިން އެމްޑީޕީއަށް ވެރިކަން ލިބިފައިވީނަމަވެސް، ކޯލިޝަންއަކީ ތާއީދުކުރައްވާ ކަމެއް ނޫންކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެތައް ފަހަރަކު ވިދާޅުވެފައެވެ. 

އެހެން ނަމަވެސް މިހާރު ވެރިކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ކޮންމެ ހާލެއްގައިވެސް ކޯލިޝަން ދެމެހެއްޓެވުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އަދި ކޯލިޝަންގެ ސިޔާސީ ޕާޓީތަކާއެކު އެއްބަސްވެވިފައިވާ ގޮތަށް ކަންކަން ކުރައްވަމުންދާކަމަށް ރައީސް ސޯލިހު ވިދާޅުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ