ޝިޔާމު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
28 Sep 2022 | 11:00
އިލެކްޝަން ކޮމިޝަން ލާމަރުކަޒު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ: ޝިޔާމު

އިލެކްޝަން ކޮމިޝަން ލާމަރުކަޒު ކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅުއްވާކަން ފާހަގަކުރައްވާ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ފާޑުވިދާޅުވެއްޖެއެވެ. 

އިލެކްޝަން ކޮމިޝަން ލާމަރުކަޒީ އުސޫލުން ހިންގުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށް ވިދާޅުވެ ޝިޔާމު ފާޑުވިދާޅުވެފައިވަނީ މަޖިލީހުގެ ތިން ވަނަ ދައުރުގެ 18 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށައެޅުއްވި އިސްލާހަށް ވާހަކަދައްކަވަމުންނެވެ. 

މިހާރު ހުށައަޅާަފައިވާ އިސްލާހުގައި ވާގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މަގާމެއް ހުސްވެގެން ބައި-އިލެކްޝަނެއް ބާއްވާނަމަ އެ އިންތިޚާބެއް ބާއްވާނީ އަތޮޅު ކައުންސިލުންނެވެ. 

ޝިޔާމު ވަނީ އެ އިސްލާހަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އަދި އެއީ އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން މަސައްކަތްކުރަން ރާވައިފާ އުސޫލުތޯވެސް އޭނާ އެއްސެވިއެވެ. 

ޝިޔާމު ވިދާޅުވީ ކޮންމެ ބައި އިލެކްޝަނަކަށް 2 ލައްކަ ރުފިޔާ ޚަރަދުވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނަމުންދާކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ހޭދައެއް ދަނީ ދަތުރުފަތުރުކުރުމަށްކަމަށް އީސީއިން ބުނަމުންދާކަމަށް ޝިޔާމު ވިދާޅުވިއެވެ. އަދި އެއީ ކަންބޮޑުވުމެއްގެ ގޮތުގައި އީސީއިން ފާހަގަކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއާއެކު ޝިޔާމު ވަނީ އިލެކްޝަން ކޮމިޝަނުން ޑީސެނޓަރަލައިޒް ކުރުމުގެ ވިސްނުން ނުގެންގުޅުއްވަނީ ކީއްވެތޯ އައްސަވާފައެވެ. އަދި ސަރުކާރުގެވެސް އެފަދަ ވިސްނުމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. 

"އިލެކްޝަން ކޮމިޝަން ކީއްވެގެންތޯ ޑީސެނޓަރަލައިޒް ކުރުމުގެ ވިސްނުމެއް މި ނުގެންގުޅުއްވަނީ؟ ސަރުކާރުން ކީއްވެގެންތޯ އިލެކްޝަން ކޮމިޝަން ޑީސެންޓްރަލައިޒް ކުރުމުގެ ވިސްނުމެއް މި ނުގެންގުޅެނީ؟ ކީއްތޯ ވާނީ ކޮންމެ އަތޮޅެއްގައި އީސީގެ ދެ ބޭފުޅަކު ނޫނީ ތިން ބޭފުޅަކު ބައިތިއްބަން؟ ނޫނީ ވަކި ރީޖަން ތަކަށް ބަހާލައިގެން ތިއްބަވަން"

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމު 

ޝިޔާމު ވިދާޅުވީ އިލެކްޝަން ކޮމިޝަނަނުން އިންތިޚާބުތަކަށް ކުރާ ހޭދަ ކުޑަކުރުމަށް ވޯޓު ކަރުދާކޮޅުގައި ހުންނަ ސަލާމަތީ ކަންކަން ބަލަހައްޓާ ފީޗާރސްތައް މަދުކުރުމަށްވެސް އެދެމުންދާކަމަށެވެ. އެހެން ނަމަވެސް އީސީއަށް އޮތް އިތުބާރު މިހާރުވެސް ކުޑަވެފައިވާއިރު، އެ ފީޗާރސްތައް މަދުކުރުމަށް ރުހިވަޑައިނުގަންނަވާކަން ފާހަގަކުރައްވާ ޝިޔާމު ވިދާޅުވީ، ދައުލަތުގެ ޚަރަދުކުޑަކުރުމަށް ޑިމޮކްރަސީ ފުނޑާލުމަކީވެސް ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. 

އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ މުހިންމު ނޫން ބައެއްގެ ގޮތުގައި ސިފަވާނެ ފަދަ އިސްލާހުތަކީވެސް ބަލައިގަނެވިގެންވާނެ އިސްލާހުތަކެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. 

މިހާރު މަޖިލީހަށް ހުށައަޅާފައިވާ އިސްލާހު އެހެން ގޮތަށް ބަދަލުކުރެއްވުމަށް އަނބުރާ ގެންދެވުމަށްވެސް ޝިޔާމު ވަނީ އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ