މަސްވެރިން ކަނޑުމަތީގައި ކުރި އިހުތިޖާޖުގެ ތެރެއިން/ ފޮޓޯ: ބީ.ކޭ.އެމް.ޔޫ
ހަބަރު
27 Sep 2022 | 12:38
ބޮޑު ކަންނެލީގެ ފްލޯ ޕްރައިސް ކަނޑައެޅުމަށް މަޝްވަރާ ކުރާކަމަށް ބުނެ މިނިސްޓަރު ހެދީ އިތުރުފުޅެއް: ބީ.ކޭ.އެމް.ޔޫ

ބޮޑުކަންނެލީގެ ފްލޯ ޕްރައިސް ކަނޑަނޭޅި އޮތް ސަބަބާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ހެއްދެވީ އިތުރުފުޅެއްކަމަށް ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ. 

ގިނަ ދުވަސްތަކަކަށްފަހު މަސްވެރިކަން ތިޔާގިވެފައިވާއިރު، މަސް ކިރުމަށް މަސްވެރިންނަށް ބޮޑެތި އުނދަގޫތަކެއް ހުރިކަން ފާހަގަކޮށް، ފިޝަރީސް މިނިސްޓަރު ވަނީ އިއްޔެ މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. 

އެގޮތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ބޮޑުކަންނެލީގެ ފްލޯ ޕްރައިސް ކަނޑަނޭޅިގެން އުޅެނީ ކީއްވެތޯ އައްސަވާ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ. 

ސައީދުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެކަމާގުޅިގެން ބޮޑު ކަންނެލި ބާނާ މަސްވެރިން ގެ ޖަމުއިއްޔާއާއި ބޮޑު ކަންނެލި ގަންނަ ކުންފުނިތައް ހިމެނޭ މަޝްވަރާ ކުރެވިފައިވާކަމަށެވެ. އަދި އެ ދެފަރާތައް އެމީހުން ހުށައަޅާ އަގުތަކެއް މިނިސްޓްރީއާއި ހިއްސާކުރުމަށް އަންގާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެފަހުން އެ ދެ ފަރާތުން ހުށައަޅާފައިވަނީ ވަރަށް ތަފާތު ދެ އަގެއްކަމަށާއި، އެހެންކަމުން ދެ ފަރާތުން މަޝްވަރާކޮށްގެން މިނިސްޓްރީއަށް އަގެއް ހުށައެޅުމަށް އަންގާފައިވާނެކަމަށާއި، އަދި އެފަހުން އަގެއް ހުށައަޅާފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަގު ކަނޑަނާލާ އޮތީ އެ ދެ ފަރާތުން ހުށައަޅާ އަގެއް ބެލުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އަދި އެފަހުން މަސް ގަތުމުގެ މައްސަލައެއް ދިމާވެފައިވާކަން ފާހަގަ ނުކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ބޮޑު ކަންނެލި ބާނާ މަސްވެރިން ތަމްސީލުކުރާ ޖަމުއިއްޔާއާއި ބޮޑު ކަންނެލި ގަންނަ ކުންފުނިތައް ހިމެނޭ ޖަމުއިއްޔާއާއި މި ވާހަކަ ދައްކަމުންގޮސް، އެންމެ ފަހުން އަޅުގަނޑުމެން ދެންނެވީ ދެ ފަރާތަށް ތިބޭފުޅުން ހުށައަޅުއްވާ އަގުތަކެއް ގެންނާށޭ. އެ ދެފަރާތުން ހުށައެޅުއްވީ ވަރަށް ތަފާތު ދެ އަގެއް މި ފްލޯ ޕްރައިސްއަށް. އޭގެ ފަހުން އަޅުގަނޑުމެން ދަންނަވާފައިވާނެ މި ދެ ޕާޓީއަށް ދެ ޕާޓީއިން މަޝްވަރާކޮށްގެން މީގެ ދެމެދު އަގެއް ގެނެސްދެއްވުން އެދެމޭ. ފަހުން އެކަހަލަ ކަމެއް ނުހިންގާ"

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު

މިނިސްޓަރުގެ މި ވާހަކަތަކާއި ގުޅިގެން ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ކުރި ޓްވީޓެއްގައި ބުނީ، ފްލޯ ޕްރައިސް ކަނޑައެޅުމަށް ކުރެވުނު މަޝްވަރާތަކާއި ގުޅިގެން މަޖިލީހުގައި މިނިސްޓަރު ހެއްދެވީ އިތުރުފުޅެއްކަމަށެވެ. 

ބޮޑު ކަންނެލީގެ އެންމެ ދަށް އަގެއް މަޝްވަރާތައް ކުރިއަށް ގެންގޮސް ވަކި ހިސާބަކުން ހުއްޓާލީކަމަށް އެ ޔޫނިއަކުން ވަނީ ހާމަކޮށްފައެވެ. އަދި އެކަމާއި މަޝްވަރާ ނުކުރާތާ އެތައް ދުވެހއް ވެފައިވާކަންވެސް އެ ޖަމުއިއްޔާއިން ފާހަގަކޮށްފައިވެއެވެ. 

ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ބުނީ ބޮޑު ކަންނެލި ގަންނަ އެންމެ ދަށް އަގުގެ ގޮތުގައި 30 ކިލޯއިން މަތި 100 ރުފިޔާ، އަދި 30 ކިލޯއިން ދަށް 80 ރުފިޔާއަށް ގަތުމަށް ހުށައަޅާފައިވާކަމަށް އެ ޔޫނިއަނުން ވަނީ ފާހަގަކޮށްފައެވެ. 

މަސްވެރިކަމުގެ މި މޫސުމާއި ބައްދަލުކުރިއިރު މަސްކިރުމަށް އެކަށީގެންވާ ތައްޔާރީތަކެއް ވެވިފައި ނުވާކަމަށް ފިޝަރީޒް މިނިސްޓަރު ވަނީ މަޖިލީހުގައި އިއުތިރާފުވެފައެވެ. އަދި މަސްކިރުމަށް ހޯދާނެކަމަށް ބުނި ބޯޓު އަދިވެސް ހޯދިފައިނުވާކަން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.