މެމްބަރު ޝިޔާމު މަޖިލީހުގައި ވާހަކަދެއްކުން/ ފޮޓޯ: މަޖިލިސް
ހަބަރު
26 Sep 2022 | 11:51
މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް ގޮވާލާ ކުއްލި މައްސަލައެއް!

މަސްވެރިކަން ތިޔާގިވެފައިވާ މޫސުމުގައި މަސްވެރިންނަށް ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވައިފިއެވެ. 

މަޖިލީހަށް މި މައްސަލަ ހުށައަޅުއްވާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. 

ޝިޔާމު ހުށައެޅުއްވި މަސްލައިގަވަނީ މަސްވެރިކަން ތިޔާގިވެފައިވާ ދުވަސްވަރު މަސް ކިރާ މިންވަރު ލިމިޓުކޮށްފައިވާތީއާއި، މަސްވެރިން ބާނާ މަސްކޮޅު ކިރަން އެތައް ދުވަހެއް ކިއުގައި މަޑުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. 

ބައެއް ދޯނިތަކުން ބާނާ މަހުގެ 90 އިންސައް މަހަށް ލިބެންޖެހޭ އަގު ނުލިބި ބަހައިލަންޖެހިފައިވާ ކަމަށާއި މަސްވެރިންނަށް ރަނގަޅު އަގެއްގައި އައިސްވެސް ނުލިބުމުގެ އިތުރުން، އައިސް ކިޔުއާއި ތެޔޮ ކިޔުއާއި މަސްކިޔުގައި ރެއާއި ދުވާލު މަސްވެރިން ތިބެންޖެހުމުގެ ސަބަބުން ގޮތް ހުސްވެފައިވާކަމަށް އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. 

އެކަން ފާހަގަކުރައްވާ ޝިޔާމު ވިދާޅުވީ ތިން ކިއުގައި މަސްވެރިން މަޑުކުރަންޖެހޭ ދުވަސްތައް ގިނަވެ، މަސްވެރިން ބާނާ މަހަށް އެކަށީގެންވާ އަގެއް ނުލިބުމުގެ ސަބަބުން ދޯނީގެ ޚަރަދުތައް ހަމަޖައްސަން ދަތިވެފައިވާކަމަށެވެ. އަދި އެހާ ދުވަހު ކިއުގައި މަޑުކުރަންޖެހުމުން މަސްވެރިން ބާނާ މަސް ހަލާކުވެ ކިރޭ ގޮތް ނުވާ ކަމަށެވެ.

އޭގެ އިތުރުން އެ ކުއްލި މައްސަލައިގައި ވަނީ މަސްވެރިން އުފުލަމުންދާ ތަކުލީފުތަކަކީ މަސްވެރިކަން ތިޔާގިވާ ކޮންމެ މޫސުމެއްގައި ކުރިމަތިވާ މައްސަލަތައްކަމަށް ވިދާޅުވެފައެވެ. އަދި އެކަން އެނގޭއިރުވެސް މަސްވެރިކަން ތިޔާގިވާ ދުވަސްވަރުގައި އެ މައްސަލަތައް ހައްލުކުރަން ސަރުރާކަށް ތައްޔާރުނުވެވޭ ކަމަށާއި ވެރިކަމަށް އަންނަންވީ އެންމެ ބޮޑު ވައުދު ކަމުގައިވާ މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާ ކަމަށް ޝިޔާމު ވިދާޅުވިއެވެ. 

މަސް ޕްރޮސެސްކުރާ ތަންތަން އެޅުމަށާއި، ގޭދޮށު މަސްކާރުޚާނާތައް އެޅުމާއި އައިސް ޕްލާންޓުތައް ޤާއިމުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް މަސްވެރިކަމުގެ ޤާނޫނުގައި ތަފުސީލުކޮށް ބަޔާންކުރި ނަމަވެސް އެއިން އެއްވެސް ކަމެއް ތަންފީޒުނުކުރެވި އެކަންކަން ކުރުމުގެ އިޚުލާސްތެރި ނިޔަތެއް ސަރުކާރުގައި ނެތުމަކީ މަސްވެރިން އިތުރަށް މާޔޫސްވެފައިވާ ސަބަބެއް ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

އޭގެ އިތުރަށް މަސްވެރިން މޫސުމާ ދިމާކޮށް ރާއްޖޭގެ ސަރަހައްދަށް ވަންނަ ބޭރުގެ މަސްވެރި ބޯޓުތަކުގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާކަން ފާހގަަކުރައްވައި، އެ ބޯޓުތަކުން ރާއްޖޭގެ ކަނޑުތަކުން ދާޖަހައިގެން މަސްވެރިކަން ފުޅާދާއިރާއެއް ކުރަމުންދާއިރު ފިޔަވަޅެއް ނޭޅޭކަމަށް ވިދާޅުވެ ޝިޔާމުގެ މައްސަލައިގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އަދި އެ މައްސަލަތައް ވަގުތުން ވަގުތަށް ހައްލުކޮށްދެއްވުމަށްވެސް ޝިޔާމު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ