ގާސިމް ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަނީ/ ފޮޓޯ: ސަން
ހަބަރު
27 Sep 2022 | 06:14
އެހެން އެއްވެސް ސަރުކާރަކުން ނުކުރާވަރަށް މަސްވެރިކަމަށް އިންވެސްޓުކުރިން: ގާސިމް

މިހާތަނަށް އެއްވެސް ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓު ނުކުރާކަމަށް، އަމިއްލަފުޅަށް އެ ސިނާއަތަށް އިސްވެސްޓުކޮށްފައިވާނެ ކަމަށް މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ. 

ގާސިމް އިބުރާހިމް މިފަދައިން ވިދާޅުވެފައިވަނީ މަސްވެރިކަމުގެ މޫސުން އަނެއްކާވެސް ބައްދަލުކޮށްފައިވާއިރު، މަސްކިރުމާއި، މަސް ތާޒާކޮށް ބެހެއްޓުމަށް ބޭނުންވާ އައިސް ހޯދުމަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހިފައިވާއިރު އެކަންކަން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ހުށައަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ. 

މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަަލަތަކާއި ގުޅިގެން ގާސިމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށެވެ. 

"ރައީސް މައުމޫނުގެ ސަރުކާރުން ކުރެއްވި އިއުލާނާ ގުޅިގެން، ޕްރައިވެޓް ސެކްޓަރަށް [މަސްގަތުން] ދޫކޮށްލައްވައިގެން ކުރެއްވި މަސައްކަތްޕުޅުގެ ދަށުން އަޅުގަނޑު ބައިވެރިވެގެން އަޅުގަނޑު މިއީ އެކަމަށް ވަރަށް ބޮޑު އިންވެސްޓްމެންޓެއް ކޮށްފައިވާ މީހެއް. އާދެ އަޅުގަނޑު ކޮށްފައިވާ އިންވެސްޓްމެންޓަކީ ހަމަ ގައިމު ވެސް އޭރުވެސް އަދި މިހާރަށް ބެލިޔަސް ދިވެހި ސަރުކާރުން މަސްވެރިކަމަށް ކޮށްފައިވާ އިންވެސްޓްމެންޓަށް ވުރެ ބޮޑު އިންވެސްޓްމެންޓެއް"

މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް 

އޭނާ އަކީ މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުތަކުން ކުރި ހޭދައަށްވުރެ ބޮޑު ހޭދައެއް ކޮށްފައިވާ މީހެއްކަމަށް ގާސިމް ވިދާޅުވިއެވެ. އެއާއެކު ވިދާޅުވީ އެހާ ބޮޑު ހޭދައެއް ކުރި ނަަމަވެސް އެ ސިނާއަތު ކުރިއަށް ނުދާކަމަށެވެ. އަދި އެ ސިނާއަތު ކުރި ނާރަނީ އެކި ސަރުކާރުތަކުން އުސޫލުތަކަށް ބަދަލު ގެންނާތީކަމަށް ގާސިމް ވިދާޅުވިއެވެ. 

ރައީސް މައުމޫނުގެ ދައުރުގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ގެންގުޅު އުސޫލަކީ ރަނގަޅު އުސޫލެއްކަމަށާއި، އެ ވެރިކަމަށް ފަހު އުސޫލުތަކަށް ގެނައި ބަދަލުތަކަކީ މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް އެޅިގެން ދިޔަ ހުރަހެއްގެ ގޮތުގައި ގާސިމް ވަނީ ސިފަކުރައްވާފައެވެ. 

"[މަސް ގަނެ އެކްސްޕޯޓްކުރުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ނުދާ] ސަބަބަކަށް ވަނީ މަސްވެރިކަމުން، ކަޅުބިލަ މަހުން ލިބެނީ ވަރަށް ބޮޑު ގެއްލުމަކަށް ވާތީ"

މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް 

ސްގަނެ އެކްސްޕޯޓްކުރުމުގެ ވިޔަފާރިން ވަނީ ގެއްލުން ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުގައި ގާސިމް ދެއްކެވީ ސަރުކާރުގެ ކުންފުނި މިފްކޯ އެވެ. މިފްކޯ އަބަދުވެސް ހިންގަމުން އަންނަނީ ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުތަކުން ނުކުރާވަރުގެ ބޮޑު އިންވެސްޓުމަންޓެއް މަސްވެރިކަމުގެ ސިނާއަތަށް ކޮށްފައިވާކަމަށް ގާސިމް ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ވަކި ސަރަހައްދަކުން މަސް ގަތުމުގެ އެކްސްކްލޫސިވިޓީއާއެކީ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ހިންގަން، ގާސިމްގެ ވިލާ ގްރޫޕްގެ ސަބްސިޑަޔަރީ ކުންފުނި ހޮރައިޒަން ފިޝަރީޒް އިން ކުރި އިންވެސްޓްމެންޓްގެ ވާހަކައަށެވެ. 

އެ މަސައްކަތް ގާސިމްގެ ވިލާ ގުރޫޕުގެ ހޮރައިޒަންއަށް ބިން ދޫކުރިތާ 17 އަހަރުވެގެން ދިޔައިރުވެސް، އެތަނުގައި އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އަދި އެތަނުގައި ހޮރައިޒަނަށް ހަވާލުކުރި ފިޝިން ކޮމްޕްލެކްސްގެ މަސައްކަތް އެ ކުންފުނިން ކުރަމުން ނުދާތީ ދެކުނުގެ މަސްވެރިން ގެންދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. އަދި އެ ކަންބޮޑުވުންތަކާއެކު މަސްވެރިން ވަނީ ރައީސް ސޯލިހުއަށް ޕެޓިޝަނެއްވެސް ހުށައަޅާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ