މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު-- ފޮޓޯ: މަޖިލިސް
ހަބަރު
26 Sep 2022 | 22:40
މަސްވެރިންނަށް މިހާރު އޮތް ހައްލަކީ މިވެރިކަން ބަދަލު ކުރުން: ޠާރިގު

މަސްވެރިންނަށް މިހާރު އޮތް ހައްލަކީ މިވެރިކަން ބަދަލުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

މަސްވެރިކަން ތިޔާގިވެފައިވާ މޫސުމުގައި މަސްވެރިންނަށް ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސްކުރައްވަމުން ޓޮމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މައިގަނޑު މައްސަލައަކަށް ދިމާވާ ކަމަކީ ވެރިކަމަށް އަންނަން މަސްވެރިންގެ ބޮލަށް އެރި، ވާވައްދާ މަސްވެރިންނަށް ހުވަފެން ދެއްކުމަށްޓަކައި ސިޔާސީ ފަރާތްތަކުންވާ ވައުދުތައްކަމަށެވެ.

"މައިގަނޑު މައްސަލައަކަށް ވަނީ ވެރިކަމަށް އަންނަން މަސްވެރިންގެ ބޮލަށް އެރި ވާވައްދާ މަސްވެރިންނަށް ހުވަފެން ދެއްކުމަށްޓަކައި ވާ ވައުދުތައް. އޭގެތެރޭގައި ގޭދޮށު މަސްފެކްޓަރީއާއި. މަސްވެރި ޖަގަހަތަކާއި އަދި ހަނދުމަކޮށްލަން އެބަ ޖެހޭ ރާއްޖޭގެ ދޯނިތަައް ސްރީލަންކާގެ ބަނދަރުގައި މަސްކިރާފައި އެތަނުން ޑޮލަރު ގެންނަ ވާހަކަވެސް އެބަ އޮތޭ. ކީއްވެގެންތޯ އެވާހަކަވެސް ނުދައްކާ މިތިބެނީ. ލަންކާގެ ބަނދަރަށް ދިވެހި މަސްވެެރިން ހއ ގެ މަސްވެރިން މަސްކިރާފައި ޑޮލަރު ހިފައިގެން އަންނަ ވާހަކަވެސް މެނިފެސްޓޯގައި އެބައޮތް." 

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު 

ޓޮމް ވިދާޅުވީ މަސްވެރިން ވާވަށްދަން ސިޔާސީ ފަރާތްތަކުން ވާ މިފަދަ ވައުދުތަކުގެ ސަބަބުން މަސްވެރިން ނިސްބަތްވާ ސަރަހައްދުތަކުން މިސަރުކާރަށް ނޫނެކޭ ބުނެފައިވާކަމަށެވެ. މިގޮތުން އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހއ އިހަވަންދޫގެ މެޖޯރިޓީ ވަނީ އެމްޑީޕީއަށް ގެއްލިފައިކަމަށާއި ގދ އަތޮޅު އަތޮޅު ކަައުންސިލްގެ ރައީސްކަން ވަނީ ޕީޕީއެމް ހޯދާފައިކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އދ މަހިބަދޫގެ ލޯކަލް ކައުންސިލް އިންތިހާބުގެ ފުލް މެޖޯރިޓީ އޮންނާނީ ޕީޕީއެމް އަތުގައި ކަން ޓޮމް ފާހަގަކުރެއްވިއެވެ. 

އަދި މަސްވެރިކަމަށް ނިސްބަތްވާ ހުރިހާ ހިސާބެއްގެ ރައްޔިތުންވަނީ މިސަރުކާރަށް ނޫނެކޭ ބުނެފައިވަނީ މެނިފެސްޓޯއެއް ދައްކާފައި ރައްޔިތުންނަށް ވައުދުތަކެއް ވެފަ އެކަން ތަންފީޒު ނުކުރެވުމުގެ ސަބަބުންކަމަށްވެސް ޓޮމް ވިދާޅުވިއެވެ. 

"މަސްވެރިންނަށް މިހާރު އޮތް ހައްލަކީ މިވެރިކަން ބަދަލު ކުރުން. މި ވެރިކަމަކީ، މިހާރުގައި ހުރި ރައީސުލްޖުމްހޫރިއްޔާ އަކީ, އެއަންނަ ޕްރެޝަރެއް އެ އޮތް ގޮތަކަށް ދޫކޮށްލާ ޒާތުގެ ބޭފުޅެއް. އެހެންވީމާ މަސްވެރިންނަށް އޮތް ހައްލަކީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު، މަސްވެރިންގެ ދުވަހު މާލެ ސަރަހައްދުގައި ރަނގަޅު މުޒާހަރާއެއް ޖެއްސުން. ޖައްސާ ސަރުކާރަށް ރަނގަޅަށް އަޑު އިއްވުން. އެނޫން ގޮތެއް މި ސަރުކާރުގައި ނެތް." 

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު 

ޓޮމް އިތުރަށް ވިދާޅުވީ މި ސަރުކާރު އޮތީ ކައިރި އަވަށްޓެރި ގައުމެއްްގެ ބަނޑު ދަށުގައި ކަމަށާ، އަމިއްލަ ހާލައިގެން ތެދުވެ އުޅެވޭ ވަރެއް ސަރުކާރުގެ ނެތް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ދަނީ ދާނެ ދިމާލަކަށް ކަމަށާ، ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތާއި މަސްވެރިކަމުގެ ސިނާއަތް ވެސް ހަމަހަމަ ކުރާނެ ގޮތެއް ސަރުކާރަށް ނޭނގޭ ކަމަށް ވިދާޅުވެ ޓޮމް ވަނީ އަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.