މައި އެލައިޑް
ވިޔަފާރި
30 Apr 2025 | 11:56
ހެލްތު ޕްލޭންތައް "މައި އެލައިޑު"ން ހިންގާލާ

އެލައިޑް އިންޝުއަރަންސްގެ "މައި އެލައިޑް" ޕޯޓަލް އަކީ އިންޝުއަރަންސާއި ތަކާފުލް ޕްލޭންތަކާ ގުޅޭ ގިނަ ޚިދުމަތްތަކެއް އެއް ތަނަކުން، ފަސޭހަކަމާއެކު ބަލާލައި އަދި މެނޭޖުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.

އިންޝުރަންސާއި ތަކާފުލްގެ ގިނަ ޕްލޭނުތަކެއް ބައްލަވައިގަތުމުގެ އިތުރަށް، ޕްލޭނު ހިނގަމުންދާ ގޮތާއި ޕްލޭނުގެ ދަށުން ހޯދޭނެ ޚިދުމަތްތައް ވެސް މި ޕޯޓަލް މެދުވެރިކޮށް ވަގުތުން ފެންނަން ހުރެއެވެ.

މިސާލަކަށް، ހެޔޮ ޙާލުގައި ހުރުމަކީ ކޮންމެ އިންސާނަކަށް ވެސް ދިރިހުރުމުގެ އެންމެ މުޙިންމު އެއް ބޭނުން ކަމުގައި ވާ އިރު، އެލައިޑްގެ ހެލްތު އިންޝުއަރަންސް އަދި ހެލްތު ތަކާފުލްގެ ޕްލޭނުތަކަކީ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް މެނޭޖުކުރެވޭ ވަރަށް ފުޅާ ޚިދުމަތެކެވެ. ހެލްތު އިންޝުއަރަންސް "ސިލެކްޓް ބްލޫ" ޕެކޭޖުތަކާއި "ސިލެކްޓް ގޯލްޑް" ޕެކޭޖު، ނުވަތަ ހެލްތު ތަކާފުލްގެ "އަލް ޝިފާ" ޕްލޭނެއް ޕްލޭނެއް ބައްލަވައިގަނެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން އެކިއެކި ޚިދުމަތްތައް ހޯދޭނެއެވެ.

މީގެ ޕްލޭނެއް ބައްލަވައިގަތުމުން "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް ޕްލޭނުގެ އަދާހަމަ ބޭނުން ވަގުތަކު ބަލައިލެވޭނެއެވެ. އެގޮތުން އިންޝުއަރަންސް ނުވަތަ ތަކާފުލް ޕޮލިސީއިން ދޭ ކަވަރޭޖުތަކާއި، ކޮންމެ ކަވަރޭޖަކަށް ކަނޑައެޅިފައިވާ ލިމިޓުތަކާއި، ކޮންމެ ލިމިޓެއްގެ ދަށުން ބާކީ ހުރި މިންވަރު ޕޯޓަލް މެދުވެރިކޮށް ފަސޭހައިން ބަލައިލެވޭނެއެވެ.

މިސާލަކަށް ހެލްތު އިންޝުއަރަންސާއި ހެލްތު ތަކާފުލްގެ 3 ޕްލޭނުގެ ދަށުން ހޮސްޕިޓަލުގެ އިންޕޭޝަންޓް ޚިދުމަތްތަކަށް ކަނޑައަޅާފައި ހުންނާނީ އެކިއެކި ކަވަރޭޖު ލިމިޓުތަކެވެ. "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް، އެ ޚިދުމަތަކަށް ކަނޑައަޅާފައިވާ ލިމިޓާއި، އަހަރުގެ ތެރޭގައި އެ ޚިދުމަތެއް ކުރިން ހޯދާފައިވާ ނަމަ ދެން ބާކީ އޮތް ކަވަރޭޖު ލިމިޓު ޕޯޓަލްއިން ބަލައިލެވޭނެއެވެ.

ހެލްތު އިންޝުއަރަންސް ނުވަތަ ތަކާފުލް ޕްލޭނެއްގެ ދަށުން ކޭޝްލެސް ޚިދުމަތާއި، ރީއިމްބާސްމަންޓް އުސޫލުން ވެސް ޚިދުމަތް ލިބޭނެއެވެ. ރީއިމްބާސްމަންޓް އުސޫލުން ޚިދުމަތެއް ހޯދާ ނަމަ، އެ ޚިދުމަތަކާ ގުޅޭ މެޑިކަލް ބިލުތަކާއި އެހެނިހެން ލިޔެކިޔުންތައް "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް ޑިޖިޓަލްކޮށް އަދި އޮންލައިންކޮށް ހުށަހެޅޭނެއެވެ. އޮންލައިންކޮށް ކްލެއިމް ހުށަހެޅުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ. އެއާ ޚިލާފަށް، އެލައިޑުގެ އޮފީހަށް ހާޒިރުވެގެން މެނުއަލްކޮށް ކްލެއިމް ހުށަހަޅާ ނަމަ ކޮންމެ ކްލެއިމަކަށް 100 ރުފިޔާގެ ފީއެއް ނަގާނެއެވެ. "މައި އެލައިޑް" ބޭނުންކުރުމުގެ އަނެއް ފައިދާއަކީ، ކްލެއިމްގެ ސްޓޭޓަސް ވަގުތުން ބަލައިލެވެން އޮތުމެވެ.

ހެލްތު އިންޝުއަރަންސް ނުވަތަ ތަކާފުލްގެ ދަށުން ޚިދުމަތްތައް ލިބެނީ އިންޝުއަރަންސް/ތަކާފުލް ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން އެލައިޑާއި ސިއްޚީ ޚިދުމަތްދޭ މަރުކަޒާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މިފަދަ އެއްބަސްވުންތަކުގެ ސްކޯޕް، އެކި މަރުކަޒުތަކަށް ތަފާތު ވެދާނެއެވެ. އެހެންކަމުން ޕްލޭނުގެ ދަށުން ސިއްޙީ ޚިދުމަތެއް ހޯދަން އެދޭ މަރުކަޒުން ޚިދުމަތްދެނީ ކޭޝްލެސް ނުވަތަ ރީއިމްބާސްމަންޓް އުސޫލުންތޯ ބަލާލުމަކީ، ޚިދުމަތް ހޯދުމުގެ ކުރިން ކުރަން މުހިންމު ކަމެކެވެ. މިއީ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް ވަރަށް ފަސޭހައިން ބަލައިލެވޭ މަޢުލޫމާތެކެވެ. ޕޯޓަލްގައި ހެލްތު އިންޝުއަރަންސް/ތަކާފުލްގެ ދަށުން އޮންނަ "ސާވިސް ޕްރޮވައިޑާސް" ޕޭޖުގެ ސާޗް ބާގައި މަރުކަޒުގެ ނަން، ނުވަތަ ޤައުމުގެ ނަން، ނުވަތަ ޚިދުމަތުގެ ނަން ޖަހާލުމުން ޚިދުމަތް ހޯދިދާނެ ތަންތަނުގެ މަޢުލޫމާތު ފެންނާނެއެވެ. 

ހެލްތު އިންޝުއަރަންސް ނުވަތަ ތަކާފުލް ޕްލޭނެއް ބައްލަވައިގަނެގެން ސިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ޚިދުމަތް ހޯދާ އިރު ޕޮލިސީގައި ހިމެނޭ ހުރިހާ މާއްދާއެއް ކިޔާލައި ދެނެގަތުމަކީ ވަރަށް މުޙިންމު ކަމެކެވެ. އިންޝުއަރަންސް ނުވަތަ ތަކާފުލް ޕްލޭނެއްގެ ދަށުން ހޯދާ ކޮންމެ ޚިދުމަތަކަށް ކޯ-ޕޭމެންޓްގެ ގޮތުގައި ކުޑަ މިންވަރެއް އަމިއްލަ އަތުން ދައްކަން ޖެހެއެވެ. މި އަދަދުތައް ނުވަތަ މިންވަރުތައް ވެސް އޮންލައިންކޮށް ބަލައިލެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.