މަސްތުވާތަކެތި- ފޮޓޯ/ ކަސްޓަމްސް
ރިޕޯޓް
09 Oct 2026 | 21:57
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ

ރާއްޖޭގައި އޮތް އިޖްތިމާއީ އެންމެ ބޮޑު މައްސަލަ އަކީ މަސްތުވާތަކެތީގެ މައްސަލަ އެވެ. އެ ވަބާގައި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ. ހާއްސަކޮށް ޒުވާނުންނެވެ. ކަންބޮޑުވާން ޖެހޭ ފަދަ ދަރަޖައަކަށް އެ ވަބާ ވަނީ ފެތުރިފަ އެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާ ދިނުމަކީ ކޮންމެ ސަަރުކާރެއްގެވެސް ވައުދެކެވެ. ނަަމަވެސް މިހާތަނަށް އެކަމުގައި އެކަށީގެންވާ ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ. ރާއްޖޭގައި މިހާރު އޮތީ މަސްތުވާތަކެތީގެ ވަރަށް ނުރައްކާތެރި ޓްރެންޑެއް އުފެދިފަ އެވެ.

އެ ހާލަތު ވަރަށް ތަފްސީލުކޮށް ޖާނީގެ ގްލޯބަލް ރިކަވަރީ ކޯޗު އަލީ އަދީބު ވަނީ ވިދާޅުވެ ދެއްވާފަ އެވެ. ޖާނީ އަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ދުރުކުރުމަށް އެހީވެދޭ ޖަމިއްޔާ އެކެވެ. އެފަދަ މީހުންގެ ބެލެނިވެރީންނާއި އާއިލާތަކަށް ބޭނުންވާ އެހީތެރިކަމާއި ސަޕޯޓްވެސް ދެ އެވެ.

އަދީބު ވިދާޅުވި ގޮތުގައި ރާއްޖޭގައި މެތައެންފެޓަމައިން (މެތު) ފެތުރިފައިވަނީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށެވެ. އެ ބާވަތުގެ ޑްރަގް, ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް މިހާރު ލިބެ އެވެ. އެ ބޭނުންކުރާ މީހުން ހުރިހާ ސަރަހައްދެއްގައި އެބަ ތިއްބެވެ.

ޖާނީގެ ގްލޯބަލް ރިކަވަރީ ކޯޗު އަލީ އަދީބު

އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.

"އޯޕިއޮއިޑްސްއާ މެތު ބޭނުންކުރާ މީހުން މިހާރު މި ފެންނަނީ. ދެ [ބާވަތެއްގެ] މަސްތުވާއެއްޗެއް. މި ދެ ވައްތަރެއްގެ މަސްތުވާއެއްޗެހިވީމަ މިކަމުން ހަގީގަތުގައި އެބަ ފަރުވާ ދިނުމުގައިވެސް އިތުރު އުނދަގޫތަކެއް ދިމާވޭ. އަދި ޑިޓޮކްސްފައި ކުރުމުގައިވެސް އުނދަގޫތަކެއް އެބަ ދިމާވޭ އަސްލު," އަދީބު ވިދާޅުވި އެވެ.

މި ފަހުން ޑްރަގް މައްސަލަތަކުގައި އަތުލައިގަންނަ ގިނަ މީހުން ދެ ބާާވަތަށް ބައެއް ފަހަރު ތިން ބާވަތަށްވެސް ޕޮޒިޓިވް ވެ އެވެ. މާނައަކީ އެއް ފަހަރާ އެކި ބާވަތްތަކުގެ މަސްތުވާތަކެތި ބޭނުން ކޮށްފައިވުމެވެ. ނުވަތަ އެކި ބާވަތްތައް އެއްކޮށްގެން ބޭނުންކުރުމެވެ.

އިއްޔެ ހައްޔަރުކުރި މީހުން --

އިއްޔެ ވިލިމާލެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހުން ވެސް އެއް ބާވަތަށް ވުރެ ގިނަ ބާވަތުގެ މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ. ބައެއް މީހުން ތިން ބާވަތަށް ޕޮޒިޓިވް އެވެ. އެގޮތުން އެމްއޭޕީ އާއި ސީއޭޓީ އަދި ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާކަން ކޯޓް އަމުރުގައިވެ އެވެ.

މުޖްތަމައުން އެކަންބޮޑުވުމެއް ނުފެނޭ, އިދާރާތައް ހިމޭނުން

އަދީބު ވިދާޅުވި ގޮތުގައި ރާއްޖޭގައި މެތު ފަދަ ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެއް މިހާ ބޮޑަށް ފެތުރެމުންދާއިރު އެކަމުގެ ކަންބޮޑުވުމެއް މުޖްތަމައުގައި ނެތެވެ. ހާއްސަކޮށް ކަމާގުޅޭ އިދާރާތަކުން އެކަމާއި ގުޅިގެން ކަންބޮޑުވެގެން ކަމެއްް ކުރާތީއެއް ނުފެނެ އެވެ.

ޖާނީން އިސްވެ އެކަން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސަމާލު ކަަމަށް ވެސް ވަނީ ގެނެސްފަ އެވެ. ނަމަވެސް މެތާ އިދިކޮޅަށް އެކަށީގެންވާ އެއްވެސް މިންވަރަށް މަަސައްކަތެއް ނުކުރެވެ އެވެ.

އޮޕަރޭޝަނެއްގައި ފުލުހުން އަތުލައިގެން މަސްތުވާތަކެތި -- ފައިލް ފޮޓޯ

އަދީބު ވަނީ އަލަށް އެ ވަބާގެ ތެރެއަށް ވަންނަ ކުދީންވެސް ދެ ބާވަތުގެ މަސްތުވާތަކެތި ހޯދައިގެން އެކުގައި ބޭނުން ކުރަމުންދާކަން ފާހަގަކޮށްފަ އެވެ. އެއީ މުޅި މުޖްތަމައުއަށް ބޮޑު ނުރައްކަލެއް ކަމުގައި ވިދާޅުވި އެވެ.

އެކަންކަން ހައްލުކުރަން ސަރުކާރުތަކުން ހަރުދަނާ އަދި ރަނގަޅު ސިޔާސަތެއް ނުގެންގުޅޭ ކަމީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ދެ ބާވަތް އެކުގައި ބޭނުންކުރުން; ބޮޑެތި ގެއްލުންތަކެއް

މެތައެންފެޓަމައިން އާއި އޯޕިއޮއިޑްސް އެއްކޮށް ބޭނުންކުރުމުން ހަށިގަނޑަށް ނުރައްކާތެރި އަދި ލަފާކުރަން ދަތި ބަދަލުތަކެއް އާދެ އެވެ. ސަބަބަކީ މެތަކީ ސިޓްމިއުލަންޓަކަށްވުމެވެ. އެއީ ސިކުނޑި އާއި ލޭ ހިނގުން އަވަސްކުރާ ޑްރަގެކެވެ. އޯޕިއޮއިޑްސް އަކީ ސިކުނޑީގެ ހިނގުން ދަށްކޮށް ނޭވާލުމުގެ ނިޒާމު ލަސްކޮށްލާ ޑްރަގެކެވެ.

މިނިސްޓަރު އިހްސާން: މައްސަލަ ހައްލުކުރަން އެދެވޭ މަސައްކަތެއް ނުކުރެވޭ

މި ދެ ޑްރަގް އެކުގައި ބޭނުންކުރުމުން ކުރު މުއްދަތެއްގެ ތެރޭގައި ފެންނަ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހިތުގެ ހިނގުމަށް ނޭދެވޭ ބާރުބޮޑުވުމާއި ޝައްކުބަލީގެ އާދަޔާ ހިލާފު ހިޔާލުތައް އުފެދުމާއި ބޮޑުތަނުން ހަށިގަނޑުން ފެންމަދުވުމުން ހިމެނެ އެވެ. އަދި ދިގު މުއްދަތަކަށް މި ތަކެތި އެއްކޮށް ބޭނުންކުރުމުން މަސްތުވާތަކެއްޗަށް އިންތިހާއަށް ދެވި ހިފާ ސިކުނޑީގެ ނާރުތަކަށް ދާއިމީ ގެއްލުން ލިބި, ވިސްނުމުގެ ބާރު ދެރަވެ, ބޮޑެތި ނަފްސާނީ ބަލިތައް ތަހަންމަލު ކުރަން ޖެހެ އެވެ. 

މީގެ އިތުރުން ސްޓްރޯކް ޖެހުމާއި ހިތް ހުއްޓުމުގެ ފުރުސަތު އިތުރުވެ އަދި ލޭގެ ޒަރިއްޔާއިން ވާސިލުވާ ނުރައްކާތެރި ގައިންގަޔަށް އަރާ ބަަލިތައް ޖެހުމުގެ ރިސްކު ވަރަށް ބޮޑަށް މަތިވެގެންދެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.