ތުރުކީން ހަދިޔާކުރި މަނަވަރު ދައްކާލުން -- ފޮޓޯ: އެމްއެންޑީއެފް
ހަބަރު
10 Aug 2025 | 19:10
ތުރުކީން ހަދިޔާކުރި މަނަވަރު ދައްކާލައިފި، ހިދުމަތަށް ނެރެން ތައްޔާރުވަނީ

ތުރުކިވިލާތުން ރާއްޖެއަށް ހަދިޔާކުރި ތުރުކީ ނޭވީ މަނަވަރު ރާއްޖެއަށް ގެނެސް ދައްކާލައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ވަނީ މަނަވަރުގެ ފޮޓޯއަކާއެކު މިއަދު ޕޯސްޓެއް ކޮށްފަ އެވެ. އެ ޕޯސްޓްގައި ބުނީ މި މަނަވަރު އެމްއެންޑީއެފާ ރަސްމީކޮށް ހަވާލުކުރުމާއި، ހިދުމަތަށް ނެރެ، ގައުމީ ދިފާއީ ބާރަށް ކަމިޝަން ކުރުމަށް ބާއްވާ ރަސްމިއްޔާތު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ދެ ގައުމުގެ މެދުގައި ދަނީ ކުރަމުން ކަމަށެވެ.

ތުރުކީގެ އަސްކަރީއްޔާއިން ކުރިން ބޭނުކުރި މި މަނަވަރު ރާއްޖެއަށް ހަދިޔާކުރަން އުޅޭ ވާހަކަ އެންމެ ފުރަތަމަ އާއްމުވެގެންދިޔައީ އެ ގައުމުގެ ނޫސްތަކުންނެވެ. ނަމަވެސް ފަހުން އެމްއެންޑީއެފުން އާއްމުކުރި ބަޔާނެއްގައި ވަނީ އެ ވާހަކަ ޔަގީންކޮށްދީފަ އެވެ.

އެމްއެންޑީއެފުން ބުނީ، ތުރުކީން ރާއްޖެއަށް މަނަވަރެއް ހަދިޔާކުރުމަށް ނިންމީ ދެޤައުމުގެ ދެމެދު އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ އެއްބަސްވުމުގެ ދަށުންކަމަށެވެ.

ތުރުކީގެ މީޑިއާތަކުން އޭރު ބުނެފައިވަނީ އެއީ އެ ޤައުމުގެ އަސްކަރިއްޔާގައި މީގެ 40 އަހަރުކުރިންވެސް ބޭނުންކުރަމުން ގެންދިޔަ މަނަވަރެއް ކަމަށެވެ. މި މަނަވަރު ކޮމިޝަން ކުރިތާ 45 އަހަރުވެފައިވާ ކަމަށް ތުރުކީގެ ނޭވަލްއިން ލިބޭ މައުލޫމާތުތަކުން އެނގެ އެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރަކީ 58 މީޓަރު ދިގު އަދި 7.62 މީތަރު ފުޅާ މަނަވަރެކެވެ. މިއީ ގަޑިއަކު 70 ކިލޯ މީޓަރުގެ ރާސްތާއެއް ކަޑައްތުކުރުމުގެ ގާބިލުކަން ލިބިގެންވާ އުޅަނދެކެވެ. ތުރުކީން މި މަނަވަރު ފަރުމާކޮށްފައިވަނީ، މަނަވަރުގައި މިސެއިލް، ޑިފެންސް ސިސްޓަމް ހިމެނޭ ގޮތަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ތުރުކީއަށެވެ. އެ ދަތުރުފުޅަށްފަހު ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި، ޑިފެންސްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ އެއްބަސްވުންތައް އެކުލަވާލާފައެވެ. މި އެއްބަސްވުމުެގ ދަށުން ތުރުކީވިލާތުން އަސްކަރީ ޑްރޯންތަކެއްވެސް ވަނީ ގެނެސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.