އުމަރު ނަސީރު
ހަބަރު
06 Oct 2026 | 18:34
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު

ރާއްޖޭގައި އޮތް އިޖްތިމާއީ ބޮޑު އެއްވެސް މައްސަލައަކަށް ހައްލެއް ނުހޯދުނު ކަމަށާ މިހާރު ހުރި ސިޔާސީ ޕާޓީއަކުން އެ މައްސަލަތަކަށް ހައްލު ހޯދާނެ ކަމަށް ގަބޫލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއް ހިމެނޭ ޕޯސްޓެއްގަ އެވެ. އުމަރު ވިދާޅުވީ ބައެއް ނާތަހުޒީބު މުޖްތަމައުތަކުގައި ރޭޕް ކުރުމުން އެކަންކުރި ފިރިހެން މީހާއާ އަނިޔާ ލިބުނު އަންހެން މީހާ ކައިވެނިކުރުވާ ކަމަށެވެ. އެކަން ކުރުވަނީ ރޭޕް ހުއްޓުވުމުގެ ނަމުގައި ކަމަށެވެ.

މި ސަރުކާރުން މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް ގެންގުޅެނީ ވެސް އެފަދަ ސިޔާސަތެއް ކަމަށެވެ. އެގޮތުން ގޭންގުތަކުގެ މީހުންނަށް ނުހައްގު ފުރުސަތު ފަހިކޮށްދޭ ކަމުގައި ތުހުމަތު ކުރެއްވި އެވެ. 

"ގޭންގު މީހުންނަށް ސަރުކާރުގެ ހުރިހާ ވަޒީފާތަކަކާއި ސަރުކާރުގެ ކޮންޓްރެކްޓްތަކަކާއި ސަރުކާރުގެ ބިންތައް ދީގެން ވިޔަފާރި ކުރުވާފައި މި ބުނަނީ މިހާރު އެއް ގޭންގު އަނެއް ގޭންގަކަށް މިހާރު ވަޅިއެއް ނުހަރައޭ,"

80 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހަކު 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލާފައި ވަނިކޮށް ދާދި ފަހުން ދޫކޮށްލާފައިވާ ކަމަށާ މި ސަރުކާރުން ވެސް ކަން ކުރަނީ ކުރީ ސަރުކާރުތަކެކޭ އެއްފަދައިން އެއްވެސް ސިޔާސަތެއް ނެތި ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ. އަދި އެއިން އެއްވެސް ޕާޓީއަކަށް ބޮޑެތި މައްސަލަތައް ހައްލެއް ނުކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.

"އެއްވެސް ޕޮލިޓިކަލް ޕާޓީއަކަށް އިތުބާރުކުރަން ޖެހޭ ސަބަބެއް ނެތް. އެ މީހުންގެ އައު ހިޔާލެއް ނެތް. އެ މީހުން އިތުރަށް ކޮށްދޭނެ ކަމެއް ނެތް. ދިވެހިރާއްޖެއަށް ބޭނުންވަނީ ސްޓްރޯންގް އަދި އޮނެސްޓް ލީޑަރެއް 2028 ވަނަ އަހަރަށް," އުމަރު އާންމުކުރެއްވި ވީޑިއޯގައި ވިދާޅުވެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.