އަބްދުﷲ އިބްރާހިމް (އަބުޗާ)
ހަބަރު
06 Oct 2026 | 17:07
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރިކަން ސާބިތުވެ އުމުރުދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.

އެކަން ހާމަކުރީ ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. އެ މައްސަލައިގެ މައުލޫމާތު ހާމަކުރުމަށް ހާާއްސަކޮށް ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު އިހްސާން ވިދާޅުވީ ޕެރޯލް ބޯޑްގެ އެ ނިންމުން ސަމާލު ކަަމަށް އައުމާއެކު އެ ނިންމުން އަލުން މުރާޖައާ ކުރުމަށް މިއަދުގެ ވަގުތެއްގައި ޕެރޯލް ބޯޑަށް އަންގާފައިވާ ކަމަށެވެ.

އަދި ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ކޮމިޝަނަރު އޮފް ޕޮލިސް އާއި ކޮމިޝަނަރު އޮފް ޕްރިޒަންސް ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލްވުމުގައި މިނިސްޓަރު އިހްސާން ވިދާޅުވީ ފެރޯލް ބޯޑްގެ ނިންމުން ބަދަލު ކުރުމާއެކު މިއަދު ހަވީރު 4:48 ގައި އަބުޗާ އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޕެރޯލް ބޯޑްގެ ނިންމުން ނިންމީ އެ ބޯޑުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތާއި އެ ނިންމުން ފުށުއަރާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. ނިންމުން ބަދަލު ކުރަން އެންގީ އެހެންވެގެން ކަމުގައި ވިދާޅުވި އެވެ.

"މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަކީ އެ ފަރާތްތަކާއި ދޭތެރޭގައި ޤާނޫނުގައި އޮންނަ އެންމެ ހަރުކަށިކޮށް ދެކޭ ފަރާތްތައް. އެހެން ކަމުން އެފަދަ ފަރާތްތަކަށް ލުޔެއްދޭން އަދުގެ ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެފަދަ ނިންމުމެއް ޕެރޯލް ބޯޑުން ނިންމުމާއި ގުޅިގެން މުޅި ބޯޑްގެ ހުރިހާ މެންބަރުން މިހާރު ވަކިކޮށްފައިވާ ކަމަށެވެ. ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑް އަލުން އެކުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ބޯޑްގައި ފުލުހުންގެ އަދި ކަރެކްޝަންގެ އިސް ބޭފުޅަކު ވެސް ހިމެނިވަޑަައިގަންނަވާތީ އެ ބޯޑްގެ ނިންމުމަކީ ގަސްތުގައި ގޯސްކޮށް ނިންމާފައިވާ ނިންމުމެއްނަމަ އެކަމާއި ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަބްޗާ އަކީ އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ. އޭނާ މިނިވަން ކުރުން ކުށްވެރިކޮށް އެތައް ބަޔަކު ދިޔައީ ފާޑުކިޔަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.