ސްކޫލް ދަރިވަރުން ތަކެއް- ފޮޓޯ/ ވޮއިސް
ވިޔަފާރި
22 Jul 2025 | 14:53
އެލައިޑްތަކާފުލްގެ ސެކަންޑްރީ ސްކޫލް އެކްސްޕެންސަސް ޕްލޭނާއެކު ދަރިފުޅުގެ ސާނަވީ ތަޢުލީމަށް މުހިންމު އިންވެސްޓްމަންޓެއް

ކޮންމެ މައެއް އަދި ބަފައެއްގެވެސް ހުވަފެނަކީ އެމީހުންގެ ދަރިފުޅަށް އެންމެ ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމެވެ. ނަމަވެސް، ދަރިންގެ ސާނަވީ މަރުހަލާއަކީ ކިޔެވުމަށް ކުރަންޖެހޭ ޚަރަދުތައް އެތައް ތަނަކުން ބޮޑުވެގެންދާ މަރުހަލާއެކެވެ. އެގޮތުން، ޓިއުޝަން ފީ އަށާއި، ކިޔެވުމަށް މުހިންމު ފޮތްތަކަށާއި، އިތުރު ހަރަކާތްތަކާއި އެނޫންވެސް ކަންކަމަށް ގިނަ ޚަރަދުތަކެއް ކުރަންޖެހެއެވެ. 

ކަންމިހެން ހުރުމުން، މި ޚަރަދުތައް ޔަގީންކަމާއެކު، ކަށަވަރު ކުރެވޭނެ ގޮތެއް ކުރިއާލާ ރާވައި ހަމަޖެހިފައި އޮތުމަކީ ވަރަށް ބޮޑު ބޮލުގެ ރިހުމަކުން ސަލާމަތްވާނެ ކަމެއްކަން ޔަގީނެވެ.

އެގޮތުން އެލައިޑް ތަކާފުލުން މިހާރު ވަނީ، ސާނަވީ ސްކޫލް ޚަރަދުތަކުގެ ތަކާފުލް ޕްލޭން އެއް ތަޢާރަފްކޮށްފައެވެ. މިއީ ދަރިފުޅުގެ ތަޢުލީމަށް ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭ، އަދި ބެލެނިވެރިޔާއަށް ކަމެއް ދިމާވެއްޖެނަމަ ފުރިހަމަ ރައްކާތެރިކަން ފޯރުކޯރުކޮށްދޭ އިސްލާމީ ޝަރީޢާއާ އެއްގޮތް މާލީ ހައްލެކެވެ.

މި ތަކާފުލް ޕްލޭން މުހިންމު ވަނީ ކީއްވެ؟

އެހެނިހެން މިފަދަ ޕްލޭންތަކާ ޚިލާފަށް، ސާނަވީ ސްކޫލް ޚަރަދުތަކުގެ ތަކާފުލްގެ އެންމެ މައި އަމާޒަކީ ދަރިވަރުގެ ތަޢުލީމީ މުސްތަގްބަލެވެ. 

މި ޕްލޭން އިން ލިބޭނެ ބައެއް ފައިދާ ތަކަކީ:

* ދިގުދެމިގެންވާ ގޮތަށް ފައިސާ ރައްކާކުރުމުގެ ފުރުޞަތު ލިބި، ތަޢުލީމަށް ޚާއްޞަ ފަންޑެއް އުފެއްދުން.

* ދަރިފުޅަށް ސާނަވީ ސްކޫލް މަރުހަލާއަށް އާދެވޭއިރު، ކަނޑައެޅިފައިވާ ގޮތަށް ފައިސާ ދޫކުރަން ފެށި، ސްކޫލް ޚަރަދުތައް ދެއްކުމަށް އެހީތެރިވުން.

* ދިރިއުޅުމުގައި ކުއްލި ހާލަތެއް ދިމާވިޔަސް ކުރިއަށްދިއުމުގެ ޔަގީންކަން – އެގޮތުންޕްލޭން ނަންގަވާފައިވާ ބެލެނިވެރިޔާ ނިޔާވެއްޖެ ހާލަތެއްގައި ވެސް ޕުލޭން ކުރިޔަށްދާނެއެވެ.

މި ޕްލޭން ޚާއްޞަވަނީ ހަމައެކަނި ފައިސާ ރައްކާކުރުމަކަށް  ނޫނެވެ.  އެހެނެއްކަމަކު މިއީ ދަރިންގެ ހުވަފެންތަކުގައިވެސް ކުލަޖައްސައި،އެއަށް ރައްކާތެރިކަން ހޯދައިދޭނެ ޕްލޭނެކެވެ.

މިއީ ކިހިނެއްވާ ޕްލޭނެއް

* ޕްލޭންގައި ކަނޑައެޅިފައިވާ މިންވަރަށް ގަވައިދުން ފައިސާ ދެއްކުން.

* ތިބާގެ ދަރިފުޅަށް 13 އަހަރު ވުމުން، 5 އަހަރު ވަންދެން ކޮންމެ އަހަރަކުވެސް ޕްލޭން މެދުވެރިކޮށް ފައިސާ ދޫކުރެވޭނެ. އަދި 18 އަހަރުވުމުން ބާކީ ހުރިހާ ފައިސާ އާއި ދަރިފުޅަށް ކަނޑައެޅިފައިވާ ފައިދާތަކުގެ 100 އިންސައްތަ ލިބޭނެވެ.

* ފައިސާ ދޫކުރަން ފެށުމުގެ ކުރިން އެމީހަކު ނިޔާވެއްޖެ ނަމަ، އިތުރު ފައިސާ ދެއްކުމަކާ ނުލައި ދަރިފުޅަށް ކަނޑައެޅިފައިވާ ފައިދާތަކުގެ 100 އިންސައްތަ ލިބޭނެއެވެ.

މި ޕްލޭން ޚިޔާރު ކުރަންވީ ކޮން ބައެއް؟

6 އަހަރުން ދަށުގެ ކުދިން ތިބި މައިންބަފައިންގެ ތެރެއިން ކުދިންގެ ސްކޫލް ޚަރަދުތަކަށް ކުރިއާލާ ތައްޔާރުވާން ބޭނުންވާ ފަރާތްތައް.

* ދީނީ ގޮތުން ހުއްދަ، ރައްކާތެރިގޮތުގައި ފައިސާ ރައްކާކުރަން ބޭނުންވާ ޢާއިލާތައް.

* މާލީ ރޭވުންތެރިކަމަށް އަހަންމިއްޔަތުކަންދޭ އަދި ދަރިފުޅުގެ ތަޢުލީމީ ޙަޔާތުގެ މުހިންމު އަހަރުތަކުގައި ތަޢުލީމުގެ ޚަރަދުތަކުގެ ބުރަ ލުއިކުރަން ބޭނުންވާ ފަރާތްތައް.

ދަރިފުޅުގެ މަތީ ތަޢުލީމުގެ އިތުރުން ސާނަވީ ތަޢުލީމު ހާސިލު ކުރަމުންދާ މުއްދަތުގެ ތެރޭގައި އަންނާނެ ބޮޑެތި ޚަރަދުތަކަށް މި ޕްލޭން މެދުވެރިކޮށް އެހީތެރިކަން ލިބޭނެއެވެ. އެކަމަށްޓަކައި، ސެކަންޑަރީ ސްކޫލް ޚަރަދުތަކުގެ ތަކާފުލް ޕްލޭން ޚިޔާރުކޮށް، ތިބާގެ ދަރިފުޅުގެ މުސްތަޤްބަލް އުޖާލާކޮށްދީ، މާލީ ގޮތުން އުފުލަންޖެހޭ ބުރަ ލުއި ކޮށްލާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.