މޫދު އަޑީގައި ކުރިއަށްގެްނދިޔަ ހަރަކާތުގެ ތެރެއިން..
ހަބަރު
11 Aug 2025 | 07:50
ޣައްޒާ މިނިވަންކުރުމަށް ފްލޮޓީލާ މޫވްމަންޓްގެ ހަރަކާތްތައް ރާއްޖޭގައިވެސް ކުރިއަށް

ޣައްޒާ ހިސާރުކޮށްފައި އޮންނައޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ފްލޮޓީނާ މޫވްމަންޓްގެ ހަރާކާތްތައް ރާއްޖޭގައި ފަށައިފިއެވެ.

ފްލޮޓީނާ މޫވްމަންޓަކީ ޣައްޒާ މިނިވަންކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ އެކްޓިވްސްޓުންތަކެއް ހިމެނޭ ގޮތަށް ކުރިއަށްގެންދާ މޫވްމަންޓެކެވެ. ފްލޮޓީނާ މޫވްމަންޓްގައި ރާއްޖޭގެ ފަރާތުން ތަމްސީލްކުރަނީ، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އައިއޭސީންނެވެ.

ފްލޮޓީނާ މޫވްމަންޓްގެ ވަރލްޑް އެކްޝަންޑޭ މިހިނގާ އޮގަސްޓްމަހުގެ 9 ވަނަ ދުވަހު ފަށާފައިވާއިރު، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުންހެން ވަނީ މި ހަރަކާތާ ގުޅިފައެވެ. މި ހަރަކާތުގެ ބައިވެރިންގެ އަޒުމަކީ ފަލަސްތީނު މިނިވަންކޮށްފައި ނޫނީ ހަރަކާތްތައް ހުއްޓައި ނުލުންކަމަށް އައިއޭސީން ބުނެއެވެ.

މޫދު އަޑީގައި ކުރިއަށްގެްނދިޔަ ހަރަކާތުގެ ތެރެއިން..

ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ރާއްޖޭގައި ވަރަށްބޮޑު އެއްވުމެއް ބޭއްވުމުގެ މަސައްކަތް ކުރިއަށްދާއިރު، ޑައިވަރުންތަކެއް ވަނީ މޫދު އަޑިއަށްގޮސް ޣައްޒާ އަދި ފްލޮޓިލާގެ ދިދަ ވިހުރުވާލައި ރާއްޖެ ތަމްސީލުކޮށް ބައިވެރިވުން ދައްކުވައިދީފައެވެ.

ފްލޮޓީލާ މޫވްމަންޓުގައި ބައިވެރިވުމަށް މިހާތަނަށް 6،000 ހަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާއިރު، މީގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ފަރާތްތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ފަލަސްތީނަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ އެހީގެ ހަރަކާތުގައި ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމުގައި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު އައިއޭސީން ގެންދަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
މިސްކިތަށް ގެއްލުންދީ، ބޮޑުކަމުދިޔަ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މިސްކިތްތަކަށް ގެއްލުންދީ، ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގ. މާލެހިޔާ، އުމުރުން 30 އަހަރުގެ ނައުޝާދު މޫސާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.