އެލައިޑްގެ އޮފީސް
ވިޔަފާރި
27 May 2025 | 15:59
އޮޑިހަރުގެއިން ފެށޭ އުންމީދަށް އިތުބާރު

އޮޑިއެއް ނުވަތަ ކަނޑު އުޅަނދެއް ބަނުމަކީ އާދައިގެ މަޝްރޫޢެއް ނޫނެވެ. އެ މަސައްކަތުގައި ތެރެއިން ބާއްވާލާ ކޮންމެ ލަކުޑިބުރިއަކާއި ދަގަނޑެއް، ރެޒިނުން ނުވަތަ ފައިބަރުން އަޅާ ކޮންމެ ފަށަލައަކީ ވެސް ބޮޑު ތަސައްވަރެއް ހަގީގަތަކަށް ހެދުމުގެ ފިޔަވަޅެކެވެ.

އެކަމަކު ކޮންމެ ތަސައްވަރެއް ނުވަތަ ހުވަފެނެއް ހަގީގަތަށް ހެދުމުގެ ދަތުރަކީ ހިރާސްތަކެއް ކުރިމަތިނުވެ ނުދާނެ ކަމެކެވެ. އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުމާއި އަދި ގުދުރަތީ ކާރިސާތައް ހިންގުމަކީ ވެސް އެތައް މަހެއްގެ މަތިން ކުރި ބުރަ މަސައްކަތްތައް ކުޑަ ވަގުތުކޮޅެއް ތެރޭގައި މަގުން ކައްސުވާލާ ކަންކަމެވެ.

ބޯޓް ބިލްޑިންގް އިންޝުއަރަންސް އޮންނަނީ މި ސަބަބަށް ޓަކައެވެ. އޮޑި ބޭލުމުގެ ކުރިން، ކުރި ހުރިހާ މަސައްކަތެއް ފެނަށް ދިޔަނުދިނުމަށެވެ. ކުރިމަތިވާ ހުރަހަކާ ހެދި ދިމާވާ މާލީ ގެއްލުންތަކުން ސަލާމަތްކޮށްދީ، ކުރިއަށް ދެވޭނެ ފުޅާ މަގެއް ކޮށައިދިނުމުގެ ބޭނުމުގައެވެ. އެއީ މަހަށް ދާ ބޯޓެއް، ލޯންޗެއް، ނުވަތަ ސަފާރީ އުޅަނދެއް ވިޔަސް މައްސަލައެއް ނެތެވެ.

އެލައިޑުގެ ބޯޓް ބިލްޑިންގް އިންޝުއަރަންސުން ކަވަރުކޮށްދޭ ތަކެތީގެ ތެރޭގައި ހަދަމުންދާ އުޅަނދުގެ ހަލް ނުވަތަ ސުޕަރސްޓްރަކްޗާ (ބޭނުންކުރާ ތައްގަނޑު ނުވަތަ މޯލްޑާއެކު)، އޮޑި ބަނުމުގެ މަސައްކަތަށް ބޭނުންކުރުމަށް އޮޑިހަރުގޭގައި ރައްކާކޮށްފައިވާ ތަކެއްޗާއި، އަދި އޮޑިހަރުގެ ވެސް ހިމެނެއެވެ. އަލިފާނުގެ ހާދިސާއެއް ނުވަތަ ހޮނުއެޅުން، ގަދަ ވަޔާއި ވިއްސާރައިގައިވާ ގެއްލުންތަކަށް ކަވަރޭޖު ލިބޭނެއެވެ.

ނަމަވެސް މި ޕްލޭނުގައި ނުހިމެނޭ ބައެއް ކަންކަން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި މަސައްކަތަށް ބޭނުންކުރާ މެޝިނަރީ، ފަރުވާކުޑަކޮށް މަސައްކަތް ކުރެވިގެން ލިބޭ ގެއްލުން، އޮޑިހަރުގޭގެ ބޭރުގައި ހުންނަ މުދާ، ޕްރޮޖެކްޓު ލަސްވުމުގެ ސަބަބުން އަންދާޒާކުރި އާމްދަނީއެއް ނުލިބުން ފަދަ ކަންކަމަކީ ޕްލޭނުގައި ހިމެނޭ ކަންކަމެއް ނޫނެވެ. މިފަދަ މަދު ކަންތައްތަކެއް ފިޔަވާ، މަސައްކަތަށް ކުރިމަތިވެދާނެ ގިނަ ހުރަސްތަކުން ދިމާވާ ގެއްލުންތަކަށް މި ޕްލޭނުން ކަވަރޭޖު ލިބޭނެއެވެ.

މީގެ އިތުރުން އެލައިޑުގެ މި ޕްލޭނަކީ ފްލެކްސިބަލް ޕްލޭނެކެވެ. އުޅަނދު ބަނުމުގެ މަސައްކަތް ނިމުމުގެ ކުރިން ޕްލޭނުގެ ކަވަރޭޖު މުއްދަތު ނިމިދާނެކަމާ މެދު ހާސްވާކަށް ނުޖެހޭނެއެވެ. އުޅަނދުގެ ހަލް ނިމުމާ ހަމައަށް ޕްލޭން ހިނގާނެއެވެ. 

ބޯޓް ބިލްޑިންގް އިންޝުއަރަންސަކީ ކުރިމަތިވެދާނެ ގެއްލުމަކުން ސަލާމަތްވުމަށް އަޅާ ފިޔަވަޅެއް އެކަންޏެއް ނޫނެވެ. މިއީ އޮޑިއެއް ބަނުމަށް ޓަކައި އޮޑިވެރިޔާ ކުރާ މަސައްކަތުގައި، އޭނާގެ ސިކުނޑިއަށް ފަސޭހަކަމެއް ގެނެސްދޭނެ ކަމެކެވެ. އުޅަނދު ބަނުމުގެ ދަތުރުގައި ކުރިމަތިވެދާނެ ނުރައްކާތަކަށް ފިކުރުކުރުމުގެ ބަދަލުގައި، ފައްކާ އޮޑިއެއް ބަނުމުގެ ހުވަފެން ހަގީގަތަށް ހެދުމުގެ މަސައްކަތަށް ހުރިހާ ސަމާލުކަމެއް ދެވޭނެ މަގަކީ މިއީއެވެ.

އެލައިޑް އިންޝުއަރަންސްގެ ވެބްސައިޓުން، ބޯޓް ބިލްޑިންގް އިންޝުއަރަންސާ ބެހޭ އިތުރު މަޢުލޫމާތު ބައްލަވާލައްވާށެވެ.

ބޯޓް ބިލްޑިންގ އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://allied.mv/insurance-plan/boat-building/

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.