ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީހުގައި ޕާޓީގެ ލީޑާޝިޕަށް އިންތިހާބު ކުރި ބޭފުޅުން މިއަދު ރަސްމީކޮށް ހުވާ ކުރައްވައި މަގާމާއި ހަވާލުވެވަޑައިގެންފި އެވެ.
ޕީއެންސީ ކޮންގްރެސްގައި މިއަދު މެންދުރު ފަހު އޮތް ދަންފަޅީގައި ޕާޓީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ވަނީ ހުވާ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ޕާޓީގެ ނާާއިބު ރައީސުންނާއި މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރި އަންހެން މެންބަރުންނާއި ޒުވާނުންގެ މެންބަރުކަމުގެ މަގާމަށް އިންތިހާބު ބޭފުޅުންނާއި މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރި އާންމު މެންބަރުންނާއި ގޮފިތަކުގެ ރައީސުންނާއި ޕާޓީގެ އިދާރީ އިސް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރެއްވުން -- ފޮޓޯ: ވޮއިސް
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެެނެނީ 10 ބޭފުޅެކެވެ. އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރެއްވުން -- ފޮޓޯ: ވޮއިސް
މި ބޭފުޅުންނަށް ހުވާލައިދެއްވީ ކުރީގެ ފަނޑިޔާރު އަދި ޕީއެންސީގެ މިހާރުގެ މެންބަރު މުހްތާޒް މުހުސިން އެވެ.
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރެއްވީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ކުރިފުޅުމަތީގަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists