އީޒެޕް
ވިޔަފާރި
24 Jun 2025 | 11:09
އީޒެޕް ގެ ޑްރައިވަރުންނަށާއި ކަސްޓަމަރުންނަށް އުމްރާ ދަތުރުތަކެއް ލިބޭ ޕްރޮމޯޝަނެއް

ގިނަ އަދަދެއްގެ ހިދުމަތްތައް ހިމެނޭ އީޒެޕުން އެ އެޕްލިކޭޝަން ބޭނުންކުރާ ޑްރައިވަރުންނާއި ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.

އީޒެޕުން ބުނެފައުވާ ގޮތުން، މި ޕްރޮމޯޝަނުގެ ދަށުން އީޒެޕްގެ ކާރު/ޕިކަޕު އަދި ސައިކަލް ޑްރައިވަރުންނަށް ޖޫންމަހުގެ 24 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ މަހުގެ 30 (2025) ވަނަ ދުވަހުގެ ނިޔަލަށް ނަގާ ކޮންމެ ދަތުރަކުންވެސް އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އުމްރާ ދަތުރުގެ ކެޓެގެރީ ތަކަކީ؛

* ކަސްޓަމަރ ކެޓެގެރީ

* ސައިކަލު ކެޓެގަރީ

*ކާރު/ޕިކަޕް ކެޓެގަރީ

އީޒެޕުން އިތުރަށް ބުނީ، މި ޕްރޮމޯޝަންގައި ޓެކްސީ ކޮށްދިނުމުގެ އިތުރުން އީޒެޕްގައި ހިމެނޭ ފިހާރަތަކުންނާއި ރެސްޓޯރަންޓްތަކުން ޑެލިވަރ ކޮށްދޭ ޕަބްލިކް ޑްރައިވަރުންނަށްވެސް ސައިކަލު ކެޓެގެރީއިން ބައިވެރި ވެވޭނެ ކަމަށެވެ. 

މި ޕްރޮމޯޝަން ފަރުމާ ކުރެވިފައިވަނީ، ގިނައިން ދަތުރު ނަގާ ނުވަތަ ޑެލިވަރީ ކުރާ ޑްރައިވަރުންނާއި، އަދި ދަތުރު ކުރާ ކަސްޓަމަރުންނަށް، އުމްރާ ދަތުރު ލިބުމުގެ ފުރުސަތު އިތުރުވެގެން ދާނެގޮތަށް ކަންވެސް އީޒެޕުން ފާހަގަކޮށްފައުވެއެވެ.

ކާރާއި ޕިކަޕް އަދި ސައިކަލް މެދުވެރިކޮށް ދަތުރުކުރާ ކަސްޓަމަރުންނަށްވެސް އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާއިރު، އުމްރާ ދަތުރު ލިބޭ ކަސްޓަމަރެއް ކަނޑައަޅާނީ ކާރާއި ޕިކަޕް އަދި ސައިކަލްގައި އެ މުއްދަތުގެ ތެރޭގައި ދަތުރުކުރި ފަރާތްތަކުގެ ދަތުރުތައް އެއްކޮށްލުމަށްފަހު ނެގޭ ގުރުއަތަކުން ކަމަށް އީޒެޕުން ބުނެއެވެ.

އީޒެޕުން ބުނެފައިވާ ގޮތުން މި ޕްރޮމޯޝަނަކީ އީޒެޕުން މިބަގުތު ހިދްމަތް ދޭ ގްރޭޓާ މާލެ ސަރަހައްދުގެ އީޒެޕްގެ ޑްރައިވަރުންނާއި ކަސްޓަމަރުންނަށް ހުޅުވިފައިވާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކަސްޓަމަރެއްނަމަ އީޒެޕް އެޕްލިކޭޝަން ޑައުންލޯޑު ކޮށް، އަދި ޑްރައިވަރުންނަމަ އީޒެޕް ޑްރައިވަރ އެޕްލިކޭޝަން ޑައުންލޯޑްކޮށްގެން ސައިނަޕް ވުމަށް އީޒެޕުން އިރުޝާދު ދެއެވެ. އަދި އީޒެޕްއުން ބުނެފައިވާ ގޮތުގައި އީޒެޕްގެ ޑްރައިވަރުނަށް، މި މުއްދަތުގެ ތެރޭގައި އެއްވެސް ފީއެއް ދައްކަން ނުޖެހޭނެކަމެވެ.

އީޒެޕް އެޕް ޑައުންލޯޑް ކުރުމަށް

އެންޑްރޮއިޑް: https://play.google.com/store/apps/details?id=com.eeezap.driver

އައިއޯއެސް: https://apps.apple.com/mv/app/eeezap-driver/id6738038803

ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާނަމަ، 7560606  ނަމްބަރަށް ވަޓްސްއަޕް މެދުވެރިކޮށް މެސެޖްކޮށްލައިގެންއިންތިޒާމް ހަމަޖެހިގެންދާނޭކަމަށް އީޒެޕުން ބުނެއެވެ.

އީޒެޕް ޓީމުން ބުނީ މިފަދަ ފުރުސަތެއް ހުޅުވާލުމުން ކަސްޓަމަރުން ކުރާ މެސެޖްތައް އިތުރުވު އަދި ޓީމް ކުޑަވުމުގެ ސަބަބުން މެސެޖްތަކަށް ޖަވާބުދިނުމުގައި ލަސްތަކެއް ވެދާނެތީ އެކަމަށް ކުރިޔާލާ މާފަށް އެދޭކަމަށާއި އަދި މެސެޖް އަންނަ ތަރުތީބުން ޖަވާބުދެމުން ދާނޭކަމަށެވެ.

މި ޕްރޮމޯޝަނުގެ މަގްސަދަކީ އީޒެޕްގެ ތެރެއިން ދަތުރުތައް އިތުރުކުރުމާއި އެޕްލިކޭޝަން ބޭނުންކުރާ ޑްރައިވަރުންނަށް އިތުރަށް ދަތުރުތައް ހޯދައިދިނުމާއި ކަސްޓަމަރުންނަށް ފަސޭހައިން ހިދްމަތް ލިބުގަތުމުގެ މަގުފަހިކުރުންކަމަށް އީޒެޕުން ބުނެއެވެ. 

އީޒެޕް ގެ ސީއީއޯ / ސީއެފްއޯ މިއުވާން ބުނެފައިވަނީ މިވަގުތު ދަތުރު މަދުވުމުން ޑްރައިވަރުންނަށާއި ކަސްޓަމަރުންނަށް ދިމާވަމުން ދާ ދަތިތަކައް މާފާށް އެދޭ ކަމަށާއި، މި ޕްރޮމޯޝަން ގެ ޒަރިއްޔާއިން މި މައްސަލަތަކަށް ލުޔެއް ލިބިގެން ދާނެކަމަށް އުއްމީދު ކުރާ ކަމަށެވެ.  

އަދި އީޒެޕް ބާރު ސްޕީޑޭއްގައި ކުރިއަރަމުން ދާތީވެ އެކަމަށް ހުރިހާ ދިވެހިންނަށް ޝުކުރު އަދާ ކުރާކަމަށާ، އަދި ކުރިޔަށް އޮތް ތަނުގައި ކަސްޓަމަރުންނާއި ޑްރައިވަރުންގެ ހިޔާލުތަކަށްވެސް ބަލައިގެން އެޕްލިކޭޝަން އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށެވެ. 

އީޒެޕަކީ ވަރަށްގިނަ ހިދުމަތްތަކެއް އެކުލެވޭގޮތަށް ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ސުޕަ އެޕްލިކޭޝަނެވެ. މި އެޕް ތަރައްގީކޮށްފައިވަނީ ރާއްޖޭގައި މިހާރު ދެވޭ ގިނަ ޚިދުމަތްތައް ހިމަނައިގެންނެވެ. އީޒެޕް ފާހަގަކޮށްލެވޭ އެންމެ މައިގަނޑު އެއް ސަބަބަކީ ޕަބްލިކް ޑެލިވަރީ ޑްރައިވަރޒްގެ  ގޮތުގައި ސައިނަޕް ވެގެން ކޮންމެ ފަރާތަކައްވެސް އާމްދަނީ ހޯދުމުގެ ފުރުސަތު ދިވެހި ރާއްޖެއަށް ތަޢާރަފްކޮށްފައި ވާތީއެވެ. އަދި، ކޮންމެ ކަހަލަ ސްޓޯރ އަކަށްވެސް ސައިނަޕް ވެގެން އޮންލައިންކޮށް ސޭލްސް ހަދައި، ޑެލިވަރީ ކުރުމާއެކު ކަސްޓަމަރުންނާ ހަމަޔަށް ހިދްމަތް ފޯރުކޮށްދެވޭތީއެވެ. 

ކޮމެންޓް
އައްޓަމަސް
ބިދޭސީންނަށްވެސް
14 Jul 2025
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.