އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު އަލީ މަޖިލީހުގައި ވާހަކަ ދައްކަވަނީ- ފޮޓޯ/ މަޖިލިސް
ހަބަރު
28 Sep 2022 | 11:03
ސަރުކާރުގެ އަމާޒަކީ ހަމައެކަނި ސްކޫލްތައް އެއްދަންފަޅިއަށް ބަދަލު ކުރުމެއް ނޫން: މިނިސްޓަރ

މި ސަރުކާރުގެ އަމާޒަކީ ސްކޫލުތައް ހަމައެކަނި އެއްދަންފަޅިއަކަށް ބަދަލުކުރުން ނޫން ކަމަށާއި، ސަރުކާރުގެ އަމާޒަކީ ވަށާޖެހޭ ތައުލީމު ދަރިވަރުންނަށް ފޯރުކޮށްދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލްހަކީމް، އެއްދަންފަޅިއަށް ސްކޫލުތައް ބަދަލު ކުރުމާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއްދަންފަޅިއަށް ސްކޫލުތައް ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގޮސް، މިހާތަނަށް 157 ސްކޫލެއް އެއްދަންފަޅިއަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި އެއްދަންފަޅިއަށް ބަދަލު ކުރުން ނޫން ކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމުގެ ކޮންސެޕްޓުގެ ދަށުން 44 ސްކޫލެއް އެގޮތަށް ފަށައިގެން ކުރިއަށްދާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މުހިންމީ ހަމައެކަނި ސެޝަން ބަދަލުކުރުން ނޫން ކަމަށާއި، މުހިންމީ ރަނގަޅު ތައުލީމެއް ދަރިވަރުންނަށް ދިނުން ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް އެއްދަންފަޅިއަށް ބަދަލުކޮށްގެން ކިޔަވައިދޭން ނުފެށިވަނީ އެކަމަށް އެކަށީގެންވާ ބަޖެޓު ނެތުމުން ކަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި 157 ސްކޫލެއް އެއްދަންފަޅިއަކަށް ބަދަލުކުރެވިފައިވާ އިރު، މާލޭގައި އެއްދަންފަޅުއަކަށް ހިންގަމުންދަނީ ދެސްކޫލެކެވެ. އެއީ އިއްޒުއްދީން ސްކޫލާއި، ވިލިމާލޭ މުޙިއްދީން ސްކޫލެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.