މެމްބަރު ޝަފީގު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
28 Sep 2022 | 15:00
ބައި އިލެކްޝަންތަކަށް ސަރުކާރުން ތިން މިލިއަން ރުފިޔާ ޚަރަދުކޮށްފި: ޝަފީގު

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ބޭއްވުނު ބައި-އިލެކްޝަންތަކަށް ތިން މިލިއަން ރުފިޔާއަށްވުރެ ގިނައިން ޚަރަދުކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ. 

ޝަފީގު މިފަދައިން ވިދާޅުވެފައިވަނީ ބައި-އލެކްޝަންތަކަށް ކުރާ ޚަރަދު އިތުރުވެފައިވާކަން ފާހަގަކުރައްވާ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. 

ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބޭއްވޭ ގޮތަށް ލޯކަލް ކައުންސިލް ކައުންސިލް އިނތިޚާބުގެ ގާނޫނަށް އިސްލާހު ހުށައަޅާފައިވާއިރު، ޝަފީގު ވިދާޅުވީ ގާނޫނުތަކަށް ބަދަލެއް ގެންނަން ޖެހޭނަމަ އެކަން ފާހަގަކުރެވެނީ ގާނޫނުތަކަށް އަމަލުކުރަން ފަށާ ހިސާބުންކަމަށެވެ. އަދި އެފަދައިން ފާހަގަވާ މައްސަލަތައް ހައުކުރެވެނީވެސް ގާނޫނަށް އިސްލާހު ގެނެސްގެންކަން އޭނާ ފާހަގަކުރެއްވިއެވެ. 

ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނަށް ހުށައެޅިފައިވާ އިސްލާހަކީވެސް އެފަދަ މަސައްކަތެއްކަމަށް ޝަފީގު ވިދާޅުވިއެވެ. 

އެއާއެކު އޭނާ ވަނީ މިހާރު ބާއްވަމުންދާ އުސޫލުން ބައި-އިލެކްޝަންތައް ބޭއްވުމަށް ބޮޑު ޚަރަދުތަކެއް ކުރަން ޖެހިފައިވާކަންވެސް ފާހަގަކުރައްވާފައެވެ. 

"އަޅުގަނޑަށް ފާހަގަކުރެވިފައި އޮތީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީޓަކުގެ އިންތިޚާބުގެ ފަހުން މިހާތަނަށް 30އަށް ވުރެ ގިނަ ބައި-އިލެކްޝަން ބޭއްވިއްޖެކަމަށް. އަދި އެ ބައި-އިލެކޝަންތަކަށް ތިން މިލިއަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި"

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގު

ޝަފީގު ވިދާޅުވީ ބައި-އިލެކްޝަންތައް މަދުކުރުމަކީ ރަނގަޅު ގޮތެއްކަމަށް އިލެކްޝަން ކޮމިޝަނުންވެސް އަދި ކަމާގުޅުންހުރި އިދާރާތަކުންވެސް ބުނަމުންދާކަމަށެވެ. ބައި-އިލެކްޝަނެއް ނުބޭއްވުނޭ ކިޔާފައި ކޮމެޓީތަކުގެ މަސައްކަތް ހުއްޓުމަކަށް ނާންނާނެކަމަށް ޝަފީގު ވިދާޅުވިއެވެ. އަދި ކޮމެޓީތަކާއި ކައުންސިލްތައް ހިންގުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާނަމަ، މިހާރުވެސް އަމަލުކުރަމުންދާ ގޮތަށް އެންމެ ފަހުން ގޮނޑި ހުސްވިތާ 60 ދުވަސްތެރޭ އިންތިޚާބު ބާއްވާ މަގާމަށް މީހަކު އައްޔަންކުރެވޭނެކަމަށް ޝަފީގު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.