ކުއްލި މައްސަލަ ބޭރުކުރަން ވޯޓް ދެއްވި މެންބަރުން
ހަބަރު
04 Oct 2022 | 12:45
ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވޯޓުދިނީ ގޮތް ނޭނގޭ މަރުތައް ގިނަވާ މައްސަލަ ބޭރުކުރަން!

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާ މެންބަރުން ވޯޓް ދެއްވީ ގޮތް ނޭނގޭ މަރުތައް ގިނަވާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން ކަން ހާމަވެއްޖެއެވެ. 

ގޮތް ނޭނގޭ މަރުތައް ގިނަވަމުންދާ މައްސަލައާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. 

މި މައްސަލާގައި އާދަމް ޝަރީފު ވިދާޅުވެފައިވަނީ ފާއިތުވި ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން އުމުރުން 27 އަހަރުގެ އަޙްމަދު އަޛުހާން ގެއްލިފައިވާއިރު އޭނާގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް މި މަހުގެ ދެވަނަ ދުވަހުގައި ހުޅުމާލޭ ސްކޭޓް ޕާކު ސަރަހައްދުގެ ގަސްތަކުގެ ތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އެ ހަށިގަނޑު ފެނުނުއިރު ގިނަ ދުވަސްވެ ވަރަށް ބޮޑަށް ކުނިވެފައިވާކަން ފުލުހުން ހާމަކޮށްފައިވާ ކަމަށެވެ.

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ އަޛުހާނުގެ ހަށިގަނޑު ފެނުނީ އޭނާ ދިރިހުއްޓައި އެންމެ ފަހުން ފެނުނު ސަރަހައްދާ ވަރަށް ކައިރި ސަރަހައްދަކުން ކަމަށެވެ. އަދި އަޛްހާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރި ގޮތާމެދު ގިނަ ކަންބޮޑުވުންތަކެއް އާންމުން ފާހަގަކުރާ ކަމަށެވެ. އަދި އަޛުހާނު ގެއްލިގެން 14 ދުވަސް ފާއިތުވިއިރު އޭނާ ވީތަނަކާއި އޭނާއަށް ވީ ގޮތެއް ހޯދިފައިނުވާތީ ކަންބޮޑުވާ ކަމަށެވެ. އަދި އޭނާގެ މަރުގައި ޝައްކުވާ ބަޔަކު ނެތްކަމަށް ފުލުހުން ބުނާކަމަން އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި ގޮތް ނޭނގޭ މިފަދަ އެތައް މަރުތަކެއް ހިނގާއިރު އެކަންކަމާ ގުޅޭ އެކަށީގެންވާ މައުލޫމާތު އާންމުނުކުރާ ކަމަށާއި، އާންމުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ފުލުހުންނާއި ހޯމް މިނިސްޓްރީގެ ދައުރު ފުޅާކޮށް އެފަދަ މައްސަލަ ހައްލުކުރުމަށް ފުލުހުންގެ އިދާރާގެ ހުރިހާ ވަސީލަތެއް ބޭނުންކުރުމަށާއި، މިފަދަ ކަންކަން އިތުރުވާ ސަބަބުތައް ދެނެގަނެ އެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް ގޮވައިލައްވާ ކަމަށެވެ.

މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މި ޚައްސާސް މައްސަލަ، މަޖިލީހަށް ހާޒިރުވި 53 މެންބަރުންގެ ތެރެއިން 25 މެންބަރުންގެ ތާއީދާއެކު މަޖިލީހަށް ބަލައިގެންފައިވާއިރު, އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 11 މެންބަރުން ވަނީ ވޯޓު ދީފައެވެ. 

ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުން

1- ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)

2- އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު

3- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ

4- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

5- ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް

6- ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު

7- އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން

8- ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް

9- ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ

10- މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

11- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.