ދެކުނު އޭޝިއާގެ އެންމެ ބޮޑު އެއް އެއާލައިން، ސްރީލަންކަން އެއާލައިނުން ސައުދީގެ ވެރިރަށް ރިޔާދަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ.
މިކަމާ ގުޅިގެން ސްރީލަންކަން އިން ބުނެފައިވަނީ ސައުދީއަށް ކުރާ ދަތުރުތައް ހުއްޓާލާފައިވަނީ ސައުދީ އަރަބިއްޔާގެ ރިޔާދުގެ އިންޓަރނޭޝަނަލް އެއާޕޯޓަށް ދިމާވި ސަލާމަތީ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެގޮތުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ދަތުރެއް މެދުކަނޑާލާފައިވާކަމަށް ވަނީ ބުނެފައެވެ.
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. އެ އެއާލައިނުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ދަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދަތުރުތައް އަލުން ފަށާނީ ސަލާމަތީ ގޮތުން އެއްވެސް ނުރައްކަލެއް ނެތްކަން ކަށަވަރުވުމުން ކަމަށް ސްރީލަންކަން އެއާލައިންސުން ބުނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists