ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ.
މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ ދެކޮޅަށް އެމެރިކާ ގެންގުޅެމުން އައި ސިޔާސަތާ މުޅިން ފުށޫ އަރާ ބޮޑު ބަދަލެކެވެ. ފާއިތުވި މަހު ޓްރަމްޕް ސޮއިކުރި ފުޅާ ދާއިރާގެ ރަޝިޔާ ސެންކްޝަންތަކުގެ ގާނޫނުގައި އަމާޒުކޮށްފައި އޮތީ ޔޫކްރެއިނާ ދެކޮޅު ހަނގުރާމައަށް ފައިސާ ހޯދައިދޭ ރަޝިޔާގެ ތެލާއި ގޭހުގެ އާމްދަނީ ހުއްޓުވުމަށެވެ.
ޓްރަމްޕް ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުން، ރަޝިއާއިން އެއްބަސްވުމުގެ ދަށުން ވަގުތުން 300,000 ޓަނުގެ ޑީސަލް ފޯރުކޮށްދޭނެއެވެ. ނޮވެމްބަރުގައި އިތުރު 500,000 ޓަނު، އަދި އޭގެ ފަހުން ވަގުތުން އެއް މިލިއަން ޓަނު ފޮނުވާނެ ކަމަށް އޭނާ ބުންޏެވެ. އެއަށް ފަހު ކުރު މުއްދަތެއް ތެރޭ ތިން މިލިއަން ޓަނު ފޮނުވާނެ ކަމަށް ވެސް ލިޔެފައިވެއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
ޓްރެޝަރީ ޑިޕާޓްމެންޓުން ވަނީ ރަޝިޔާގެ ޑީސަލް ދުނިޔޭގެ ބާޒާރަށް ނެރުމުގެ ހަ މަސް ދުވަހުގެ ވަގުތީ ލައިސަންސެއް ވަގުތުން ދޫކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists