ޓެރަރިސްޓުންގެ ހަމަލާ އަމާޒުވުި ސްކޫލެއްގައިސަލާމަތީ ބާރުގެ އޮފިސަރެއް ފޯރިމަރަނީ.. ފޮޓޯ: ގެޓީ
ދުނިޔެ
10 Oct 2026 | 09:48
މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން 1,232 ހަމަލާއެއް ދީ، އެގައުމުގެ މަސްރަހު ނުރައްކަލުގެ ތެރެއަށް ވައްޓާލައިފިކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޕާކިސްތާނުގެ އިސްލާމާމާބާދުގައި ގާއިމްކޮށްފައިވާ ރިސާޗް އޯގަނައިޒޭޝަނެއް ކަމަށްވާ ޕާކިސްތާން އިންސްޓިޓިއުޓް ފޯ ކޮންފްލިކްޓް އެންޑް ސެކިއުރިޓީ ސްޓަޑީޒް އިން ނެރުނު ރިޕޯޓެއްގައި ބުނާ ގޮތުގައި، މިއީ އެ ގައުމުގެ ސަލާމަތީ ނުރައްކާތެރިކަން ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމުގެ ނިޝާނެކެވެ.

މި ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ.

މި ހަމަލާތައް ދެމުންދަނީ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)، ބަލޮޗިސްތާން ލިބަރޭޝަން އާމީ، ބަލޫޗިސްތާން ލިބަރޭޝަން ފްރަންޓް އަދި އިއްތިހާދު މުޖާހިދީން ޕާކިސްތާން ފަދަ ޖަމާއަތްތަކުންނެވެ. މީގެ ތެރެއިން އިއްތިހާދު މުޖާހިދީން ޕާކިސްތާން އަކީ 2025 ވަނަ އަހަރު އުފެއްދި، ހާފިޒް ގުލް ބަހާދުރީ ގްރޫޕާއި، ލަޝްކަރޭ އިސްލާމް އަދި ހަރަކާތު އިންކިލާބޭ އިސްލާމީ ޕާކިސްތާން ގުޅިގެން އުފައްދާފައިވާ އާ އިއްތިހާދެކެވެ.

މި ހަމަލާތައް އެންމެ ގިނައިން ދީފައިވަނީ ބަލޫޗިސްތާން، ޚައިބަރު ޕަޚްތޫންޚުވާ އަދި ކުރީގެ ގަބީލާ ސަރަހައްދުތަކުގައެވެ. އެގޮތުން ސެޕްޓެމްބަރު މަހު ދިން ހަމަލާތަކުގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ ހަމަލާ ދީފައިވަނީ ބަލޫޗިސްތާނުގައެވެ.

ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ދަނީ ޕާކިސްތާނުގެ ތާލިބާނުންނަށް ރައްކާތެރިކަމާއި ހިޔާވަހިކަން ފޯރުކޮށްދެމުންނެވެ. މީގެ ސަބަބުން އިސްލާމާމާބާދާއި ކާބުލްއާ ދެމެދު އޮތް ގުޅުންވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.