ވިޔަފާރި ބަނދަރުގައި އޮތް ބޯޓެއް. ލޮޖިސްޓިކްސްގެ ޚިދުމަތްތައްވެސް ދެން ދެވޭނީ ދިވެހިންނަށް.. ފޮޓޯ: ވޮއިސް
ހަބަރު
10 Oct 2026 | 10:20
ފޮރިން އިންވެސްޓްމަންޓް އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ

ފޮރިން އިންވެސްޓްމަންޓް އައު އުސޫލުތަކާއެކު ރާއްޖޭގައި ބިދޭސީން ކުރަމުން އައި ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެއެވެ. 

އަލަށް އެކުލަވާލެވުނު ފޮރިން އިންވެސްޓްމަންޓްގެ އައު ޤާނޫނުގެ ދަށުން ބިދޭސީންނަށް ވިޔަފާރި ނުކުރެވޭނެ ބައެއް ދާއިރާތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހޯލްސޭލް އެންޑް ރީޓެއިލް އަދި ލޮޖިސްޓިކްސް (ސީއެސްއޭ/ޖީއެސްއޭ/ޕީއެސްއޭ) ދާއިރާތައް ހިމެނެއެވެ. ކުރިން މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ، ބިދޭސީންނަށް ވިޔަފާރި ނުކުރެވޭ ދާއިރާތައް ކަނޑައެޅި އެފަރާތްތަކުގެ ވިޔަފާރިތައް އަލުން އިމުގެ ތެރެއަށް ފެއްތުމަށް ދިން މުއްދަތުގައި ގިނަ ވިޔަފާރިތަކެއްގެ ހުށަހެޅުންތައް ލިބުނުކަމަށެވެ. އެގޮތުން މިހާރު އެ ހުށަހެޅުންތައް މުރާޖަޢާ ކުރަމުންދާއިރު، ޝަރުތު ފުރިހަމަ ކުރުމުގެ މަރުޙަލާ ފަށާފައިވާ ވިޔަފާރިތަކުން، މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ބާކީ ހުރި ޝަރުތުތައް ފުރިހަމަ ކުރަންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއާ ނުގުޅައި ތިބި ވިޔަފާރިތަކަށް ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ރަސްމީ ނޯޓިސް ފޮނުވުމަށް ނިންމާފައިވާއިރު، ނޯޓިހުގައި ބަޔާންކުރާ މުހުލަތެއްގެ ތެރޭގައި، ހުއްދަ ނެތި ހިންގާ ވިޔަފާރިތަކާމެދު ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅަމުންދާނޭކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހިންނަށް ހާއްސަކުރެވިފައިވާ ދާއިރާތައް

- ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި

- ލޮޖިސްޓިކްސްގެ ޚިދުމަތްތައް

- އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް

- ބަންކަރިންގެ ޚިދުމަތުގެ އިތުރުން

- 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތައް

ދިވެހިންގެ ހިއްސާއާއެކު ބޭރުގެ ފަރާތްތަކަށް ކުރެވޭ ވިޔަފާރިތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އޮޑިޓިންގެ ދާއިރާއެވެ. އިކޮނޮމިކް މިނިސްޓްރީގެ އައު އުސޫލުގައިވާގޮތުން ރާއްޖޭގައި ދެން އޮޑިޓިން ފާމެއް ހިންގަން ބޭނުންނަމަ، އެކުންފުނީގައި ދިވެއްސެއްގެ 25 އިންސައްތަ އޮންނަން ޖެހެއެވެ. އޮޑިޓިން ދާއިރާގައި ބޭރުގެ ފަރާތްތަކަށް ހަރަކާތްތެރިވެވޭނޭ އައު އުސޫލެއް ހަމަޖައްސާފައިވާއިރު، މިހާރު އޮޑިޓިންގައި ގިނައިން ހަރަކާތްތެރިވަނީ އަވައްޓެރި ޤައުމުތަކަށް ނިސްބަތްވާ ކުންފުނިތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.