ބައިނަލްއަޤްވާމީ ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ހަރަކާތްތަކެއްގައި ބައިވެރިވުމަށް، އިންޑިއާގެ މަޝްހޫރު ކަލިނަރީ ކޮންޓެންޓް ކްރިއޭޓަރު ކަބީތާ ސިންގް ސަން ސިޔާމް އޮޅުވެލި ރިސޯޓަށް ޒިޔާރަތްކޮށްފިއެވެ.
ކަބީތާ ސިންގަކީ އޭނާގެ މަޤްބޫލު ޔޫޓިއުބް ޗެނަލް "ކަބީތާސް ކިޗެން" މެދުވެރިކޮށް 14.6 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުންގެ މަޤްބޫލުކަން ހޯދައި، އިންޑިއާގެ މީރު ކެއުންތައް ބައިނަލްއަޤްވާމީ ފެންވަރުގައި ތަޢާރަފުކޮށްދެމުން އަންނަ ކުޅަދާނަ ފަންނުވެރިއެކެވެ. މީގެއިތުރުން، އޭނާ ވަނީ 2024 ވަނަ އަހަރު ބޭއްވި ނެޝަނަލް ކްރިއޭޓާޒް އެވޯޑްސްގެ ފުޑް ކެޓަގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފުވެރި އެވޯޑު ވެސް ޙާޞިލުކޮށްފައެވެ.
އޮކްޓޫބަރު 20 ގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ޝެފުންގެ ދުވަހާ ގުޅުވައިގެން، ކަބީތާ އާއި ރިސޯޓުގެ ކުޅަދާނަ ޝެފުން ގުޅިގެން ލައިވް ކުކިންގ ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ސަން ސިޔާމް އޮޅުވެލީގެ "ޕްލާންޓް ބޭސްޑް ބްލިސް" ފަލްސަފާއާ ގުޅުވައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި، ޞިއްޙަތަށް ފައިދާހުރި ގަސްގަހާގެހީގެ ބާވަތްތަކާއި މީރު ވެޖިޓޭރިއަން ކާނާތައް ތައްޔާރުކުރާނެ ގޮތް ދައްކައިދެވޭނެއެވެ.
ސަން ސިޔާމް އޮޅުވެލީގެ ޖެނެރަލް މެނޭޖަރު ޙަސަން ޢާދިލް ވިދާޅުވީ، ކަބީތާގެ ޚާއްޞަ ރަހަތައް އެ ރިސޯޓުގެ މެހުމާނުންނާ ހަމައަށް ގެނެސްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކާބޯތަކެއްޗަކީ މީސްތަކުން އެކުވެރިކުރުވައި ގުޅުވައިދޭ ވަސީލަތަކަށް ވުމާއެކު، މި ހަރަކާތުގެ ސަބަބުން ކެއުންތައް ތައްޔާރުކުރާ ގޮތް ބަލައިލުމާއި، ކޮންމެ ކެއުމެއްގެ ފަހަތުގައިވާ ޚާއްޞަ ވާހަކަތައް ދެނެގަނެ، އެ ތަކެތީގެ އަސްލު ރަހަ ތަޖުރިބާކުރުމުގެ ފުރުޞަތު މެހުމާނުންނަށް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އޮޅުވެލީގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް ކެއުމުގެ އުފާވެރި މާޙައުލެއް ޤާއިމުކޮށްދީ، ރިސޯޓުން ފުރައިގެން ދިޔުމަށްފަހު ވެސް ހިތުގައި ބިންވަޅުނެގިގެންދާ ފަދަ ހަނދާންތަކެއް ބިނާކޮށްދިނުމަކީ އެ ރިސޯޓުގެ މައިގަނޑު އަމާޒެއް ކަމުގައިވެސް ޙަސަން ޢާދިލް ވިދާޅުވިއެވެ.
މި ހަރަކާތުގެ ތެރެއިން، ރިސޯޓުގެ ޝެފުންނާއި ކަބީތާ ގުޅިގެން ތައްޔާރުކުރާ ޚާއްޞަ ކެއުންތަކުގެ ރަހަ ބަލައިލުމުގެ ފުރުޞަތު ރިސޯޓުގެ ހުރިހާ މެހުމާނުންނަށް ވެސް ލިބިގެންދާނެ ކަމަށް އެ ރިސޯޓުން މަޢުލޫމާތު ދެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists