ދިވެހިޕްރިމިއާ ލީގްގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ބައްދަލުކުރިމެޗް ބޮޑު މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.
ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ، ވިކްޓްރީންނެވެ. އެއީ މެޗްގެ 28 ވަނަ މިނެޓް ތެރޭގައި ފުރްގަތޯން ހަސަންބޮއޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ދެވަނަ ހާފްފެށިގެން މެޗްގެ ކޮންޓްރޯލް މާޒިޔާއިން ހޯދުމުގެ ނަތީޖާއަކަށްވެގެން ދިޔައީ 11 ވަނަ މިނެޓްތެރޭގައި ލޫތު އިބްރާޙީމް އެވެ. މާޒިޔާއިން ވަނީ 82 ޗަނަ މިނެޓް ތެރޭގައި އަހުމަދު އައިހަމް އެވެ. މާޒިޔާއިން ލީޑް ނަގާފައިވަކިކޮށް ވިކްޓްރީ ބަލިނުވެ ސަލާމަތްވީ އަލްހާޖީ ޖަހައިދިން ލަނޑުންނެވެ.
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ.
މި މުބާރާތުގައި ދިއްދޫ އާއި ނިއުރޭޑިއަންޓް މިއަދު ބައްދަލުކުރިމެޗް ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ. މިމެޗް ކުޅެފައިވަނީ ގައްދޫގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists