ފުރަމާލޭގެ މަގުމަތި/ފޮޓޯ: ސީ.އެން.އެމް
ހަބަރު
28 Sep 2022 | 22:30
އެއްގަމު ދަތުރުފަތުރަށް ހުށައެޅި އިސްލާހު މި ފަހަރުވެސް ބަލައެއް ނުގަތް

އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި އެ އުޅަނދު ބާއްވަން ލާޒިމުނުވާ ގޮތަށް ހަދަން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފިއެވެ. 

މިއީ މި އިސްލާހު މަޖިލީހުން ބޭރުކޮށްލި ދެވަނަ ފަހަރެވެ. މި އިސްލާހު މަޖިލީހަށް ހުށައަޅުއްވާފައިވަނީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. 

މޮސްޓާ ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާ އިރު، ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ރަޖިސްޓްރީ ކުރާ ގޮތަށް މިހާރު އޮންނާތީ އެކަމުގެ ނާޖާއިޒް ފައިދާ ނަގައި ބޮޑެތި އަދަދުތަކުން ގަރާޖު ކުލި ނަގަމުންދާ ކަމަށެވެ.

ގަރާޖުގައި އޮންނަ ޖާގައަށް ވުރެ ގިނަ އުޅަނދު ގަރާޖުގައި ރަޖިސްޓްރީކޮށްދީ، އެފަދަ އަމަލުތައް ބައެއް ފަރާތްތަކުން ހިންގަމުން ގެންދާތީ އަދި އެކަން ރަނގަޅަށް މޮނީޓާ ކުރެވޭ ތަން ނުފެންނާތީ އެ ކަމަށް ހުއްޓުމެއް ގެންނަން ޖެހޭ ކަމަށާއި، ވެހިކަލް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑު ތަކުލީފަކަށްވެ، އެކަމުން ސަރުކާރުން ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލު ނުވެ، ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއްކަންވެސް މޮސްޓާ ވަނީ ފާހަގަކުރައްވާފައެވެ. 

އެ ބިލުގެ އިބްތިދާއީ ބަހުސްގައި ގިނަ މެމްބަރުން ވަނީ ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުން ކޮރަޕްޝަން ހިންގާކަމުގެ ތުހުމަތު ކުރައްވާފަ އެވެ.

އެ ބިލަށް މަހުސް ކުރުން މިއަދު ނިންމާލާ ވޯޓު ނަގާފައިވާއިރު، އެ ބިލު ބަލައިގަތުމށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. ވޯޓުގައި ބައިވެރިވި 36 މެމްބަރުން ވަނީ އެ ބިލު ބަލައިގަންނަން ނުފެންނަކަމަށް ވޯޓު ދެއްވާފައެވެ. 

އެއާއެކު މޮސްޓާގެ އެ ބިލު މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ