މެންބަރު މުހައްމަދު ނަޝީދު
18 Dec 2023
ޕީޖީ ވަކީލަށް ފިޔަވަޅު އެޅުމަށް ކުއްލި މައްސަލައެއް!
ދައުރުވަމުންދާ އާއްމު މިންޑަނޑުތަކާއި ޚިލާފް ވީޑިއޯ އަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލަކަށް ކުރާ ތުހުމަތުތަކާއި ގުޅުވައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވައިފިއެވެ.
12 Dec 2023
ޑރ. ޢާއިޝަތު ޢަލީގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު!
ކުރީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ ޢާއިޝަތު ޢަލީގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ކުރައްވައިފި އެވެ.
05 Dec 2023
"ފެނަކައިން ވަޒީފާ ދިނީ ނޮވެމްބަރު 17 އަށް ކޮންޓުރެކްޓް ހަމަވާގޮތަށް"
ފެނަކަ ކޯޕަރޭޝަނުން ގިނަ ބަޔަކަށް ވަޒީފާތައް ދީފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 17 އަށް އެ މުވައްޒަފުންގެ ވަޒީފާގެ ކޮންޓުރެކްޓު ހަމަވާގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.
29 Nov 2023
މަޖިލިސް އިންތިހާބުގައި ވާދަ ނުކުރުމަށް ނަޝީދު ނިންމަވައިފި
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަ ނުކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
19 Nov 2023
އިސްރާއީލު ޕާސްޕޯޓް މަނާ ކުރަން އިސްލާހު ހުށަހަޅައިފި!
އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އެތެރެވުން މަނާވާގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
26 Oct 2023
"ގައްޒާ ފިޔަވައި މުޅި ދުނިޔެ މި އޮތީ އިޒްރާއިލްގެ އަޅުވެތިކަމުގައި"
ފަލަސްތީނުގެ ގައްޒާ ފިޔަވައި މުޅި ދުނިޔެ މި އޮތީ އިޒްރާއިލްގެ އަޅުވެތިކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.
11 Oct 2023
"ފަލަސްތީނާއެކު ދިވެހިން ތިބިއިރު، ސަރުކާރަށް ބަހެއް ބުނަން ނުކެރުނު"
ދިވެހިރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި އެކު ތިބިކަން ހާމަކޮށް ޝުއޫރުތައް ފާޅުކުރަމުންދާއިރު، މުސްލިމު ދައުލަތެއްގެ ގޮތުގައި އޮވެ އިޒްރާއިލްގެ ޔަހޫދީ ސިފައިން ޕަލަސްތީނުގެ މައުސޫމު ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ކުށްވެރިކޮށްލަން ސަރުކާރަށް ނުކެރުނުކަން ފާހަގަކޮށް މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ނުރުހުން ފާޅުކުރައްވައިފި އެވެ.
03 Oct 2023
"ނަޝީދަށް ބޮޑުވަޒީރުކަން ހޯދައިދޭން ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ހުންނެވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖޭގެ ބޮޑުވަޒީރުކަން ހޯދައިދޭން ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލެއް ނުކުރެވޭނެކަމަށް މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.