މެމްބަރ މުހައްމަދު ނަޝީދު (މޮސްޓާ)
ހަބަރު
19 Feb 2024 | 18:20
ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން ބިގޭ ހެއްދެވީ ދޮގޮ: ނަޝީދު

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން މަޖިލިހުގެ މެޖޯރިޓީ ލިޑަރުގެ ހައިސިއްޔަތުން އެމްޑީޕީ ޕާލިމެމްޓްރީ ގްރޫޕްގެ ލީޑަރ އަލިފުށި ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދު (ބިގޭ) ހެއްދެވީ ބުހުތާނު ދޮގުކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ މިފަދައިން ވިދާޅުވެފައި ވަނީ މިއަދު މިޖިލިހުގައި ކުރިއަށްދިޔަ ޖަލްސާއަށް މަސްވެރިންނަށް ފައިސާދިނުމަށް ގޮވާލާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުންނެވެ.

މޮސްޓާ ވިދާޅުވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ބިގޭ ހެއްދެވީ ކަންޑައެޅިގެން ބުހުތާން ބޮޑު ދޮގުކަމަށާއި ވޭތުވެދިޔަ ސަރުކާރުން ރާއްޖެއަށް ގެނެސްދެވުނު ތަރައްޤީއެއް ފެންނަށް ނެތް ކަމަށެވެ.

" މިއަދު މިތަނުގައި ރިޔާސީ ބަޔާނަށް ރައްދުދިން އިރުވެސް ރޯބުހުތާން ދޮގު ވާހަކަތައް، ކުޑަރަށެއް ބޮޑުރަށެއް ތަފާތެއް ނުކުރަމޭ ކިޔަމުން ދިޔައީ ، ހަމަ ޔަޤީނުންވެސް އަޅުގަނޑުމެނަށް ކުޑަވެގެން ބޮޑުވެގެން ކަމެއް ނޭނގެ އަޅުގަނޑުމެން ދާއިރާއަކަށް ނާދެ އެއްވެސް ތަރައްޤީއެއް" 

މޮސްޓާ ވިދާޅުވިއެވެ.

މިއަދު މަޖިލިހުގެ ޖަލްސާގައި މޮސްޓާ ވަނީ މަޖިލިހުގައި ތިއްބެވި އެމްޑީޕީ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.  އެގޮތުން މޮސްޓާރ ވިދާޅުވީ މަސްވެރިންނަށް ލާރި ނުދެއޭ ކިޔަން އެމްޑީޕީގެ މެމްބަރުން ލަދުގަންނަން ޖެހޭނެ ކަމަށެވެ. މޮސްޓާރ ފާހަގަ ކުރެއްވި ގޮތުގައި ނިމިދިޔަ ސަރުކާރު ނިމިގެން ދިޔައިރު މަސްވެރިންނަށް ނުދީ އެތައް މިލިއަން ރުފިޔާއެއް އޮތްއިރު އެފައިސާ މަސްވެރިންނަށް ދައްކާ ހަލާސްކުރަމުން އެގެންދަނީ މިއަދުގެ ސަރުކާރުން ކަމަށެވެ.

މޮސްޓާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ގަރާރުތައް ހުށަހަޅައިގެން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން އުޅެނީ މަސްވެރިން ހޫނުކޮށް މަސްވެރިންގެ ލޭކައްކުވައި މި ސަރުކާރާއި ދެކޮޅަށް މަޒާހަރާކުރުވަން ކަމަށެވެ. މޮސްޓާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ތާރީހްގައިވެސް މަސްވެރިން އެންމެ ގިނައިން މުޒާހަރާ ކޮށްފައިވަނީ ނިމިދިޔަ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރާއި ދެކޮޅަށް ކަމަށެވެ.

މޮސްޓާ ވަނީ އެމްޑީޕީގެ މެމްބަރުން މަޖިލިހުގައި ޖަހަމުންދާ "ސަކަރާތް" މިހާރުން މިހާރަށް ހުއްޓާލައި މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރީތިގޮތުގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރުޞަތު ދިނުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.