އިރުކުޓްސްކް ލެބޯޓެރީ؛ ފޮޓޯ / އިރުކުޓްސްކް އެންޓި ޕްލޭގް އިންސްޓިޓިއުޓް
ދުނިޔެ
05 Oct 2026 | 19:41
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން ނުރައްކާތެރި "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ

ރަޝިއާގެ ސައިބީރިއާ ސަރަހައްދުގައި ހުންނަ ސިއްހީ ތަހުލީލީ އިދާރާއެއްގެ ލެބޯޓްރީ ޓެކްނީޝަނަކު، ނުރައްކާތެރި "ޕްލޭގް" ބަލި ފަތުރާ ޖަރާސީމު ހުރި ޓިއުބެއް ތަޅާލި ކަމަށް ބުނާ ހާދިސާއަކަށްފަހު، އޭނާ ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން އެ ސަރަހައްދުގައި ބޮޑު ބިރުވެރިކަމެއް އުފެދިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިރްކުޓްސްކް ސަރަހައްދުގައި ހުންނަ ރިސާޗް އެންޓި-ޕްލޭގް އިންސްޓިޓިއުޓްގައެވެ. ރިޕޯޓްތައް ބުނާގޮތުން އުމުރުން 28 އަހަރުގެ ދާރިއާ ޝިޕިލޯވާ ނަމަކަށް ކިޔާ ޓެކްނީޝަނަކު ނިއުމޯނިކް ޕްލޭގްގެ ޖަރާސީމު ހުރި ޓެސްޓް ޓިއުބެއް ތަޅާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އޭގެ ހަތަރު ދުވަސް ފަހުން ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއްކަމަށްވާ ނިއުމޯނިއާގެ ނުރައްކާތެރި އަލާމާތްތަކާއެކު އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރި ނަމަވެސް، މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ވަނީ މަރުވެފައެވެ.

މި ހާދިސާއާ ގުޅިގެން ރަޝިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އޭނާއަށް ފަރުވާދިން ހޮސްޕިޓަލުގެ ބައެއް ވޯޑުތައް ކަރަންޓީނުކޮށް، އޭނާއާ ދިމާވި ގާތްގަނޑަކަށް 200 އެއްހާ މީހުން ސިއްހީ މާހިރުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. ނަމަވެސް ރަޝިއާގެ ސިއްހީ އިދާރާ، ރޮސްޕޮޓްރެބްނަޑްޒޯރ އިން ބުނެފައިވަނީ އޭނާ މަރުވީ ސީދާ ޕްލޭގް ބަލީގައިކަން އަދި ކަށަވަރު ނުވާ ކަމަށާއި، ހެދި ޓެސްޓުތަކުން އެފަދަ ޖަރާސީމެއް ފެނިފައިނުވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.

ނިއުމޯނިކް ޕްލޭގަކީ ނޭވާލާ ނިޒާމުގެ ތެރެއިން ވަރަށް ފަސޭހައިން އެކަކު އަނެކަކަށް ފެތުރޭ، އަދި ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި ބައްޔެކެވެ. ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި މިހާތަނަށް މޮނިޓަރ ކުރަމުންދާ އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައެއް ނުވެއެވެ.

ނިއުމޯނިކް ޕްލޭގަކީ ޔާސީނިއާ ޕެސްޓިސް ނަމަކަށް ކިޔާ ބެކްޓީރިއާއެއް ސަބަބުން ޖެހޭ ބައްޔެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ބުނާ ގޮތުގައި މި ބެކްޓީރިއާ އާންމުކޮށް ފެންނަނީ ކުދި ޖަނަވާރުތަކާއި އެ ތަކެތީގެ އުކުނުންނެވެ.

އެ ޖަމިއްޔާއިން ބުނާ ގޮތުގައި ޕްލޭގް ވަރަށް ފަސޭހައިން ފެތުރޭ އިރު ކުރީކޮޅު ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވެދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.