އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
ހަބަރު
05 Oct 2026 | 16:24
34 ހާހަށް ގަންނަން ލިބޭ އެއްޗެ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން 1.7 މިލިއަން ރުފިޔާއަށް ގަތް މައްސަލައެއް

އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލަށް 34 ހާސް ރުފިޔާއަށް ގަނެވެން އޮތް މައިކްރޯޕައިޕެޓް ޓިޕްސްތަކެއް އެތައް ގުނަ އަގުބޮޑުކޮށް ގަނެފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އައްޑޫސިޓީ އެކުއެޓޯރިލއަލް ހޮސްޕިޓަލުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުންނެވެ. މިކަމާ ގުޅޭގޮތުން އެ ރިޕޯޓްގައި ބުނެފައިވަނީ، ލެބޯޓްރީ ކޮންސިއުމަބަލްސް ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ އަގުތައް ރަނގަޅަށް ނުބެލުމުގެ ސަބަބުން 34،000 ރުފިޔާއަށް ގަނެވެން އޮތް އައިޓަމެއް 1،765،800 ރުފިޔާއަށް ގަނެފައިވާކަމަށެވެ. މި މުއާމަލާތް ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. 

އޮޑިޓް ރިޕޯޓުން އެނގޭގޮތުގައި ބޮޑުއަގުގައި ގަތް އެއްޗަކީ މައިކްރޯޕައިޕެޓް ޓިޕްސްތަކެކެވެ. މި އެއްޗަކީ ލެބޯޓްރީތަކުގައި ދިޔާތަކެތި އެއްތަނުން އަނެއްތަނަށް ބަދަލުކުރުމަށް ބޭނުންކުރާ މައިކްރޯޕައިޕެޓްތަކުގެ ކޮޅަށް ޖަހާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮޅުތަކެކެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައިވާގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ހޮސްޕިޓަލަށް ބޭނންވާ ތަކެތި ހޯދުމަށް ކުރި އެ އިއުލާނާ ގުޅިގެން އެހެން ބާވަތުގެ އެއްޗެހިވެސް އަގުބޮޑުކޮށް ހޯދި މައްސަލަ ވަނީ ފާހަގަކޮށްފައެވެ. ހޯދި ހުރިހާ އެއްޗެއްގެ އަގު 2.7 މިލިއަން ރުފިޔާއަށް އަރައެވެ. މި އެއްޗެހި ހޯދުމުގެ ގޮތުން ކުރިއަށްގެންދިޔަ މުއާމަލާތްތަކުގައިވެސް މައްސަލަ ހުރިކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.