މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ދިވެހި ދެ ދަރިވަރުން ދަތުރުކުރި ކާރުގެ ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ.
ދެ ކާރު ޖެހި ހިނގި އެކްސިޑެންޓަށް ފަހު އެ މީހާ ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. މެލޭޝިޔާގެ ފުލުހުން ވަނީ ބަންދުގެ މަޖިލީހުގައި އެ ޑްރައިވަރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފަ އެވެ.
ކޯޓުން ވަނީ އެ މީހާގެ ބަންދަށް ހަތަރު ދުވަސް ޖަހާފަ އެވެ.
ރޭގެ އެކްސިޑެންޓްގައި ނިޔާވީ އައްޑޫ ސިޓީއަށް ނިސްބަތްވާ އުމުުރުން 21 އަހަރުގެ ދަރިވަރެކެވެ. އެއީ ސ.ހިތަދޫ ، މާރިޝް، އާމިނަތު އިމީލީ ނާޒިމެވެ. ކާރުގައި އެ ވަގުތު އިތުރު ދަރިވަރަކު ވެސް އިނެވެ. ނަމަވެސް އޭނާއަށް ބޮޑެތި އަނިޔާތަކެއް ނުލިބެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިމީލީ ނިޔާވީ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރީންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists