މެންބަރު މުހައްމަދު ނަޝީދު
26 Nov 2022
މެމްބަރު ނަޝީދަށް ހަމަލާދޭން އުޅުނު މީހާ ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
09 Nov 2022
"މިދާ ގޮތަށް ދަންޏާ 2023 ވަނަ އަހަރު 50 ބިލިއަން ޚަރަދުވާނެ"
ސަރުކާރުން ޚަރަދުކުރާ މިންވަރު މިދާ ގޮތަށް އިތުރު ވަމުންދާނަމަ އަންނަ 2023 ވަނަ އަހަރު 50 ބިލިއަން ޚަރަދުވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
29 Sep 2022
ޕީޖީ ޝަމީމު ބަނގުރާ އިސްތިހާރުކުރީމަވެސް ފުލުހުން ހަނު: ނަޝީދު
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު ބަނގުރާ އިސްތިހާކުރެއްވުމުންވެސް ފުލުހުންގެ މުއައްސަސާ ހަނު އޮންނަކަމަށް ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
28 Sep 2022
އެއްގަމު ދަތުރުފަތުރަށް ހުށައެޅި އިސްލާހު މި ފަހަރުވެސް ބަލައެއް ނުގަތް
އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި އެ އުޅަނދު ބާއްވަން ލާޒިމުނުވާ ގޮތަށް ހަދަން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
25 Sep 2022
މި ގައުމުގެ އަދުލު އިންސާފު ހަފުސްވެ ސަދޫމް އިންސާފަށް ވެއްޖެ: މެންބަރު ނަޝީދު
‏‏ދިވެހިރާއްޖޭގެ އަދުލުއިންސާފު ވަނީ ވީދި ހަފުސްވެ، ސަދޫމް އިންސާފަށް ވެފައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
21 Sep 2022
މީ އިސްލާމީ ގައުމެކޭ ބުނަން ލަދުގަންނަ ހިސާބަށް މިއަދު ގޮސްފި: ނަޝީދު
ހަދީޘެއް ކިޔައިލީމަ އެމީހާ ޓެރަރިޒަމްގެ އަމަލެއް ކުރިކަމަށް ބަލާފަ ޖަލު ކުޑަގޮޅިއަށް ލާހިސާބަށް މި ގައުމުގެ ކަންތައް ދިޔައީމަ މީ އިސްލާމީ ގައުމެކޭ ބުނަން ލަދުގަންނަ ހިސާބަށް މިއަދު ގޮސްފި ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ގޮވާލައްވައިފި އެވެ.
16 Sep 2022
ނާޒިމް ސައްތާރުގެ ހުކުމަކީ ސަދޫމު ގައި ފެންނަ އިންސާފު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރުގެ ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގިކަން ސާބިތުވުމާއި ގުޅިގެން ކުރި ހުކުމުން ފެނުނީ ސަދޫމުގައި އޮތް އިންސާފު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
16 Sep 2022
އެމްޑީޕީގެ މި ވެރިކަމުން މިފެންނަނީ ސަދޫމް އިންސާފު: މެންބަރު ނަޝީދު
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މި ވެރިކަމުން ފެންނަމުން މިދަނީ ސަދޫމް އިންސާފު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެެއެވެ.