މޮސްޓާ މަޖިލީހުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
29 Sep 2022 | 11:32
ޕީޖީ ޝަމީމު ބަނގުރާ އިސްތިހާރުކުރީމަވެސް ފުލުހުން ހަނު: މެންބަރު ނަޝީދު

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު ބަނގުރާ އިސްތިހާކުރެއްވުމުންވެސް ފުލުހުންގެ މުއައްސަސާ ހަނު އޮންނަކަމަށް ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ. 

ހުސެއިން ޝަމީމް ބަނގުރާ ފުޅިއެއް ހިއްޕަވައިގެން ހުރި ފޮޓޯއެއް އޭނާގެ އިންސްޓަގްރާމު ސްޓޯރީގައި ވަނީ އާންމު ކުރައްވާފައެވެ. ޝަމީމްގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވަނީ މަރަނީ ބްރޭންޑުގެ ބަނގުރާ ފުޅިއެއް އެއް އަތުން ހިއްޕަވައިވެގެން އަނެއް އަތުން ނަންގަވާފައިވާ ފޮޓޯއެކެވެ. އަދި އެ ފޮޓޯގައި "ވެލްކަމް ޓު ޖޯޖިއާ" މިހެން ޖަހާފައިވެއެވެ.

އެހެން ނަމަވެސް މިހާތަނަށް އެކަމާއި ގުޅިގެން ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. 

އެކަންކަން ފާހަގަކުރައްވާ މޮސްޓާ ވިދާޅުވީ، އެއީ އާދައިގެ ރައްޔިތަކު ކުރި ކަމެއް ނަމަ މިހާރު ގޮޅިއަށް ލާނެކަމަށެވެ. އެހެން ނަމަވެސް ޕީޖީ ޝަމީމު ކުރެއްވުމުން ފުލުހުންނަށް އެއްވެސް އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގަންނަވީނަމަށް މޮސްޓާ ވަނީ ވިދާޅުވެފައެވެ. 

ބަގުރާ އިސްތިހާރުކުރެއްވި މައްސަލައިގައި ޕީޖީ ޝަމީމަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި އޭނާގެ މައްސަލަ ބަލާ ދައުވާކޮށްދިނުމަށް އިދިކޮޅުގެ ބައެއް މަޖިލިސް މެމްބަރުންނާއި ގަނޫނީ ވަކީލުންވެސް ގެންދަވަނީ ގޮވާލަމުންނެވެ. 

އެހެން އެކަން އޮތް އިރު ބަނގުރާ އިސްތިހާރުކުރުމަކީވެސް ގާނޫނުލް އުގޫބާތުގައި ޖިނާއީ ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވާކަމަކެވެ. އަދި ދިވެހި ރައްޔިތުންކަން އޮންނަ މީހުން ރާއްޖެއިން ބޭރުގައި ކުރާ ކުށްތަކަށްވެސް އަދަބު ދެވޭނެކަން ގާނޫނުލް އުފޫބާތުގައި ވަނީ ބަޔާންކޮށްފައެވެ. 

އޭގެ އިތުރުން ބަނގުރާ އިސްތިހާރުކުރުމަކީ ޕީޖީގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އަޚުލާގީ މިންގަނޑާއިވެސް ޚިލާފުކަމެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.