ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް
ހަބަރު
16 Sep 2022 | 09:20
އެމްޑީޕީގެ މި ވެރިކަމުން މިފެންނަނީ ސަދޫމް އިންސާފު: މެންބަރު ނަޝީދު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މި ވެރިކަމުން ފެންނަމުން މިދަނީ ސަދޫމް އިންސާފު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގި ކަން ސާބިތު ވެފައިވާއިރުވެސް އޭނާގެ މައްޗަށް އެންމެ 3 މަސް ދުވަހުގެ ހުކުމެއް އައުމުން، އެކަމަށް ފާޑުވިދާޅުވެ މޮސްޓާ ކުރެއްވި ޓުވީޓެއްގައި ވަނީ ނާޒިމް ގެ މައްޗަށް ހުކުމް ކުރި ގާޒީ އޭނާއަށް އެހާ ލުއި އަދަބެއް ދިނީ އެއީ ރައީސް ނަޝީދުގެ ކޮއްކޮއަށް ވުމުން ބިރުންތޯ ސުވާލު ކުރައްވާފައެވެ. 

އަދި މިއަދު ފަނޑިޔާރު ގެއޭ ނުވަތަ އަދުލުއިންސާފުއޭ ކިޔަން އެމްޑީީޕީ ލަދުގަންނަން ޖެހޭނެ ކަމަށް ވެސް މޮސްޓާ ވިދާޅުވިއެވެ. 

"އަދުލުއިންސާފު ފަނޑިޔާރުގެއިން ކޯދުލާ އުތުރި އަރަމުން އަންނަ މަންޒަރު މި ފެންނަނީ. ފަނޑިޔާރު މަނިކުފާނު ބިރު ގަތީބާ ރައީސް ނަޝީދު ގެ ކޮއްކޮވީމަ. މިއަދު އެމްޑީޕީ ލަދުގަންނަން ޖެހޭނެ ފަނޑިޔާރު ގެއޭ އަދުލުއިންސާފު ކިޔަން. ސަދޫމް އިންސާފު މިފެންނަނީ" މޮސްޓާ ވިދާޅުވިއެވެ. 

ނާޒިމް އާއި އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވި މައްސަލައިގައި އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދަށް ދެ ފަހަރު ކޯޓުން މުއްދަތު ޖެހުމަށްފަހު ފުލުހުން އޭނާ އޮގަސްޓް 11 ވަނަ ދުވަހު އޭނާާ ދޫކޮށްލާފައިވަނީ މައްސަލާގެ ތަހުގީގު ނިންމައި, ނާޒިމްގެ މައްޗަށް ދައުވާ ކުރުމާމެދު މަޝްވަރާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހެޅުމަށްފަހު އިތުރަށް އޭނާ ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ނާޒިމްގެ މައްޗަށް ދައުވާ އުފުލި އިރު އެއީ މީހަކާ އިނދެ ހުރެ ކުރި ކުށަކަށް ވާނަމަ، އެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ނާޒިމް އެ ކުށަށް އިއުތިރާފްވެ އެފަދަ ކުށެއް ދެން ތަކުރާރު ނުކުރާނެ ކަމަށް އޭނާ ބުނުމުން ކޯޓުން ވަނީ އޭނާގެ ހުކުމް އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމަކަށް ލުއިކޮށްދީފައެވެ. އެއަށްފަހު އެ ހުކުމް ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރަން ހުކުމަކަށް ބަދަލުކޮށްފައިވަނީ ނާޒިމްގެ ފަރާތުން އެކަމަށް އެދުމުން, އެ އަދަބާ އެއްވަރުގެ އެހެން އަދަބެއް ކަނޑައެޅުމުގެ އިޚުތިޔާރު ޤާނޫނުލް ޢުޤޫބާތުން ލިބޭ ލިބުމުގެ ދަށުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.